Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި ޣައްޒާގެ 35 އިންސައްތަ އިމާރާތްތައް ވަނީ ހަލާކުވެފައި: އދ

ޔޫނޯސެޓް އިން ބުނީ މިހަނގުރަމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޚާން ޔޫނިސް އާއި ޣައްޒާގެ ގަވަރުނަރޭޓްގެ އިމާރާތްތަކަށް ކަމަށެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 22 މާރިޗު 2024 | ހުކުރު 12:26
އެންމެ ބޮޑަށް ހަލާކުވެފައިވަނީ ޚާންޔޫނިސްގެ އިމާރާތްތައް

އެންމެ ބޮޑަށް ހަލާކުވެފައިވަނީ ޚާންޔޫނިސްގެ އިމާރާތްތައް

ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި ޣައްޒާގެ 35 އިންސައްތަ އިމާރާތްތައް ވަނީ ހަލާކުވެފައި ކަމަށް އދ. އިން ބުނެފިއެވެ.

އދ.ގެ ސެޓެލައިޓް ސެންޓަރުން އެނަލައިޒްކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ވަށާލާފައިވާ އެންކްލޭވްއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އިމާރާތްތަކުގެ 35 އިންސައްތަ ވަނީ ހަލާކުވެފައެވެ.

އދގެ ސެޓެލައިޓް ސެންޓަރު، ޔޫނޯސެޓްގެ އެސެސްމަންޓުގައި ވަނީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ނެގި ހައި ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށް، އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިންނާއި ފަހުން ނަގާފައިވާ ފޮޓޯތަކާ އަޅާކިޔާފައެވެ. އެގޮތުން ޣައްޒާގެ ހުރިހާ އިމާރާތެއްގެ 35 އިންސައްތަ ނުވަތަ 88،868 އިމާރާތްތަކަށް ގެއްލުން ނުވަތަ ހަލާކުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން 31،198 އިމާރާތެއް ހަލާކުވެފައިވާ އިރު، 16،908 އިމާރާތަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަންތަން ކަމަށާއި 40،762 އިމާރާތަކީ އާދައިގެ ގެއްލުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ނެގި ފޮޓޯތަކަށް ބިނާކޮށް މީގެ ކުރިން ހެދި އެސެސްމަންޓާ އަޅާބަލާއިރު ގާތްގަނޑަކަށް 20،000 އެއްހާ ހަލާކުވެފައިވާ އިމާރާތްތައް އިތުރުވެފައިވާ ކަމަށް ޔޫނޯސެޓް އިން ބުންޏެވެ.

ޔޫނޯސެޓް އިން ބުނީ މިހަނގުރަމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޚާން ޔޫނިސް އާއި ޣައްޒާގެ ގަވަރުނަރޭޓްގެ އިމާރާތްތަކަށް ކަމަށެވެ.  

ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދިން ހަމަލާގައި އިސްރާއީލުގެ 1،200 އެއްހާ މީހުން ޝަހީދުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދީފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި އިސްރާއީލުގެ 1200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 32،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ގެއްލި، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްފަރުވާއަށް ޖެހިފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ތެލްއަވީވްގެ އަސްކަރިއްޔާއިން ގަތުލުއާންމުގެ އަމަލުތައް ނުކުރުމަށާއި ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.

ޣައްޒާއެކުވެރި ދައުލަތްތައް (އ.ދ.)ފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު