Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ކްރޫސް، ރެއާލްގެ އެއްބަސްވުން އެއް އަހަރަށް އައުކުރަނީ

އެ ކުލަބާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2024 | ބުރާސްފަތި 00:35
ރެއާލަށް ކުޅެމުން އަންނަ ކްރޫސް

ރެއާލަށް ކުޅެމުން އަންނަ ކްރޫސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް, އެ ކުލަބުގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައުކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް، 2014 ވަނަ އަހަރު ރެއާލަށް ބަދަލުވި ކްރޫސް، އެންމެ ފަހުގެ އެ ކުލަބާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ކްރޫސް ބުނެފައި ވަނީ ކުރިއަށް އޮތް މަސް ދުވަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި މުސްތަޤުބަލާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، އިތުރު އެއް އަހަރަށް ކްރޫސް ރެއާލްގައި މަޑު ކުރާނެ އެވެ. އެހެންކަމުން ދެން އެ ކުލަބާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ރެއާލް އާއި ކްރޫސްއާ ދެމެދު މިހާރު ކުރެވެމުންދާ ކަމަށާއި، ވަރަށް އަވަހަށް ރަސްމީކޮށް އެކަން އިއުލާން ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކްރޫސް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 455 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 20 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ކްރޫސް އަންނަނީ ޖަރުމަނު ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މީގެ ކުރިން 2021 ވަނަ އަހަރު އޭނާ ވަނީ ޖަރުމަނު ޤައުމީ ޓީމުން ވެސް ރިޓަޔާ ކޮށްފަ އެވެ. ނަމަވެސް މިދިޔަ ފެބްރުވަރީ މަހު އޭނާ ވަނީ އަލުން ޤައުމީ ޓީމަށް ކުޅެން ފަށާނެ ކަން އިއުލާން ކޮށްފަ އެވެ. ޖަރުމަނުން އެންމެ ފަހުން ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗުގައި ވެސް ކްރޫސް ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ
03 މެއި 2017

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

03 މެއި 2017
ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ
30 އެޕްރީލު 2017

ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު