Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އީ-ވޮލެޓުގެ ޚިދުމަތް ތައާރަފް ކުރުން

ބީއެމްއެލްއިން ބޭރު ފައިސާގެ މުއާމަލާތްކުރެވޭ އީ-ވޮލެޓުގެ ޚިދުމަތް ތައާރަފްކޮށްފި

ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުން ކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 މާރިޗު 2024 | އާދީއްތަ 12:42
ބީއެމްއެލްގެ ކާޑު ބޭނުންކުރަނީ

ބީއެމްއެލްގެ ކާޑު ބޭނުންކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭރު ފައިސާގެ މުއާމަލާތްކުރެވޭ އީ-ވޮލެޓުގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.

ބީއެމްއެލުން ބުނީ މީގެ ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން ނުވަތަ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައްކުރެވޭ ޕްލެޓްފޯމުތަކާއި ޑިޖިޓަލް ވޮލެޓުތަކުގެ ޚިދުމަތްތައް އަލުން މުއާމަލާތްކުރެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ. އަދި އެ ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އީއޯ ކާރލް ސްޓުމްކަ ވިދާޅުވީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންނާއި، ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާން ޖެހޭ ހިނދު، އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ. އަދި މިއީ ބޭންކިން އާއި ޕޭމަންޓް ޚިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު