Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާޒުވާ

އަތެއް ތަނެއް ގުޑުވާވެސް ނުލާ ރާޒުވާ ގަނޑެއް ޖަހާލެވިދާނެތަ؟

މި ޑިވައިސް ފަރުމާކޮށްފައި ވަނީ ޗިޕް ލައްވާފައިވާ މީހާގެ ޚިޔާލަށް އަންނަ ކަންކަމުގެ ބާރުގައި ކޮމްޕިއުޓަރ މައުސްގެ ކަރސަރ ނުވަތަ ކީބޯޑް ބޭނުން ކުރެވޭ ގޮތަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 މާރިޗު 2024 | އާދީއްތަ 09:42
ނޯލަންޑް އޯބޯ؛ ނިއުރަލިންކްގެ ބްރެއިން ޗިޕް ލެއްވި ޕޭޝަންޓް

ނޯލަންޑް އޯބޯ؛ ނިއުރަލިންކްގެ ބްރެއިން ޗިޕް ލެއްވި ޕޭޝަންޓް

ގޮނޑިއެއް ކައިރީގައި އިނދެ ރާޒުވާ ކުޅެލުމަކީ ބައެއް މީހުންނަށް ވަރަށް އާދައިގެ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ޢުމުރުން 29 އަހަރުގެ ނޯލަންޑް އާބޯ ކުޅެމުން އެ ދަނީ އާދައިގެ ރާޒުވާއެއް ނޫނެވެ. އަތެއް ތަނެއް ގުޑުވާ ނުލާ، ބޯޑު މަތީގައި ހުރި ފުއްތައް ގުޑުވަމުން އެ ދަނީ އޭނާގެ ސިކުނޑީގެ ބާރުގައެވެ. މަހުޖަނު އީލޯން މަސްކުގެ ނިއުރަލިންކް ކުންފުނީގެ އެންމެ ފަހުގެ އީޖާދުތަކުގެ ތެރޭގައި ހިމެނޭ ޚާއްޞަ ޗިޕެއްގެ އެހީގައެވެ.

ނޯލަންޑް ކުޅެމުން އެ ގެންދާ ރާޒުވާ މެޗަކީ، ނިއުރަލިންކްގެ ޗިޕްގެ ބޭނުން ފުރަތަމަ ފަހަރަށް، ޢާންމު ދިރިއުޅުމުގައި ބޭނުން ކުރާ ކުރުމެވެ. ނިއުރަލިންކުން ވަނީ އެ މަންޒަރުތައް ލައިވްސްޓްރީމްވެސް ކޮށްފައެވެ.

ނޯލަންޑްއަކީ ނިއުރަލިންކްގެ މި ޚާއްޞަ ޗިޕް، ސިކުނޑިއާ ގުޅާލި ފުރަތަމަ މީހާއެވެ. މި ޑިވައިސް ފަރުމާކޮށްފައި ވަނީ ޗިޕް ލައްވާފައި ވާ މީހާގެ ޚިޔާލަށް އަންނަ ކަންކަމުގެ ބާރުގައި ކޮމްޕިއުޓަރ މައުސްގެ ކަރސަރ ނުވަތަ ކީބޯޑް ބޭނުން ކުރެވޭ ގޮތަށެވެ.

މީގެ 8 އަހަރު ކުރިން، ޑައިވް ކުރުމުގެ ތެރޭގައި ހިނގި ހާދިޘާއަކަށް ފަހު ނޯލަންޑްގެ ކޮނޑުން ފެށިގެން ތިރީގައި އެއްވެސް ވާތްގެއް ނުހުރެއެވެ. ހަރަކާތްތެރި ދިރިއުޅުމެއްގައި އުޅުމަށްފަހު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއެކު މަޑުޖެހިލުމަށް ނޯލަންޑްއަށް މަޖުބޫރުވިއެވެ. ރާޒުވާ ކުޅުމަކީ އޭނާ އިންތިހާއަށް ގަޔާވާ ކަމަކަށް ވީ ނަމަވެސް، އެފަދަ އެތައް ކަމެއް، މިދިޔަ އަހަރުތަކުގައި އޭނާއަށް ހުންނަން ޖެހުނީ ނުކޮށެވެ. ނަމަވެސް ނިއުރަލިންކްގެ ޑިވައިސްއާއެކު، ނޯލަންޑްގެ އުންމީދުތައް ވަނީ އާވާން ފަށާފައެވެ.

އާ ޑިވައިސްއަށް ގެނެވިދާނެ އިސްލާހީ އިތުރު ބަދަލުތަކެއް ހުރި ކަމުގައި ވީ ނަމަވެސް، މިހާރު ހުރި ވަރުންވެސް އޭނާގެ ދިރިއުޅުން ބަދަލުކޮށްލައިދީފި ކަމަށް ނޯލަންޑް ޤަބޫލު ކުރެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ކުރީގެ ޕްރޮގްރާމް ޑައިރެކްޓަރ ފޮރ ނިއުރަލް އިންޖިނޭރިންގް، ކިޕް ލުޑްވިގް ފާހަގަ ކުރި ގޮތުގައި، ނިއުރަލިންކްގެ ޑިވައިސްއަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް، ފަހަރެއްގައިވެސް ކާމިޔާބު އިންޤިލާބީ ފެށުމެއް ނޫނެވެ.

ނިއުރަލިންކްގެ ރެކޯޑް ބެލެހެއްޓުމުގައި މައްސަލަތަކެއް އުޅޭ ކަމަށާ، ޖަނަވާރު ބައިވެރިކޮށްގެން ކުރިއަށް ގެންދާ ތަޖުރިބާތަކުގައި ކޮލިޓީ ހިފެހެއްޓުމުގައި މައްސަލަތަކެއް ހުރި ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ އިންސްޕެކްޓަރުން ވަނީ ފާހަގަ ކޮށްފައެވެ. އެ މައްސަލަތަކެއް ފެންމަތިވީ، އިންސާނުންގެ ސިކުނޑީގައި ޗިޕްތައް ޓެސްޓު ކުރުމަށް ކްލިއަރަންސް ލިބިފައި ވާ ކަމަށް ނިއުރަލިންކުން ހާމަ ކުރިތާ މަހެއްވެސް ނުވަނީހެވެ.

ރާޒުވާ

އިތުރަށް ކިޔާލަން

05 ޖުލައި 2024

ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން މަރުވެއްޖެ

05 ޖުލައި 2024
ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން މަރުވެއްޖެ
07 އެޕްރީލު 2023

ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

07 އެޕްރީލު 2023
ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!
24 ޖޫން 2022

މިއީ ދެކެމުންއައި ވަރަށް ބޮޑު ހުވަފެނެއް: ޝިޔާން

24 ޖޫން 2022
މިއީ ދެކެމުންއައި ވަރަށް ބޮޑު ހުވަފެނެއް: ޝިޔާން
17 ޖޫން 2022

ސްޓޭންޑާޑް ޓޯނަމެންޓްގައި ރާއްޖޭގެ މުޖާހިދު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

17 ޖޫން 2022
ސްޓޭންޑާޑް ޓޯނަމެންޓްގައި ރާއްޖޭގެ މުޖާހިދު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި
17 ޖޫން 2022

ރެޕިޑް ރައުންޑުގައި އިންޑިއާއަށް ބޮޑު ކާމިޔާބެއް

17 ޖޫން 2022
ރެޕިޑް ރައުންޑުގައި އިންޑިއާއަށް ބޮޑު ކާމިޔާބެއް
16 ޖޫން 2022

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތް ފަށައިފި

16 ޖޫން 2022
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތް ފަށައިފި
15 ޖޫން 2022

ޗެސް މުބާރާތުގައި ބައިވެރިވާ ދިވެހި ކުޅުންތެރިންނާ ރައީސް ބައްދަލުކުރައްވައިފި

15 ޖޫން 2022
ޗެސް މުބާރާތުގައި ބައިވެރިވާ ދިވެހި ކުޅުންތެރިންނާ ރައީސް ބައްދަލުކުރައްވައިފި
15 ޖޫން 2022

ޗެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކެއް ރާއްޖެއަތުވެއްޖެ

15 ޖޫން 2022
ޗެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކެއް ރާއްޖެއަތުވެއްޖެ
14 ޖޫން 2022

މުބާރާތް ކުރިއަށްގެންދިއުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު: ޝިޔާން

14 ޖޫން 2022
މުބާރާތް ކުރިއަށްގެންދިއުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު: ޝިޔާން
14 ޖޫން 2022

ޗެސް މުބާރާތުގައި ބައިވެރިވުމަށް ކުޅުންތެރިން ރާއްޖެއަންނަން ފަށައިފި

14 ޖޫން 2022
ޗެސް މުބާރާތުގައި ބައިވެރިވުމަށް ކުޅުންތެރިން ރާއްޖެއަންނަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު