Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތައް

ކުރީ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީ 24 ގަޑިއިރު ދިން ޚިދުމަތްތައް މިހާރު ލިބެނީ ރަސްމީ ގަޑީގައި އެކަނި

25 މާރިޗު 2024 | ހޯމަ 10:51

ޓްރާންސްޕޯޓް އޮންލައިން ޚިދުމަތްތައް ރައްޔިތުންނަށް ދޫނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2024 | ހޯމަ 10:51
ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، 24 ގަޑިއިރު ބައެއް ޚިދުމަތް ދިން ނަމަވެސް މިހާރު އެޚިދުމަތްތައް ލިބެނީ ރަސްމީ ގަޑީގައި އެކަނި ކަން ހާމަވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތައް ހޯދުމަށް ދާން ޖެހެނީ އެމިނިސްޓްރީއަށެވެ. ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުންނާއި، ޚިދުމަތްތައް ދިނުން ލަސްވާ މައްސަލަ ހައްލުކުރުމުގެ ގޮތުން އޮންލައިންކޮށް ޚިދުމަތްތައް ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސިއެވެ. އެގޮތުން 24 ގަޑިއިރު އީޕޯޓަލް އަދި ސިމްސްގެ ޚިދުމަތްތައް ތައާރަފްކުރިއެވެ. މީގެ އިތުރުން 12 ނޮވެންބަރު 2023 ގައި "ޓްރާންސްޕޯޓް އޮންލައިން" މެދުވެރިކޮށް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ގޮތަށް ހަމަޖެއްސިއެވެ. އޭގެ ތެރޭގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިހާ ޚިދުމަތެއް ވެސް ހިމެނެ އެވެ. ނަމަވެސް މިސަރުކާރުން ޓްރާންސްޕޯޓު އޮންލައިން އިން ޚިދުމަތްތައް ދޫކުރަން ފަށާފައެއް ނުވެއެވެ. މިއީ ހުރިހާ ޚިދުމަތެއް އެއްތަނަކުން ދިނުމަށްޓަކައި މިނިސްޓްރީން ގާއިމްކުރި ޕްލެޓްފޯމެކެވެ.

Advertisement - newsAdvertisement

މީގެ އިތުރުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށި އީޕޯޓަލް އަދި ސިމްސްގެ ޚިދުމަތްތައް ވެސް މިހާރު ލިބެނީ ރަސްމީ ގަޑީގައި އެކަންޏެވެ. ސިމްސް ޕޯޓަލްއާއެކު ކޮންމެ ތާކު ހުރެގެން ވެސް ޚިދުމަތަށް އެދެވޭއިރު، 24 ގަޑިއިރު ޚިދުމަތް ލިބޭގޮތް ނުވުމަކީ ޚިދުމަތްތައް ލަސްވެ، ގިނަ އުދަނގޫތަކެއް ރައްޔިތުންނަށް ކުރިމަތިވާނެ ކަމެކެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ އީޕޯޓަލް އަދި ސިމްސްގެ ޚިދުމަތްތައް 24 ގަޑިއިރު ދޭން ފެށިނަމަވެސް އައު ސަރުކާރާއެކު ޚިދުމަތް މެދުކަނޑާލާފައިވާތީ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ކުރީ ސަރުކާރުގައި އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ދޭން އެނިސްޓްރީން ކުރި މަސައްކަތްތައް ތަންފީޒު ނުކޮށް، އެއްކޮށް ދޫކޮށްލާފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މިއީ އެނިސްޓްރީން ފަހަތަށް އެޅި ފިޔަވަޅެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތީ ސަރުކާރުގެ ބަންދު ގިނަ ދުވަސްތަކެއް ކަމަށްވާތީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް