Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމު

ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު

އެ އުމުރުގައި އަދިވެސް އޭނާ ދައްކަމުން އަންނަ ހުނަރުވެރި މޮޅު ކުޅުމުން އަޖައިބުވާ ކަމަށް ވެސް ނާގަލްސްމަން ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 00:48
ޖަރުމަނު ޤައުމީ ޓީމަށް ކުޅެމުން އަންނަ ކްރޫސް

ޖަރުމަނު ޤައުމީ ޓީމަށް ކުޅެމުން އަންނަ ކްރޫސް

ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްގެ ކުޅުމަށް، އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ކްރޫސް އަށް ތައުރީފުކޮށް ނާގަލްސްމަން ވާހަކަ ދެއްކީ، ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޖަރުމަނުން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ފްރާންސްގެ މައްޗަށް ޖަރުމަނުން ކުރި ހޯދި އެ މެޗަކީ، ކްރޫސް ރިޓަޔާމަންޓުން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ކްރޫސް އެވެ.

އެ މެޗަަށްފަހު ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، ކްރޫސްގެ ކުޅުމާމެދު ވަރަށް ބޮަޑަށް ހައިރާންވެފައި ހުރި ކަމަށެވެ. އެ އުމުރުގައި އަދިވެސް އޭނާ ދައްކަމުން އަންނަ ހުނަރުވެރި މޮޅު ކުޅުމުން އަޖައިބުވާ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

އިތުރަށް ނާގަލްސްމަން ބުނީ ބޯޅަ އާއެކު ކްރޫސް ދައްކަމުން އަންނަ ކުޅުމާއި، ވިސްނުންތެރިކަމާއެކު އޭނާ ކުރާ ކަންކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށެވެ. އޭނާ އަކީ އެހެން ފެންވަރެއްގެ ވަރަސް ތަފާތު ކުޅުންތެރިޔެއްކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، ކުޅުމުގެ ތެރޭގައި އޭނާ ބައިވެރިވާ މިންވަރު ވެސް ބޮޑު ކަމަށެވެ. ކްރޫސް އާއެކު ޓީމަށް އިތުރު ފުރިހަމަ ކަމެއް ލިބުނުކަމަށާއި، ކްރޫސް އެނބުރި އައުމުން އުފާވާ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ކްރޫސް އަށް އެންމެ ފުރަތަމަ ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެއީ އެ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު އެވެ. ނަމަވެސް އަލުން އަނބުރާ ޤައުމީ ޓީމަށް އައުމަށް ކްރޫސް ނިންމީ ކޯޗު ނާގަލްސްމަނާ މަޝްވަރާ ކުރުމަށްފަހު އެވެ.

އޭނާ ވަނީ މިހާތަނަށް ޖަރުމަނު ޤައުމީ ޓީމަށް ކުޅެދިން 107 މެޗުން 17 ލަނޑު ޖަހައިފަ އެވެ. ޖަރުމަނާއެކު ކްރޫސް ވަނީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

ޖަރުމަނުގެ ގައުމީ ޓީމުޓޯނީ ކްރޫސްހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

13 އޮކްޓޯބަރު 2024
ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!

ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!

07 ޖުލައި 2024
ޖަރުމަނު ބަލި ކުރަން އުނދަގޫ ވާނެ: ނާގަލްސްމަން

ޖަރުމަނު ބަލި ކުރަން އުނދަގޫ ވާނެ: ނާގަލްސްމަން

05 ޖުލައި 2024
ސްވިޒަލެންޑު ވަރުގަދަ، ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު: ނާގަލްސްމަން

ސްވިޒަލެންޑު ވަރުގަދަ، ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު: ނާގަލްސްމަން

25 ޖޫން 2024

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު