Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންެގެ މަޖިލިސް

މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރަންޖެހޭ: ހަސަން ލަތީފް

5 އޯގަސްޓު 2017 | ހޮނިހިރު 07:25

އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައާ ގުޅޭ ގޮތުން ބަޔާން ނެރުއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އޯގަސްޓު 2017 | ހޮނިހިރު 07:25
އަބްދުލްހަމީދު ޒަކަރިއްޔާ--

އަބްދުލްހަމީދު ޒަކަރިއްޔާ--

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބު އަދި މަޖިލީހުގެ އިދާރާގެ ފޮރިން ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ހުންނެވި އަބްދުލްހަމީދު ޒަކަރިއްޔާގެ މައްޗަށް ގާނޫނުލްއުބާތުގެ ދަށުންގެ ޝަހްސު އޮޅުވާލުވުމުގެ ކުށުގެ ދައުވާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި އެގޮތަށް އެވިދާޅު ވަނީ މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރައީސްގެ މަގާމުގެ ހައިސިއްޔަތުން މަޖިލީހުގައި އަދާކުރައްވާ މަސްއޫލިއްޔަތުތަކުން ބަރީއަވާން މަޖިލީހުގެ ރައީސަށް ޖެހިވަޑައިގަންނަވާ ވަގުތުތަކުގައި މަޖިލީހުގެ އިދާރާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ މަޖިލީހުގެ އަމީން އާންމު ކަމަށްވާތީ އެވެ. އަދި އަމީން އާންމު މަޖިލީހުގެ އިދާރާއަށް ވަޑައިގެން ޒިންމާއަދާކުރައްވާއިރު، އޭގެ ބަދަލުގައި އަމީން އާންމުގެ ނައިބު، އަމީން އާންމަށް ނޭނގި ބައެއް ސިޓީތަކާއި ބަޔާންތައް ނެރެފައިވާތީ އެވެ.

Advertisement - newsAdvertisement

އެގޮތުން މަޖިލީހުގެރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 45 މެމްބަރުންގެ ސޮޔާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ނޭނގި، މަޖިލީހުގެ އިދާރާއިން ގިނަ ބަޔާންތަކެއް ނެރުމާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ ސަލާމަތީ ކަންކަންމާ ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ހިނގާފަ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމުގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އަމަލުކޮށްފައި ވަނީ އަބްދުލްހަމީދު ޒަކަރިއްޔާ އަންގުމުން ކަމަށާއި އަދި ފުލުހުން މަޖިލީހުގެ އިދާރާއަށް ވަނުމުގެ ހުއްދަ ދިން ފަރާތަކީ ވެސް އޭނާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި ސޮއި ކުރައްވާފައިވާ 45 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލް ކަމަށްނިންމާ މަޖިލީހުގެ އިދާރާއިން އެމައްސަލަ ބޭރުކޮށްލާފައި ވެސް ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީހުގެ މެމްބަރުން މަޖިލިހުގެ އިދާރާއަށް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވަދެވަޑައިގަތް މައްސަލައާ ގުޅޭ ގޮތުން ބަޔާން ނެރުއްވީ އަބްދުލްހަމީދު ޒަކަރިއްޔާ ކަމަށް އެ މެމްބަރުން ވިދާޅުވެއެވެ. އަދި މެމްބަރުން ނޫން ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް މަޖިލިހަށް ވަދެވަޑައިގެންނެވި މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ފުލުހުންނަށް ސިޓީ ވެސް ފޮނުއްވީ ވެސް އަބްދުލްހަމީދު ޒަކަރިއްޔާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވިދާޅުވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ކުރައްވާ އެތުހުމަތުތައް މިހާތަނަށް އަބްދުލްހަމީދު ޒަކަރިއްޔާ ދޮގު ކުރައްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް