Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިން އެސްކްޕްލޮއިޓް ކުރުން

ކުޑަކުދިން އެސްކްޕްލޮއިޓް ކުރުމުގެ ކުށުގެ މައްސަލަތައް ބަލައި ދައުވާކުރާނެ ގޮތާބެހޭ އިރުޝާދެއް ޕީޖީ އޮފީހުން ނެރެފި

ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް، ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 07:50
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ހުސައިން ޝަމީމް

ކުޑަކުދިން އެސްކްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ބަލައި ދައުވާކުރާނެ ގޮތާބެހޭ އިރުޝާދެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނެރެފިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދެއް ނެރުއްވާފައިވަނީ 21 މާރޗު 2023 ގައެވެ.  

Advertisement - newsAdvertisement

މިއިރުޝާދަކީ، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮތް މަސްއޫލިއްޔަތުގެ ދަށުން ނެރެފައިވާ އިރުޝާދެކެވެ.

ޕީޖީ އޮފީހުން ބުނީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާ (ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް) ގައި، ތަފާތު އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް، ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުން އިރުޝާދެއް ނެރެފައިވަނީ މިބާވަތުގެ ކުށްތަކަކީ، އެކުށްތައް ތަޙްޤީޤުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށަކަށްވާތީއާއި، މިކަމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ.

އަދި މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަޙްޤީޤުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުޞޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެއެވެ.

ތުއްތު ކުދިންޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު