Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްދޯނިތަކަށް ސިފައިން އެރުން

މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ މިސްކޮމިއުނިކޭޝަނަކުން، ފޮރުވިފައިވާ އިތުރު ކަމެއް ނެތް: މިނިސްޓަރު

މަސްދޯނިތަކަށް ސިފައިން އަރާފައިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2024 | ހޯމަ 07:56
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާގެ ސިފައިން އަރާފައިވަނީ މިސްކޮމިއުނިކޭޝަން މައްސަލައަކުން ކަމަށާއި، ފޮރުވިފައިވާ އިތުރު ކަމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން ދިވެހި މަސްދޯނިތަކަށް އަރައި ކުރިއަށް ގެންދިޔައީ އާދައިގެ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން ދިވެހި މަސްވެރިންގެ ފޯނުތަކާއި، މަސްދޯނީގެ އެކިއެކި ބައިތައް ބަލާފާސްކުރި ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާދިސާ ހިނގި ވަގުތު މަސްވެރިން ނަގާފައިވާ ބައެއް ވީޑިއޯތައް ޑިލިޓްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ މަސްދޯނިތަކަށް ސިފައިން އަރާފައިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވެފައިނުވާ ކަމަށެވެ. އަދި ދޯނިތަކުގައި ހަރުކޮށްފައި ހުރި ޓްރެކިން ޑިވައިސްތަކުން އެކަން ކަށަވަރުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޯޑިންގެ ހަރަކާތް ހިންގާފައިވަނީ މިސްކޮމިއުނިކޭޝަންއަކާއި ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ ސެޓްލައިޓް ފޯނު ދޯނިތަކުގައި ބޭނުންކުރާތީ ކަމަށާއި، އެ ހުރިތޯ ކަށަަވަރުކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސެޓްލައިޓް ފޯނު ބޭނުންކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ. އަދި އެގޮތަށް އެކަން ހިނގާފާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، ފޮރުވިފައިވާ އިތުރު ކަމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރާފައިވަނީ 31 ޖެނުއަރީ އަދި 1 ފެބްރުއަރީ 2024 ގައެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަށް އެރި މައްސަލަ ފެންމަތިވެފައި ވާއިރު، މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ގޮވާލާފައިވެއެވެ. މިހާދިސާއާ ގުޅިގެން މަސްވެރިންނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާތީ، އެ ދޯނިތަކުގައި ތިބި މަސްވެރިންނަށް ސައިކޯސޯޝަލް ސަޕޯޓު ވެސް ވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު