Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޫދޫ އެއާޕޯޓް

"މަގޫދޫ"ގެ ގަަދަ އަޑަށް ސަރުކާރުން ދެނީ ބީރު ކަންފަތެއް

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން އެ ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުންދާއިރު އެ މަންޒަރު ފެންނަ މީހަކު ސަރުކާރުގައި ނެތްކަހަލަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މާރިޗު 2024 | އާދީއްތަ 14:01
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާކުރަނީ

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާކުރަނީ

މަގޫދޫ މީހުން ހީކޮށްގެން ތިބީ 70 % މަސައްކަތް ނިމިފައިވާ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމި އިސާހިތަކު ފްލައިޓްތައް އެ ރަށަށް ޖައްސަން ފަށާފާނެ ކަމަށެވެ. އުންމީދުކޮށްގެން ތިބީ މިއީ ރަށުގެ ތަރައްޤީ އަށް އާ ހަރުފަތަކަށް ވާނެ ކަމަށެވެ. އުންމީދުކޮށްގެން ތިބީއެކަމުގެ ސަބަބުން ރަށުގެ އިޖުތިމާއީ ކުރިއެރުމަށް އާރޯކަމެއް ލިބޭނެ ކަމަށެވެ. އެ ހުރިހާ އުންމީދެއް ހަފުސްވީ ކުއްލިއަކަށް ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލުމުންނެވެ.

އަމުދުން އެކަން ކުރީ ސިޔާސީ ގޮތުން ބަޔަކު ހިތް ރުއްސަންކަން އެނގުން ވެގެންދިޔައީ މުޅި މަގޫދޫ އަށް ލިބުނު ހިތްދަތިކަމަކަށެވެ. މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލީ ފާޅުގައި މަގޫދޫ ސިޔާސީ ގުރުބާން ކަންބަޅިއަކަށް ހެދުމަށް ފަހުގައެވެ. ނިލަންދޫ ދާއިރާ އަށް ވާދަކުރާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ މަޤާމަށް އައްޔަން ކުރުމުގެ ފުރުސަތު ބޮޑު ކުރަން މި ސަރުކާރުން ހެދި ވަޑާމަކީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމެވެ. އެކަން ކުރި ސަބަބު އޮޅުން ފިލުވަން މަގޫދޫ ކައުންސިލުން ކުރަމުންދާ އާދޭހުގެ އަޑު މި ސަރުކާރަކަށް ނީވެއެވެ. ރަސްމީ އަދި ނުރަސްމީ ސިފައެއްގައި ވެސް އެކަމަށް މި ސަރުކާރުން ދޭ ޖަވާބެއް ނެތެވެ. ސަރުކާރުން ވަކި މީހަކު ހޮވަން މުޅިން އެހެން ދާއިރާ އެއްގެ މަސައްކަތެއް މަޑު ޖައްސާ ފަސްއަޅާލުމުން އެ ޝަކުވާ އެ ރަށު ރައްޔިތުން ކުރިއެއް ކަމަކު އެ އަޑު ސަރުކާރުގެ ކަންފަތާއި ހަމައަކަށް ހިލާ ފޯރާ ގޮތެއް ނުވެއެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން އެ ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުންދާއިރު އެ މަންޒަރު ފެންނަ މީހަކު ސަރުކާރުގައި ނެތްކަހަލައެވެ. ޑިމޮކްރަސީ އާއި ހިތްތިރިކަމުގެ ލާމަސީލު ބައެއް ކަަމަށް އަމިއްލަ އަށް ބުނާ މި ސަރުކާރުން އެ މަންޒަރު ބަލަން ބޭނުން ނުވާ ކަހަލައެވެ. އާއްމުން މަގޫދޫ އެއާޕޯޓް އަލުން ފަށާ ދިނުމަށް އެދޭ އެދުން ސަރުކާރަށް ނީވޭކަހަލައެވެ. ރަމަޟާން މަހެއްގެ ހަވީރާއި ރޭގަނޑު އާއްމުން މަގުމައްޗަށް ނުކުންނަން މަޖުބޫރުކޮށްލުމަށް ފަހު ސަރުކާރުން އެ ތިބީ ވަރިހަމަވެފައެވެ. ޖަވާބުދާރީވާން ޖެހޭ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. ރައްޔިތުންގެ އަޑެއް ނާހައެވެ. ރައްޔިތުންގެ ޑިމާންޑުގެ އަޑެއް ނީވެއެވެ. މުޅި ސަރުކާރުން އެތިބީ މަގޫދޫ އެއީ ނުފެންނަ ތަނަކަށް ހަދައިގެންނެވެ. މަގޫދޫގައި "އެއާޕޯޓް އަޅާދޭން" އެ މަސައްކަތް އަލުން ފަށަން އެދި ގޮވާ އަޑު ގަދަ ވަނީއެވެ. ސަރުކާރުބް ދެނީ ބީރު ކަންފަތެކެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2018

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

26 ޖެނުއަރީ 2018
ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް
28 ޑިސެމްބަރު 2017

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!
18 ޑިސެމްބަރު 2017

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!
06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
09 ނޮވެމްބަރު 2017

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
23 އޮކްޓޯބަރު 2017

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
26 އެޕްރީލު 2017

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު