Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޕޮޗެޓީނޯ ބުނަނީ ރަނގަޅު ކުރަން ޖެހޭ ކަންކަން އިނގޭ ކަމަށް!

ޕޮޗެޓީނޯ ފާހަގަ ކުރި ގޮތުގައި މެޗުން މޮޅު ނުވެވުން ނުވަތަ ބޭނުންވާ ނަތީޖާ ނުނެރެވުމުގެ ޒިންމާ އެންމެން ވެސް ނަގަން ޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2024 | ހޯމަ 00:38
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ރަނގަޅު ކުރަން ޖެހޭ ކަންކަން އިނގޭ ކަމަށް، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މެޗުގައި ދެ ފަހަރު މަތިން ވެސް ލީޑު ނެގީ ޗެލްސީ އެވެ. ނަމަވެސް ބާންލީ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، ރަނގަޅު ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، އެކަންކަމަށް މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އޭނާ އާއި ކުޅުންތެރިން އަދި ޓީމުގެ އެހެން ފަރާތްތައް ވެސް ތިބީ، އެކަންކަމާއެކު ކުރިއަށް ދިޔުމުގެ ޢަޒުމުގައި ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ، ހަގީގަތް އެއްވެސް ވަރަކަށް ބަދަލު ނުވާނެ ކަމަށާއި، އަސްލު އޭގެ ގޮތުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން އެކި ފަހަރު އެކި ގޮތް ގޮތަށް ކަންކަން އަޅާ ނުކިޔޭނެ ކަމަށާއި، އެގޮތަށް ދިރާސާ ވެސް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. ޕޮޗެޓީނޯ ފާހަގަ ކުރި ގޮތުގައި މެޗުން މޮޅު ނުވެވުން ނުވަތަ ބޭނުންވާ ނަތީޖާ ނުނެރެވުމުގެ ޒިންމާ އެންމެން ވެސް ނަގަން ޖެހޭނެ އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ފަހަރުގައި ޗެލްސީ އަށް "ޓަފް" މެޗުތަކެއް ބޭނުން ވަނީ ކަމަށް ވެދާނެ ކަމަށެވެ.

ޗެލްސީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ޕޮޗެޓީނޯ އަށް ފާޑުކިޔުންތައް އަމާޒުވެ، ޕްރެޝަރު ބޮޑުވެ އެވެ. ނަމަވެސް، އަބަދުު ވެސް އޭނާ ބުނަމުން ދަނީ ޗެލްސީން ކުރަމުން ދަނީ ދުރު ރާސްތާ ޕްލޭންގެ މަސައްކަތެއް ކަމަށާއި، އެކަމުގެ ނަތީޖާ ފެންނަން ދުވަސް ވެސް ނަގާނެ ކަމަށެވެ. އެހެންކަމުން ޕްރެޝަރާއެކު ވެސް ކުރިއަށް ދާން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިވަގުތު ޗެލްސީ އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 28 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގައި ޗެލްސީ މޮޅުވެފައި ވަނީ ލީގުގެ 11 މެޗުންނެވެ. 10 މެޗުން ބަލިވެފައިވާއިރު، ހަތް މެޗު ވަނީ އެއްވަރުވެފަ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު