Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުޢިއްޒުގެ ސަރުކާރު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ކޮންމެ ކަމެއްގައި ވެސް އަތަށް ގޮވާ މި ސަރުކާރުގެ އަތަށް، މިފަހަރު ވެސް ހެޔޮވަރުގެ ގޮވުމެއް ގޮވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 06:14
ސަރުކާރުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

މި ސަރުކާރުގެ މިސްރާބު ގޯސްވެފައިވާކަމީ، މުޅި ދިވެހި ޤައުމު ދަންނާނެ ކަމެކެވެ. އެތައް ވަޢުދުތަކާއި، ހުވަފެންތަކެއް ދެއްކުމަށްފަހު ވެރިކަމަށް އައި ސަރުކާރުން، ރައްޔިތުން މާޔޫސްކޮށްލައިފި އެވެ. ރައްޔިތުންނަށް އޮޅުވާލައިފި އެވެ. ޤާނޫނީ ވެރިކަމެއްގެ ސިފަ އިން ނެއްޓި، ސަރުކާރު މި ދަނީ މުޅިން އެހެން މިސްރާބެއްގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ސަރުކާރު ދަތުރު ކުރަމުން ދަނީ ރިޔާ ކެނޑިފައި އޮތް ބޮއްކުރަލެއް ދުވާާ ޢުސޫލުންނެވެ.

ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އިން ދަނީ ކެމްޕެއިންގެ ޙަރަކާތްތައް ހިންގަމުންނެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޔަތުގަ އެވެ. އޭގެ ދަތުރެއްގެ ތެރެއިން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގެ ސަބަބުން، ސަރުކާރަށް ހީވީ ހަތަރު އަދަރެސް ފެނު ޖެހުނުހެންނެވެ.

މ.އަތޮޅު ރަތްމަންދޫގައި ހުންނަވާ ޝާހިދު ހިއްސާ ކުރެއްވި ވީޑިއޯގައި ވިދާޅުވަނީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި، މި ސަރުކާރުން ވަނީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި ކަމަށެވެ. އެގޮތުން ރަތްމަންދޫގައި ހިނގަމުން އައި މަޝްރޫއުތައް ވެސް ހުއްޓާލާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު، ފެންނަން އޮތީ އެ މަންޒަރެވެ. އެމްޑީޕީގެ ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިއްޖެ އެވެ. ކުރިއަކަށް ނުދެ އެވެ. އެކަމާ ގުޅިގެން ރައީސް ވެސް ވިދާޅުވީ، މަޝްރޫއުތައް އަލުން ފެށޭނީ މަޖިލިސް އިންތިޚާބަށް ފަހު ކަމަށެވެ. އަދި އެ މަޝްރޫއުތައް ފެށުމަށްޓަކައި، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ވެސް ބޭނުންވާ ކަމަށް ވިދާޅުވީ ވެސް ރައީސް ނޫންތޯ އެވެ؟

ޝާހިދުގެ ޓުވީޓާއެކު މުޅި ސަރުކާރުގެ "ފަޔަށް ހިނި" އެރި އެވެ. ސަރުކާރުގެ ވަޒީރުން ޓުވިޓާގައި ޝާހިދަށް ރައްދު ދެއްވަން ފެއްޓެވި އެވެ. މުޅި ސަރުކާރު ކުޅެން ފެށީ ޑިފެންސް އަށެވެ. އެހެން ނަމަވެސް، އޭގެން ގޮވީ އަތަށެވެ. ޝާހިދުގެ އެންމެ ޓުވީޓެއްގެ ދަށުވެ، ސަރުކާރު ހީވަނީ މަރުފަލިޖަހާ ހެންނެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލް އާއި، ކޮންސްޓްރަކްޝަން މިނިސްޓަރުޑޮކްޓަރު ޢަބްދުﷲމުއްތަލިބު އާއި އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު އާއި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އާއި، ހޯމް މިނިސްޓަރު އަލީ އިޙުސާން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު މަރިޔަމް މާރިޔާ ވެސް ޓުވީޓު ކުރެއްވި އެވެ. ޝާހިދަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އޭގެ އިތުރުން ސަރުކާރުން ވަރުވަރުން ލައްވާފައި ތިބި އެމްޑީންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނައިބު ވަޒީރުން އަދި ކޯޑިނޭޓަރުން ވެސް އުޅުއްވީ ޓުވީޓު ކުރެއްވުމަގަ އެވެ. އެކަމަކު، އެކަމުގެ ސަބަބުން ސަރުކާރަށް ލިބުނީ އިތުރު ބޮލު ރިހުމެއްކަން ސޯޝަލް މީޑިއާގައި އާންމުން ދެއްކި ވާހަކަތަކުން ސާފުވި އެވެ. ކޮންމެ ކަމެއްގައި ވެސް އަތަށް ގޮވާ މި ސަރުކާރުގެ އަތަށް، މިފަހަރު ވެސް ހެޔޮވަރުގެ ގޮވުމެއް ގޮވައިފި އެވެ.

ދަންނަވަންތޯ އެވެ! ލޮބުވެތި ވަޒީރުންނޭވެ! ދެން ވެސް ސަރުކާރުގައި ތިބި ސިޔާސީ މީހުންނޭވެ! އެހެން މީހުންނާ ދިމާލަށް ހެއްދެވި ނުހެއްދެވި އަށް ގޮވުމުގެ ބަދަލުގައި، އަމިއްލަ ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުން ކިހިނެއްވާނެތޯ އެވެ؟ އަމިއްލަ ޕާޓީގެ ވައުދުތަކާއި، ސިޔާސަތުތައް ވިއްކުން މާބުއްދިވެރި ނޫންތޯ އެވެ؟

އަދި ވެސް ތިޔަ އުޅުއްވަނީ ތަސައްރަފު ނުފުރޭ މީހުން އުޅޭ ހެންނެވެ. ކަންކަމުގައި ބޮޑާ ނުހާކާށެވެ. އިދިިކޮޅު ޕާޓީގެ މީހަކު ދެތިން އެއްޗެއް ބުނެލާއިރަށް، ތިޔަވަރަށް ޑިފެންސް އަށް ކުޅެނީ ސަރުކާރު ހާދަ ބަލިކަށިވީމަތާ އެވެ!

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕީއެމް-ޕީއެންސީމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު