Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސަގެ މަރު

އިސްތިއުނާފު ނިމެންދެން ސައްމާހު ބަންދުކޮށްދޭން ދައުލަތުން އެދިއްޖެ

28 މާރިޗު 2024 | ބުރާސްފަތި 10:57

ފަނޑިޔާރުންވެސް ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2024 | ބުރާސްފަތި 10:57
އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ

އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާ ބަންދުކޮށްދޭން ދައުލަތުން އެދިއްޖެއެވެ.

މޫސާ އަހުމަދު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކުރި ޙުކުމުގައި ބުނެފައިވަނީ، ސައްމާޙުގެ މައްޗަށް ކޮށްފައިވާ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

ދައުލަތުން އެ ނިންމުން އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ މުުޖުތަމައުގެ ސަަލާމަތާއި ރައްކާތެރިކަމަށް ބަލައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން އޭނާ ބަންދުކޮށްދިނުމަށް އެދިފައެވެ.

އަދި އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ ފަރާތުން ވަނީ އޭނާއަކީ މިހާރު ވަޒީފާއެއްގައިވެސް އުޅޭ ފަރާތެއްކަން ފާހަގަކޮށް، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާވާ ގޮތަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައިނުވާކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތާއި ދިފާއުން ބުރާސްފަތި ދުވަހުގެ އަޑުއެހުުމުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންވެސް ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ, ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.

ސައްމާހުގެ މައްޗަށް ދައުވާކުރާ، ގަސްތުމަރުގެ މައްސަލައަކީ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަލުން އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެގޮތުން މި މައްސަލަ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައި ވަނިކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީއެވެ.

މީގެ އިތުރުން، އިބްރާހީމް ސައްމާހު އަހުމަދު ފަތުހީއާއި، ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކުރި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާވެސް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. 

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ވިސާމްގެ މައްސަލަ އިސްތިއުނާފުކުރައްވަން ނިންމެވި ނިންމެވުމަކީ ލަދުވެތި ނިންމެވުމެއް: ރާއްޖެޓީވީ

16 އެޕްރީލު 2017
ވިސާމްގެ މައްސަލަ އިސްތިއުނާފުކުރައްވަން ނިންމެވި ނިންމެވުމަކީ ލަދުވެތި ނިންމެވުމެއް: ރާއްޖެޓީވީ
15 އެޕްރީލު 2017

ސްނައިޕަރު މައްސަލަ: އަޑުއެހުމެއް ނުބާއްވާތާ ހަތް މަސް، ޝަރީއަތް ނިމެންދެން ބަންދުގައި!

15 އެޕްރީލު 2017
ސްނައިޕަރު މައްސަލަ: އަޑުއެހުމެއް ނުބާއްވާތާ ހަތް މަސް، ޝަރީއަތް ނިމެންދެން ބަންދުގައި!
13 އެޕްރީލު 2017

ގާސިމްގެ ޝަރީއަތް: "ވާނުވާ" ޖަހައި ޝަރީއަތް ނިމެންދެން ބަންދެއް ނުކުރި!

13 އެޕްރީލު 2017
ގާސިމްގެ ޝަރީއަތް: "ވާނުވާ" ޖަހައި ޝަރީއަތް ނިމެންދެން ބަންދެއް ނުކުރި!
12 އެޕްރީލު 2017

ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފު މިއަދު 2:00 ގައި!

12 އެޕްރީލު 2017
ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފު މިއަދު 2:00 ގައި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
05 އެޕްރީލު 2017

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
14 މާރިޗު 2017

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

14 މާރިޗު 2017
މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް