Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގޫދޫ އެއަރޕޯޓް

ދިވެހިރާއްޖޭގައި ފުރަތަމަ އަޒުލުކުރެވޭ ވެރިޔަކަށް ވެގެންދާނީ ރައީސް މުއިއްޒު: މެންބަރު ހަލީމް

30 މާރިޗު 2024 | ހޮނިހިރު 19:18

ގާނޫނަކަށް ބަދަލު ގެންނަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2024 | ހޮނިހިރު 19:18
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް

ދިވެހިރާއްޖޭގައި ފުރަތަމަ އަޒުލުކުރެވޭ ވެރިޔަކަށް ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ގަލޮޅު ތަރާވީހުގައި ވާހަކަ ދައްކަވަމުން މެންބަރު ހަލީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒަށް ގޮވާލަނީ ވެރިކަމެއް ކުރައްވަންވާނީ އިންސާފުވެރިކޮށް ކަމަށާއި، ވެރިކަން ކުރާނީ ހިތުހުރިގޮތަކަށް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ފުރަތަމަ އަޒުލުކުރެވޭ ވެރިޔަކަށް ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ފުރިހަމަ މެޖޯރިޓީއެއް ލިބިއްޖެނަމަ އެކަން ކުރައްވާނެކަމަށް މެންބަރު ހަލީމް ވިދާޅުވިއެވެ. މެންބަރު ހަލީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ނުކުރެވި އޮތް ކަމަކީ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެން ރާއްޖޭގެ ރައީސަކު މަގާމުން ވަކިކުރުން ކަމަށެވެ.

މެންބަރު ހަލީމް ވިދާޅުވީ އިރާދަކުރެއްވިޔާ އެ ތަޖުރިބާ ކުރެވޭނެ ކަމަށާއި، މަޖިލިސް އިންތިހާބު ރަނގަޅަށް ކާމިޔާބުކުރުމާއެކު އެންމެ ފުރަތަމަ މަސައްކަތަކަށް ވެގެންދާނީ ރައީސް މުއިއްޒު ވެރިކަމުން ވަކިކުރެއްވުން ކަމަށެވެ.

މަގޫދޫ އެއަރޕޯޓުގެ މައްސަލައިގައި މެންބަރު ހަލީމް ވިދާޅުވީ ގާނޫނަކުން ބަދަލު ގެންނަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށައި، ޖުލައި މަހުގައި މަގޫދޫ އެއަރޕޯޓުގައި ބޯޓު ޖައްސާނެ ކަމަށެވެ.

މެންބަރު ހަލީމް ވިދާޅުވީ މަގޫދޫ އެއަރޕޯޓު އެތަނުގައި ބޭއްވުމަށް ގާނޫނަކުން އެ ބަދަލު ގެންނަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށެވެ. އަދި ޖުލައި މަހު މަގޫދޫ އެއަރޕޯޓުގައި ބޯޓު ޖެއްސޭ ވަރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނާއެކު ކޮށް ނިންމަވާނެކަމަށެވެ.

މެންބަރު އަހުމަދު ހަލީމް ވިދާޅުވީ މިވަގުތަކީ ވަރަށް ދަތި ވަރަށް އުނދަގޫ ވަގުތެއް ކަމަށެވެ. އެއީ އޭނާގެ ދާއިރާގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވަރަށް މަސައްކަތުން 70 އިންސައްތަ މަސައްކަތް ނިންމާފައި އޮތް އެއަރޕޯޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޭރިގަނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ދާއިރާގެ ގިނަ ރައްޔިތުންތަކެއް މިހާރުވެސް އިހުތިޖާޖު ކުރަމުން އަންނަ ކަމަށެވެ.

މެންބަރު ހަލީމް ވިދާޅުވީ ދައުލަތެއްގެ ސިފަ މި ރާއްޖޭގައި ގެއްލި ހިނގައްޖެ ކަމަށާއި، މި ރާއްޖެ ހަމަ މަގަށް އަޅުވަން މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މެންބަރު ހަލީމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އައި އިރުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް ކަންކަން ހުރީ ފަށާ ނުނިމި ކަމަށެވެ. އޭގެ ތެރޭގައި ފަރެސްމާތޮޑާގެ އެއަރޕޯޓަކީ އެންމެ ހެކްޓަރެއް ހިއްކިފައި އޮތް ތަނެއް ކަމަށެވެ. ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރު ނިމުނު އިރުގައި އެތަނަށް މަތިންދާބޯޓު ޖައްސާ ކަމަށެވެ.

މެންބަރު ވިދާޅުވީ ކޮއްކޯފުޅު ހޮވުމަށްޓަކައި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

މެންބަރު ހަލީމް ވިދާޅުވީ މަގޫދޫ އަދި ބިލެއްދޫ ރައްޔިތުން އަދި ފީއަލީ ރައްޔިތުން ކުރަމުންދާ ހިތާމައިގައި މުޅި ޕާޓި އޮތް ކަމަށެވެ. އަދި ހޯމަ ދުވަހު އެއަރޕޯޓު މައްސަލައިގައި ކުއްލި މައްސަލައެއް މަޖިލީހަށް ވައްދާނެކަމަށް މެންބަރު ހަލީމް ވިދާޅުވިއެވެ. އަދި އެކަމުގައި ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ތިބުމަށް މެންބަރު ވަނީ އެދިވަަޑައިގަންނަވާފައެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް