Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށީ އެއަރޕޯޓްގެ މަސައްކަތް

40 އަހަރުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރެވުނު އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫޢު - އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުން

މިމަޝްރޫޢުގެ ދަށުން ރ. އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ސެޕްޓެމްބަރު 2021 | ބުދަ 13:43
އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުން

އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުން

ކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚުގައި ހަވާލުކުރެވުނު އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫޢުގައި އެމްޓީސީސީން ސޮއިކޮށްފިއެވެ.

މިއީ ރ. އަލިފުށީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބުދަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މިމަޝްރޫޢުގެ ދަށުން ރ. އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ މިކުންފުންޏާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރެވިގެންދާނެއެވެ.

މިއީ 451.61 މިލިއަން ރުފިޔާ ގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެތެރޭގައެވެ.

މި މަޝްރޫޢަކީ އަގުގެ ގޮތުންނާއި، މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރެއްވި އެންމެ ބޮޑު މަޝްރޫޢެވެ. އެގޮތުން ސަރުކާރުން މިކުންފުންޏަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމާއި ކުރައްވާ އިތުބާރު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި, މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމަށާއި, މިނިސްޓަރ އޮފް ފައިނޭންސް އަލްފާޟިލް އިބްރާހީމް އަމީރަށް އެމްޓީސީސީން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމްޓީސީސީން ކުރަމުންގެންދާ މަސައްކަތް ދެގޮތެއްނުވެ, ހަލުވިކަމާއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބިން ހިއްކައިގެން އެމްޓީސީސީން ތަރައްގީ ކުރާ މިއީ 3 ވަނަ އެއަރޕޯޓެވެ. މީގެ ކުރިން ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެއަރޕޯޓެއް ތައްޔާރުކޮށްފައިވާ އިރު، ގދ. ފަރެސްމާތޮޑާ އެއަރޕޯޓުވެސް (ފަޅުރައްތައް ހިމެނޭގޮތަށް) ބިން ހިއްކައިގެން އަންނަނީ ތަރައްގީ ކުރަމުންނެވެ.

އަލިފުށިއަލިފުށީ ދާއިރާގެ މެންބަރު ބިގޭއެމްޓީސީސީމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީޕްލޭނިން މިނިސްޓްރީމިނިސްޓްރީ އޮފް ހައުސިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު