Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ގޯނާކުރުން

ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު

ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 10:20
ހައި ކޯޓް

ހައި ކޯޓް

ބަންދުގައިހުރި މީހަކު ޝަރުޠާއެކު ގޭގައި ބަންދުކުރުމަށް ކޯޓުންކުރާ އަމުރަކާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރެވޭނެ ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ހަރުދަނާ އުޞޫލެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށް ކުރި ޙުކުމުގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އަނީސް ހިލްމީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކަމަށާއި، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ދަށު ކޯޓުން 7 ދުވަހުގެ ތެރޭގައި ކަނޑައަޅަންޖެހޭ ކަމަށެވެ.

އަދި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނީ، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައިހުރި މީހަކު ޝަރުޠާއެކު ގޭގައި ބަންދުކުރުމަށް ކޯޓުންކުރާ އަމުރަކާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރެވޭނެ ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ހަރުދަނާ އުޞޫލެއް ނެތް ކަމަށެވެ.

 އަދި ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ޖަލުބަންދުގައިވާ ފަރާތްތައް ގޭބަންދަށް ބަދަލުކުރެވެނީ ޤާނޫނާ އެއްގޮތަށްކަމަށް ނުދެކޭކަމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގައި އެ ޤާނޫނުގައިވާ ކުށެއް ސާބިތުވެފައިވާ މީހަކު ޙުކުމް ތަންފީޒު ކުރުމަށްފަހުވެސް އެފަދަ މީހުން އެނގޭނެ ނިޒާމެއް ދައުލަތުން ގާއިމުކުރުމަށް އޮންނައިރު، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ޖަލުބަންދުގައި ހުރިމީހަކު ބަންދުން ދޫކޮށްލާނަމަ އެ މީހަކު އުޅޭނޫޅޭގޮތް ދައުލަތުގެ ނިޒާމު ގެ ތެރެއިން ހަރުދަނާ ގޮތެއްގައި ބެލެހެއްޓެން ވާނެކަމަށްވެސް ޙުކުމުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ޖަލު ބަންދުގައި ހުންނަފަރާތެއް ގޭބަންދަށް ބަދަލުކުރުމަކީ ދައުލަތުގެ ސިޔާސަތެއް ކަމުގައިވާނަމަ، އެކަން ކުރަންޖެހޭނީ ޤާނޫނީ އުޞޫލުތަކުގެ ތެރެއިންކަމުގައިވާއިރު އެފަދަ އުޞޫލެއްނެތި ޖަލު ބަންދުގައިހުރި މީހަކު ގޭބަންދަށް ޤާނޫނީގޮތުން ބަދަލުކުރެވޭނެކަމަށް ނުދެކޭކަމަށްވެސް ޙުުކުމުގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު