Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ފްރާންސް އިން ޗިލީ ބަލިކޮށްފި

ޗިލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 23:14
މެޗުގައި ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް ބަލިވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން ޖަރުމަނު އަތުން ބަލިވި ފްރާންސް، އަންގާރަ ދުވަހުގެ ރޭ ޗިލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނެގީ ޗިލީންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މާސެލިނޯ ނޫނޭޒް އެވެ. ނަމަވެސް މެޗުގެ 19 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ކެޕްޓަން ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޔޫސުފް ފޮފާނާ އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ފްރާންސް އަށް ލީޑު ނަގައިދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި މުއާނީ އެ ލަނޑު ޖެހީ ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ފްރާންސްގެ ތިން ވަނަ ލަނޑު ޖެހީ އޮލީވިއޭ ޖިރޫޑް އެވެ. އެއީ މުއާނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ޗިލީގެ ފަހު ލަނޑު ޖެހީ ޑަރިއޯ އޮސޮރިއޯ އެވެ.

ފްރާންސް އިން މަސައްކަތް ކުރަމުން އަންނަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށާއި، ބޭނުންވާ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ފްރާންސްގެ ކޯޗު ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
18 މެއި 2017

ބާކީ އެއް މެޗު އޮއްވާ މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކޮށްފި

18 މެއި 2017
ބާކީ އެއް މެޗު އޮއްވާ މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކޮށްފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު