Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް އުފައްދަވައިފި

އެ ތަނަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާބެހޭ ޤައުމީ އިދާރާ"

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 މާރިޗު 2024 | ހޯމަ 14:11
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ އިދާރާ އުފައްދާފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ ތަނަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާބެހޭ ޤައުމީ އިދާރާ"އެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވި މަގުސަދުތަކުގެ ތެރޭގައި؛ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތް ކުރުމަކީވެސް މި އިދާރާ އުފެއްދުމުގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
16 ޖުލައި 2025

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު
16 ޖުލައި 2025

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް
21 ޑިސެމްބަރު 2024

ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

21 ޑިސެމްބަރު 2024
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ
24 ނޮވެމްބަރު 2024

ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި

24 ނޮވެމްބަރު 2024
ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި
19 ނޮވެމްބަރު 2024

ޤާނޫނަށް ގެންނަ ކޮންމެ އިޞްލާޙަކީ އިޞްލާހެއް ނޫނެވެ

19 ނޮވެމްބަރު 2024
ޤާނޫނަށް ގެންނަ ކޮންމެ އިޞްލާޙަކީ އިޞްލާހެއް ނޫނެވެ
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
01 ނޮވެމްބަރު 2024

248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި ކަމަށް ބުނެފި، ވަކި ކުރީ ކޮން ބައެއް ކަމެއް ނުބުނޭ

01 ނޮވެމްބަރު 2024
248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި ކަމަށް ބުނެފި، ވަކި ކުރީ ކޮން ބައެއް ކަމެއް ނުބުނޭ
23 އޮކްޓޯބަރު 2024

ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް އިސްތިއުފާ ދޭން އަންގަމުން އެބަދޭ

23 އޮކްޓޯބަރު 2024
ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް އިސްތިއުފާ ދޭން އަންގަމުން އެބަދޭ
13 އޮކްޓޯބަރު 2024

"މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ނުފަށާ، ރައްޔިތުން އެދުނު ކަންކަން އަދި ނުވޭ"

13 އޮކްޓޯބަރު 2024
"މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ނުފަށާ، ރައްޔިތުން އެދުނު ކަންކަން އަދި ނުވޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު