Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް، ޔޫއޭއީގެ ރައީސްއާ މަޝްވަރާ ކުރައްވައިފި

ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން، ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ވިދާޅުވެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2025 | ބުދަ 05:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް، ޔުނައިޓެޑު އަަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދު، މިދިޔަ އަހަރުގެ ތެރޭގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް، ޔުނައިޓެޑު އަަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދު، މިދިޔަ އަހަރުގެ ތެރޭގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔުނައިޓެޑު އަަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދުއާ މަޝްވަރާ ކުރައްވައިފި އެވެ.

އެމިރޭޓްސް ނިއުސް އޭޖެންސީ (ވާމް) އިން ވަނީ އެކަން ރިޕޯޓުކޮށްފަ އެވެ. 

ފޯނު މެދުވެރިކޮށް ދެ ރައީސުން މަޝްވަރާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، އެމެރިކާ އާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހި ކުރުމާއި، މި ފަހުން ޔޫއޭއީގެ ޤައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު. ޝައިޙް ތަޙްނޫން ބިން ޒާޔިދު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައި އެވެ. 

މި ދަތުރުފުޅުގައި، ޔޫއޭއީ އިން ވަނީ އެމެރިކާގައި 10 އަހަރުގެ މުއްދަތަށް 1.4 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް އެއްބަސްވެފައިވެ އެވެ.

މި އިންވެސްޓްމަންޓް އަމާޒު ކުރެވިފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް އިންފްރާސްޓްރަކްޗަރ، ސެމިކޮންޑަކްޓަރސް، ހަކަތަ އަދި އެމެރިކާގެ މެނުފެކްޗަރިންގެ ދާއިރާ އަށެވެ.

ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން، ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ވިދާޅުވެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައި އެވެ.

އަދި ދެ ދައުލަތުގެ ޙައްލަކީ ސަރަހައްދުގައި ދެމެހެއްޓެނިވި، އަދި އަދުލުވެރި ސުލްހައެއް ގާއިމު ކުރުމަށް މުހިންމު ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު