Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުން

ކޮއްކޮގެ ގޮނޑި ކަށަވަރުކުރަން މަގޫދޫ "ގުރުބާން ކަންބަޅި" އަކަށް؟

މަގޫދޫ އާއްމުން ވަނީ މުޒާހަރާކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 މާރިޗު 2024 | ހުކުރު 19:13
މަގޫދޫގައި އެއާޕޯޓް މަސައްކަތް ހުއްޓާލުމުން މުޒާހަރާ ކުރި އާއްމުން، އަދި ރައީސްގެ ކޮއްކޮ ސައުދާ

މަގޫދޫގައި އެއާޕޯޓް މަސައްކަތް ހުއްޓާލުމުން މުޒާހަރާ ކުރި އާއްމުން، އަދި ރައީސްގެ ކޮއްކޮ ސައުދާ

މަގޫދޫ އާއްމުން ނުކުމެ ހުކުރު ދުވަހުގެ ރޭ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުންނެވެ. އާއްމުން ނުކުމެ އުދާސްތައް ބަންޑުންކޮށްލީ ސިޔާސީ އަނިޔާ ހުއްޓާލަން ގޮވާލަމުންނެވެ. އާއްމުންގެ ޑިމާންޑަކީ ވަގުތުން އެއާޕޯޓުގެ މަސައްކަތް ފެށުމެވެ. އެއްވެސް ބަހަނާ އެއް ހުއްޖަތެއް ބޭނުމެއް ނެތެވެ. ނޫނޭވާ ސާބަހެވެ. ދެކެދެކެވެސް މިވަރު ކަމެއް ދެކުނީމުހެއްޔެވެ. މީސް މީހުން ސިޔާސީ މަސައްކަތް ކުރާ ވާހަކަ އަޑު އަހަމެވެ. ތިމާމެން އެދޭ މީހަކަށް ތިމާމެން ތާއީދު ކުރާ މީހަކަށް މަގާމާއި ޖާހަތު ހޯދާ ދޭން އަތުކުރި އޮޅައިގެން މަސައްކަތް ކުރާތަން ވެސް ދެކެމެވެ. އެކަމަކު މި ވަރުކަމެއް ދެކުނީމުބާއެވެ؟ އެންމެ މީހަކު ހޮވަން މުޅި ސަރުކާރުގެ އަގު ވައްޓާލަން ވެސް ތައްޔާރެވެ. އެންމެ މީހަކު ގޮނޑީގައި ތިއްތިކޮށް ބައިންދަން ބަޔަކު މީހުން ގުރުބާން ކުރުންވެސް ހަމަ ވަރިހަމައެވެ.

ތިޔަހީވީ ހަމަ ރަނގަޅަށެވެ. މި ދައްކަނީ ނިލަންދޫގެ ވާހަކައެވެ. ވެގެން މިއުޅޭ ގޮތަކީ ނިލަންދޫ އަށް ސަރުކާރުން ކޮންމެހެން ހޮވަން ބޭނުންވާ ކެނޑިޑޭޓަކު ހުރީއެވެ. އެ ކެނޑިޑޭޓަކީ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާއެވެ. މައްސަލަ ޖެހެނީ މި ހިސާބަކުން ނޫނެވެ. އެ ބަޔަކު ބޭނުންވާ ކެނޑިޑޭޓަކު ހޮވަން މަސައްކަތް ކުރުމަކީ ސަރުކާރަށް ވެސް އަދި އެހެން ބަޔަކަށް ވެސް އޮންނާނެ ހައްގެކެވެ. ދެން މައްސަލަ އަކީ ކޮބައިބާއޭ ހިތަށް އަރާފާނެއެވެ. ވެގެން އުޅޭ ގޮތް ކިޔާދޭނަމެވެ. މި އިހަކަށް ދުވަހު ފ.ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ޚަބަރު ވާނީ މީޑިއާ އާއި މީސްމީޑިއާ އިން ފެނިފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އެމްޓީސީސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. ނިކަން ގިނައިން ސަރުކާރުގެ އެކި ފެންވަރުގެ ވެރިން އެ ފޮޓޯތައް ހިއްސާކުރެއްވީތީ އެ ފޮޓޯތައް ވެސް ފެނިފަ ހުރުން ގާތެވެ.

މި އެއްބަސްވުމުގެ ދަށުން  42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި ސަރުކާރުގެ އެހެން ޕްރޮޖެކްޓްތަކެކޭ އެއްފަދައިން މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ. ނިލަންދޫގައި އެއާޕޯޓެއް އަޅަން ފޫގެޅުމަކުން ސަރުކާރުން ނިންމާލީކީ ނޫނެވެ. ކައިރީގައިއޮތް މަގޫދޫ އެއާޕޯޓެ މަސައްކަތް މަޑު ޖައްސާލީއެވެ.

ނިމިދިޔަ ބުދަ ދުވަހު އެ މަސައްކަތް ހުއްޓާލި އިރު އެކަން ކުރި ސަބަބެއް މަގޫދޫ ކައުންސިލަކަށް ވެސް އަދި އެ ރަށު ބަޔަކަށް ވެސް ނާންގައެވެ. އެ މަސައްކަތް ހުއްޓާލުމުގެ ކުރިން އެ ރަށު މީހުން ކައިރިން ހޭ ވެސް އަހާ ނުލައެވެ. ދެން މި ވެގެން އުޅޭ ގޮތް ބަލާލި އިރު މި ވީގޮތަކީ ނިލަންދޫގެ ޑިމާންޑަކީ ފ.އަތޮޅުގައި ދެން އަޅާ ފުރަތަމަ އެއާޕޯޓަކީ އެ އެއާޕޯޓްކަމަށް ހެދުމެވެ. ސައުދާ ހޮވަން ތިބި މީހުންގެ ސިޔާސީ ޑިމާންޑަކީ އެއީއެވެ. ރަށެއްގެ ހައިސިއްޔަތުން ރަށަށް ކުރިއެރުމާއި ލާބަ ބޭނުންވުމަކީ މައްސަލަ އެއް ނޫނެވެ. އެކަމަކު މިކަހަލަ ޑިމާންޑަކަށް ބޯލަނބާ މުޅި ސަރުކާރެއް އެ މިސްރާބަށް ލެނބުމަކީ ލަދުވެތިކަމެކެވެ.

ހަގީގަތަކީ ނިލަންދޫގައި އެއާޕޯޓް އަޅަން މި ފަށަނީ އެރަށު ކައިރީގައި އޮންނަ މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް ނިމެން ގާތްވެފައިވަނިކޮށެވެ. އެހެންނަނަމަވެސް އެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދެތިން ދުވަސް ފަހުން މަސައްކަތް ކުރާ ހުރިހާ އާލާތެއް އެ ސަރަހައްދުން ގެންގޮސްފިއެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ މި އަހަރު ބަޖެޓުކޮށްފައި ނެތެވެ. ދެން މި ކުޅުއްވަނީ ކޮން ސިޔާސީ ކުޅިވަރެއް ހެއްޔެވެ. ބޭބެ ރައީސް ކަމުގައި ހުރީތީ ކޮއްކޮ ހޮވަން މިވަރަށް ސަރުކާރުގެ ނުފޫޒު ބޭނުންކުރަން ހަމަ ހެޔޮވާނެތޯއެވެ. ބަޔަކު ރުއްސުމަށްޓަކައި ދެންވެސް ދިވެހި ރައްޔިތުން ދިރިއުޅެމުން އަންނަ މަގޫދޫ "ގުރުބާން ކަންބަޅި" އަކަށް ހަދަން ހަމަ އޯކޭތޯއެވެ. ސަރުކާރުން ޕްރޮމޯޓް ކުރާ ކަމަށް އަޑުފަތުރާ ޑިމޮކްރަސީގެ ރިވެތި ހަމައަކީ ވެސް މިއީތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!

ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!

15 ޖެނުއަރީ 2019
ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް

ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް

03 ޑިސެމްބަރު 2018
ގޮނޑިއާމެދު ފަހު ބަސް ބުނަން ޖެހެނީ ކޯޓުންކަން ނޭނގިގެނެއް ނޫޅޭ، މި އުޅެނީ ގޮތެއް ނުނިންމައިގެން

ގޮނޑިއާމެދު ފަހު ބަސް ބުނަން ޖެހެނީ ކޯޓުންކަން ނޭނގިގެނެއް ނޫޅޭ، މި އުޅެނީ ގޮތެއް ނުނިންމައިގެން

26 ޖުލައި 2018
އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

06 ޖޫން 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު