Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާސީ އައު އަހަރު

ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު

ދިރާސީ އައު އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 06:54
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު

ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތް ކުރުމަށް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މަޖިލީހުގައި އަންގާރަ ދުވަހު މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ދިރާސީ އައު އަހަރު ވަކި ގޮތަކަށް އަތުރާ ތާވަލްކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގާ މުޅި ނިޒާމް އެގޮތަށް ތަރުތީބުކޮށް ތަންޒީމްވެފައިވާ ކަމަށާއި އިމްތިހާންތައް ވެސް އެގޮތަށް އެކުލަވާލާފައިވާ ކަމަށެވެ. އެކަން އެހެން އޮއްވާ ކުއްލިއަކަށް ކުރުގަޅުވާލާފައި، މަދު ހަފްތާކޮޅެއްގެ ތެރޭގައި އެތައް ހާސް ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އައިސްދާނެ ނޭދެވޭ ބަދަލަކަށް ބެލުމެއް ނެތި ކުއްލި ކުއްލިއަށް ދިރާސީ ކަލަންޑަރާއި ކުޅުއްވަނީ ކީއްވެގެންތޯ ހަސަން ލަތީފް ވަނީ ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

ދިރާސީ އަހަރު ބަދަލުކުރީ ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީގައި ހަދާފައި ހުރި ދިރާސާތަކަށް ބަލާއިރު ޓީޗަރުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ވެސް ބޭނުން ވަނީ ކުރިން އޮތް ގޮތަށް ދިރާސީ އަހަރު އަހަރުގެ ކުރީކޮޅު ފަށަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ނިޒާމާއި ދިރާސީ އައު އަހަރާއި ނުގުޅުމުން ވެސް ދަތިތަކެއް ދިމާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިރާސީ އަހަރު އަހަރުގެ މެދުތެރެއިން ފެށުމުން ދަރިވަރުންނަށް ގެއްލުންވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތަކަށް ފަހު ދިރާސީ އަހަރަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.

ގިނަ ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ވަނީ ދިރާސީ އަހަރު ކުރިން އޮތް ގޮތަށް އިއާދަކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މިސަރުކާރުން ދިރާސީ އައު އަހަރު ބަދަލުކުރުމުން ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައިވެއެވެެ. ދިރާސީ އައު އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު