Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ކޮރަޕްޝަން

އޭސީސީއަކަށް ރަސްމާލެ ނުފެނޭ، އުޅެނީ މާ ކުދިކުދި މައްސަލަތައް ބެލުމުގައި - ޔާމީން

ރަސްމާލޭގެ ވާހަކަ ގިނަ ބަޔަކު ދައްކަނަނީ ހާމަކަން ކުޑަވުމުގެ ސަބަބުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 މާރިޗު 2024 | ހޯމަ 12:09
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފައިލް ފޮޓޯ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކަށް ރަސްމާލެ ނުފެންނަ ކަމަށާއި، އެ ކޮމިޝަނުން އުޅެނީ މާ ކުދިކުދި މައްސަލަތައް ބެލުމުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ތާއިދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވާ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް ހިންގަންޖެހޭނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

އަދި މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ ރަސްމާލޭގެ ވާހަކަ ގިނަ ބަޔަކު ދައްކަނަނީ ހާމަކަން ކުޑަވުމުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ރަސްމާލޭގެ ޕްރޮޖެކްޓްގެ ވާހަކަ މިހާރު އެންމެން ދައްކާ އިރު، އޭސީސީން ދުވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިޔަކަށް ހުރި މޫސަ ފަހަތުން ކަމަށެވެ. އަދި މި ސަރުކާރުގެ ބޮޑެތި ވައްކަން ނުފެންނަނީތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އޭސީސީން ތަހުގީގުކުރަންޖެހޭ ކަންކަމުގެ ތެރޭގައި ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކަންކަން ފަދަ މައްސަލަތައް ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަނަކަށް ކޮރަޕްޝަނުގެ މައްސަލަ، ނޫނީ ބަލާ މައްސަލަ ވަނަސް، އިސްކަން ދޭނެ ތަރުތީބެއް އޮންނަން ވާނެ ކަމަށެވެ. އަދި އެކަމުގެ ބޮޑުމިނަށް، ނޫނީ ގެއްލިގެންދާ ފައިސާގެ ބޮޑުމިނަށް ބަލައި އިސްކަން ދެވޭނެ ގޮތްތަކެއް ހުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ރަސްމާލެ ހިއްކަނީ ދައުލަތުގެ ބަޖެޓުން ނޫން ކަމުގައި ސަރުކާރުން ބުނެފައިވީނަމަވެސް، ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެ ބިމެއް އަދި އެޕާޓްމަންޓެއް އަގުގެ ގޮތުގައި ދިނަސް އެ ދެވެނީ ދައުލަތުގެ ފައިސާއިން ކަމަށާއި، އެހެންކަމުން ބަޖެޓުގައި ނުހިނަމައި މަޝްރޫއެއް ހިންގާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައިވަނީ އެއްވެސް ކަމެއް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ފާސްކޮށްގެން ނޫނީ ނުކުރެވޭނެކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ބިޔަ ބޮޑު މި މަޝްރޫއާއި ގުޅިގެން ޔާމީން ވަނީ ތުހުމަތުގެ އިނގިލި ދިގުކުރައްވާ އެތަކެއް ސުވާލެއް އުފައްދަވާފައެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

ފުއްވަމުލަކުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

15 ޖުލައި 2017
ފުއްވަމުލަކުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
05 ޖޫން 2017

ބަންޑުން ޖަހާލި ޑިންގީ ފެނިއްޖެ، ގެއްލުނު ފުލުސް މީހާ އަދިވެސް ނުފެނޭ: ޕޮލިހުން

05 ޖޫން 2017
ބަންޑުން ޖަހާލި ޑިންގީ ފެނިއްޖެ، ގެއްލުނު ފުލުސް މީހާ އަދިވެސް ނުފެނޭ: ޕޮލިހުން
29 އެޕްރީލު 2017

ޔާމީންގެ މަރަށް ހަ ދުވަސް: ގާތިލުންގެ ނަން ހާމަނުކޮށް އުޅެނީ ކީއްވެ؟

29 އެޕްރީލު 2017
ޔާމީންގެ މަރަށް ހަ ދުވަސް: ގާތިލުންގެ ނަން ހާމަނުކޮށް އުޅެނީ ކީއްވެ؟
29 އެޕްރީލު 2017

އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

29 އެޕްރީލު 2017
އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް
10 އެޕްރީލު 2017

ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް

10 އެޕްރީލު 2017
ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
06 މާރިޗު 2017

ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

06 މާރިޗު 2017
ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު