Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ ޗުއްޓީގައި، ސްވިޑްން މެޗު ނުކުޅޭނެ

18 މާރިޗު 2024 | ހޯމަ 23:59

ސައޫދީން ވަނީ އޭނާ ޗުއްޓީ ހޭދަކުރާ މަންޒަރުތައް އިސްތިހާރު ކުރަން ފަށާފައި

ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 23:59
ޕޯޗުގަލްގެ ފަރިތަކުރުމުގައި ރޮނާލްޑޯ

ޕޯޗުގަލްގެ ފަރިތަކުރުމުގައި ރޮނާލްޑޯ

ސައޫދީ އަރަބިއާގައި ޗުއްޓީ ހޭދަކުރުމަށްޓަކައި ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލް އާއި ސްވިޑްން ކުޅޭ އެކުވެރިކަމުގެ މެޗު ނުކުޅެ ދޫކޮށްލަން ނިންމައިިފި އެވެ.

މިކަން ޕޯޗުގަލް ކޯޗު ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މއަދި ސައުދީ އަރަބިާގެ އައް ނަސްރަށް ކުޅޭ ކުޅުންތެރިޔާ އާއިލާއާއެކު ސައޫދީގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރާ މަންޒަރު އެ ގައުމުން ވަނީ އިސްތިހާރު ކުރަން ފަށައިފަ އެވެ. ރޮނާލްޑޯ އަކީ ސައޫދީ ފަތުރުވެރިކަމުގެ އެމްބެސެޑަރެއްވެސްމެ އެވެ.

އުމުރުން 38 އަހަރުގެ ފޯވަޑް މި މެޗުގައި ނުކުޅުނު ނަމަވެސް ޕޯޗުގަލް މާޗު 26 ވަނަ ދުވަހު ސްލޮވީނިއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ސްވިޑްން މެޗުގައި ނުކުޅެން ނިންމި ހަމައެކަނި ޕޯޗުގަލް ކުޅުންތެރިޔާއެއްނޫނެވެ. އޭނާގެ އިތުރުން ބާސެލޯނާގެ ޕޯޗުގަލް ދެ ކުޅުންތެރިން ކަމަށްވާ ޔާއޯ ފެލިކްސް އާއި ޔާއޯ ކަންސެލޯ އަދި ޑިއެގޯ ޑަލޮޓް އާއި ޑެނީލޯ ޕެރޭރާ އާއި އޮޓާވިއޯ އަދި ރުބެން ނެވޭސް އާއި ވިޓީނިއާ ވެސް މި މެޗުގައި ނުކުޅޭނެ އެވެ.

މި ކުޅުންތެރިން މި މެޗުގައި ނުކުޅެން ނިންމީ ކޮންމެވެސް ވަރެއްގެ ހާނިއްކައެއްގައި އުޅޭތީވެ މި ދުވަސްވަރަކީ ސީޒަން ނިމޭ ދުވަސްވަރުކަމުން އެ ކުޅުންތެރިންގެ ކުލަބަށް ވެސް ކުޅުންތެރިން މުހިންމުވާތީ އެވެ. އަދި ހާނިއްކާގައި ތިބެ ރިސްކެއް ނަގައިގެން އަންނަ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭވަރުގެ އަނިޔާއެއްވެދާނެތީ އެވެ.

މި ހަފުތާގައި ގައުމީ ޓީމުތައް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅެވޭގޮތް ނުވެފަ އެވެ. އެއީ ވެސް އަނިޔާގެ ސަބަބުންނެވެ. މީގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި މިސުރުގެ ކެޕްޓަން މުހައްމަދު ސަލާހާއި އިނގިރޭސި ކެޕްޓަން ހެރީކޭން ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
23 ޑިސެމްބަރު 2024

ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް

23 ޑިސެމްބަރު 2024
ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް
22 ޑިސެމްބަރު 2024

ރޮނާލްޑޯ އިސްލާމް ދީން ގަބޫލުކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި

22 ޑިސެމްބަރު 2024
ރޮނާލްޑޯ އިސްލާމް ދީން ގަބޫލުކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި
30 އޮކްޓޯބަރު 2024

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބުވެ، އަލް ނަޞްރު ކަޓައިފި

30 އޮކްޓޯބަރު 2024
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބުވެ، އަލް ނަޞްރު ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް