Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗިލީ

ޗިލީގެ ރައީސް ސައުތު ޕޯލް އަށް ވަޑައިގެންފި

ބޮރިޗް ގެ ކުރިން ސައުތު ޕޯލަށް ޒިޔާރަތް ކުރެއްވީ ދުނިޔޭގެ އެންމެ ދެ ލީޑަރުންނެވެ، އެއީ ނިއުޒީލެންޑާއި ނޯވޭގެ ބޮޑުވަޒީރުންނެވެ

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2025 | ހޮނިހިރު 08:37
ޗިލީގެ ރައީސް ގަބްރިއަލް ބޮރިޗް (މެދުތެރޭގައި) 27 ޑިސެމްބަރު 2024 ގައި އެންޓާކްޓިކާ ގައި

ޗިލީގެ ރައީސް ގަބްރިއަލް ބޮރިޗް (މެދުތެރޭގައި) 27 ޑިސެމްބަރު 2024 ގައި އެންޓާކްޓިކާ ގައި

ސައުތު ޕޯލް އަށް ވަޑައިގެންނެވި އެމެރިކާ ބައްރުގެ ފުރަތަމަ ރައީސް ކަމުގައި ޗިލީގެ ރައީސް ގަބްރިއެލް ބޮރިޗް ވެވަޑައިގެންފިއެވެ.

ބޮރިޗް ވަޑައިގަތީ އެންޓާޓިކާގައި ހުންނަ އެމެރިކާގެ ބޭސް އަށެވެ.

ޗިލީގެ ރައީސް އެންޓާކްޓިކާ ގައި ހުންނަ އެމެރިކާގެ އެމެންޑްސަން-ސްކޮޓް ސައުތު ޕޯލް ސްޓޭޝަން ގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެންޓާކްޓިކާގެ ބައެއް ޗިލީގެ އިސްތިގްލާލުގެ ތެރޭގައި ހިމެނުމަށް ޗިލީ އިން ކުރާ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

ބޮރިޗްގެ އެންޓާކްޓިކާ ދަތުރުފުޅުގެ ވީޑިއޯ ޗިލީ ޓީވީން ދައްކާފައިވާ އިރު، އޭނާ ވިދާޅުވީ ޗިލީގެ ރައީސަކު ސައުތު ޕޯލަށް ކުރެއްވި މިއީ ފުރަތަމަ ޒިޔާރަތް ކަމަށެވެ.

ބޮރިޗް ދަތުރުކުރެއްވީ ސައިންސްވެރިންގެ ގްރޫޕަކާއި އެ ގަމުގެ ތިމާވެށްޓާއި ބެހޭ ވަޒީރާއި އަސްކަރިއްޔާ އާ ބެހޭ ވަޒީރު ހިމެނޭ ގޮތަށް ކެބިނެޓްގެ ބައެއް މެމްބަރުންނާ އެކުގައެވެ.

ބޮރިޗް ވިދާޅުވީ މިދަތުރުފުޅަކީ އެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް މަސައްކަތްތަކާއި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާތަކުގައި ޗިލީ އިން މުހިންމު ދައުރެއް އަދާ ކުރުމަށް ކަނޑައަޅާފައި އޮތުމާއެކު ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސާޗް ސެންޓަރުތަކާއި، ޔުނިވާސިޓީތަކާއި، ޑިޕްލޮމެޓުންނާއި، އަސްކަރިއްޔާ ގުޅިގެން ޗިލީ އަކީ އެންޓާކްޓިކާ އަށް އޮތް ދޮރާށީގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

2021 ވަނަ އަހަރު ޗިލީގެ ރިޔާސީ އިންތިހާބު ކުރެއްވި ރައީސް ގަބްރިއަލް ބޮރިޗް އަކީ އެގައުމުގެ ތާރީޚުގައި އުމުރުން 35 އަހަރުގައި ވެރިކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ރައީސް އެވެ.

ބޮރިޗް ގެ ކުރިން ސައުތު ޕޯލަށް ޒިޔާރަތް ކުރެއްވީ ދުނިޔޭގެ އެންމެ ދެ ލީޑަރުންނެވެ، އެއީ ނިއުޒީލެންޑާއި ނޯވޭގެ ބޮޑުވަޒީރުންނެވެ.

ޗިލީ، އިނގިރޭސިވިލާތް، ފްރާންސް، ނޯވޭ، އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި އާޖެންޓީނާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން އެންޓާޓިކާގެ ބައެއް ހިސާބުތަކަށް އެ ގައުމުތަކުގެ އިހްތިސާސްގައި ހިމަނާ އެތަނުގައި ވަނީ ގާއިމުވެފައެވެ.

އެންޓާޓިކާ އަކީ ގައުމެއް ނޫނެވެ. އެއީ ސަރުކާރެއް އަދި ކުރިން ބަޔަކު އާބާދުވި ތަނެއްވެސް ނޫނެވެ. އޭގެ ބަދަލުގައި މުޅި ބައްރު ދަމަހައްޓަމުން އައިސްފައިވަނީ ސައިންޓްފިކް ދިރާސާ ތަކަށެވެ.

1961 ވަނަ އަހަރު އެންޓާރކްޓިކާ އެ ގޮތުގައި ދަމަހައްޓަން މުއާހަދާ އެއްވެސް ވަނީ އެކުލަވާލާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު