Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މެޖޯރިޓީ

މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މިނިވަންކަން ގެއްލި އަނިޔާވެރިކަން އިސްކުރާނެ - ފައްޔާޒް

21 މާރިޗު 2024 | ބުރާސްފަތި 08:37

ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ޖާގަ ނުދެވޭނެ ކަމަށާއި އަނިޔާވެރިކަމަށް އަލުން ފުރުސަތު ނުދޭނެ ކަމަށް ފައްޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 މާރިޗު 2024 | ބުރާސްފަތި 08:37
މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގެ ތެރެއިން

މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގެ ތެރެއިން

މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މިނިވަންކަން ގެއްލި އަނިޔާވެރިކަން އިސްކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސެއިން ބުދަ ދުވަހުގެރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން، މިހާރުގެ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ އަނިޔާވެރިވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެ ކުރިން ވެސް މި ސަރުކާރުން އެމްޑީޕީގެ އަނގަ ބަންދުކުރަން މަސައްކަތް ކުރި ކަމަށާއި އެކަން ނުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއްޔާ ހީ ނުކުރާ ވަރަށް ސަރުކާރުގެ އަނިޔާވެރިކަން ފެނިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ދަނީ ދޮގު މައްޗަށް ދޮގު ހަދަމުންކަން ފާހަގަކުރައްވާ ފައްޔާޒް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ސަރުކާރަށް ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ކަަމަށް ކޮންމެވެސް ވަރަކަށް ކުރިން އުންމީދު ކުރެއްވި ނަމަވެސް، ސަރުކާރުން ހަދަމުންދާ ދޮގުތައް ހާމަވުމުން، މިހާރު މި ސަރުކާރަށް ހެޔޮ ވެރިކަމެއް ކޮށްދެވިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ޖާގަ ނުދެވޭނެ ކަމަށާއި އަނިޔާވެރިކަމަށް އަލުން ފުރުސަތު ނުދޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ މި ސަރުކާރުން ގޯތި ދޭނެ ކަމަށް ބުނެ ދޮގު ހަދަމުންދާ ކަމަށާއި ގޯތި ދޭނެ ނަމަ ގޯތީގެ މައްސަލަ ބަލަން ކޮމިޓީ އެއް އެކުލަވާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީ ސަރުކާރުން ގޯތި ދިންތަނަކުން ދިން މިންވަރަކަށް އާއްމުންނާއި އެތަންތަން ހަވާލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައިވާތީ، އެ ވައުދު ފުއްދަވަން ޖެހިވަޑައިގަންނަވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ފައްޔާޒް ވަނީ ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރަން ޖެހޭ ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން އެތަންތަން ހިފަހައްޓާތީ އެކަމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
28 ފެބުރުއަރީ 2025

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
03 ފެބުރުއަރީ 2025

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު
01 ފެބުރުއަރީ 2025

އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް

01 ފެބުރުއަރީ 2025
އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް
31 ޖެނުއަރީ 2025

މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް

31 ޖެނުއަރީ 2025
މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް
28 ޖެނުއަރީ 2025

ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖެނުއަރީ 2025
ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
11 ޑިސެމްބަރު 2024

ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ސާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ

11 ޑިސެމްބަރު 2024
ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ސާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް