Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫކޭގެ ފާޑުކިޔުން ސަރުކާރު

ޚުދުމުހުތާރު ވެރިއެއްގެ ސިފަ މިއަދު އުދަރެހުން ފެނޭ، ދައުލަތް ހިންގަން އުޅެނީ އެކޮޅު ކޮޅުން - މޫކޭ

30 މާރިޗު 2024 | ހޮނިހިރު 08:47

މޫސަ ވަނީ އެމްޑީޕީގެ އިސް މީހުން ފުލުހަށް ހާޒިރުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 މާރިޗު 2024 | ހޮނިހިރު 08:47
މޫސާ އަލީ މަނިކު (މޫކޭ)

މޫސާ އަލީ މަނިކު (މޫކޭ)

ޚުދުމުހުތާރު ވެރިއެއްގެ ސިފަ މިއަދު އުދަރެހުން ފެންނަމުންދާ ކަަމަށާއި ދައުލަތް ހިންގަން އުޅެނީ އެކޮޅު ކޮޅުން ކަމަށް ކުރީގެ މެނޭޖިން ޑިރެކްޓަރ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެނާ އެފަދައިން ވިދާޅުވީ ހުޅުމާލެ މެދު ދާއިރާ އަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ތަރާވީހުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ އާރްޑީސީގެ ޚިޔާނާތުގެ މައްސަލަ އެއް އޮތް ކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ފުލުހަށް ހާޒިރުކުރުމާއި އެމްޑީޕީގެ އިސް ވެރިން އެކި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ހާޒިރުކުރަނީ ބިރު ދައްކަން ކަަމަށް ވިދާޅުވެފައެވެ. އެމްޑީޕީ އަކީ އަބަދުވެސް ބިރުވެރިކަމާއި ދެކޮޅަށް އައްޑަނައެއްގެ ގޮތުގައި މަސައްކަތް ކުރާނެ ޕާޓީ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމަކީ އަމާނާތްތެރި ވެރިކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ސަރުކާރުން އާއްމުންނަށް ބިރު ދައްކަމުންދާ ކަމަށާއި ދޮރުން ދޮރަށް ދާއިރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ ބިރާއި، ވިޔަފާރިވެރިންނަށް އޮތް ބިރު ފަދަ އެތައް ކަމެއް މި ވެރިކަމުގައި ފާހަގަކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބިމެއް ނޫނީ ފްލެޓެއް އަދި އެ ނޫން ވެސް އެއްޗެއް ލިބިފައި އޮތް މީހެއް ވެއްޖެއްޔާ އެ އަތުލާނެ ކަމުގެ ބިރު ވެސް މި ވެރިކަމުގައި އިންތިހާ އަށް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މޫސާ އަލީ މަނިކުގެ ވާހަކައިގައި ފުށިދިއްގަރުފަޅު މަޝްރޫޢުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ ވާހަކަ އަށް ނުސީދާކޮށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެމްޓީސީސީން ރާޖޫ ކިޔާ މީހަކަށް އުސޫލާއި ޚިލާފަށް ތަކެތި ފޯރުކޮށްދިން ކަމަށް އަޑުފެތުރިފައިވާ އިރު "ރާޖޫ"ގެ ކޮންޓްރޯލް ވެރިކަމުގައި އޮތް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އޭނާ ވަނީ މި ސަރުކާރުގެ މިސްރާބެއް ނެތް ކަމަށް ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ދޮގު މައްޗަށް ދޮގު ހަދަމުންދާ ކަމަށާއި އޮޅުވާލުން ނޫން ކަމެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރަކީ ޚުދުމުހުތާރު ވެރިކަމަކަށް ފަހު ލިބުނު އަމާން 5 އަހަރު ކަމަށާއި މިހާރު އަނެއްކާވެސް ފެންނަނީ އަނިޔާވެރި ވެރިކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހުޅުމާލެ އަށްޓަކާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގައި ވެސް ހުރީ އޮޅުވާލުމާއި މަކަރުވެރި ވާހަކަތައް ކަަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލެ އާއި މެދު ސަރުކާރުގެ ވިސްނުމެއް ފިކުރެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާ ވަނީ ބަސްދަތުރުތަކުގެ އިންތިޒާމް ރަނގަޅުކުރުމަށާއި ޕާކިން މައްސަލަ އަށް ހައްލު ހޯދާދިނުން ފަދަ މުހިންމުކަންކަމަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް