Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ފާޑުކިޔުން ސަރުކާރަށް

ވިސްނުމާ ފިކުރިއްޔާތުގެ ގޮތުން މިހާ ފަހަތަށް ދުވަހަކު ވެސް ދިވެހިން ނުދޭ، ފެންނަނީ މުއިއްޒުގެ ޚުދުމުހުތާރު ސިފަ - ރައީސް ޔާމީން

26 ޑިސެމްބަރު 2024 | ބުރާސްފަތި 18:32

ތަޖުރިބާ ހުރި މީހުންގެ ބަސް ނުހޯދާ ރައީސް މުއިއްޒު އަށް ވިސްނިވަޑައިގަންނަވާ ގޮތަށް އެކަނި ކަންކަން ކުރުމަކީ ޤައުމުގެ ކަންކަން ގޯސްކޮށް ދާ އެއް ސަބަބު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޑިސެމްބަރު 2024 | ބުރާސްފަތި 18:32
 ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވިސްނުމާ ފިކުރިއްޔާތުގެ ގޮތުން މިހާ ފަހަތަށް ދުވަހަކު ވެސް ދިވެހިން ނުދާ ކަމަށާއި، ހުރިހާ ކަމަކުންވެސް ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސިފަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުންނާއި އަދި މިނިވަން މުއައްސަސާތަކާއި އިދާރާތަކާއި މެދު ޢަމަލުކުރާ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސިފަ ފެނި ހާމަވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަޒީރުންނާއި އިދާރާތައް އަދި މިނިވަން މުއައްސަސާތަކަކީ ޤާނޫނުއަސާސީން ވަކި ޒިންމާތަކެއް އޮތް ބަޔަކަށް ވީ ނަމަވެސް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ހުރިހާ ކަމެއްގައި އެ މަނިކުފާނު ބޭނުންވާ ގޮތަށް ކަންކަން ނިންމަން ކަމަށާއި އެއީ ޚުދުމުހުތާރު ވެރިއެއްގެ ސިފަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ މީހުންނަށް ފަހު ބަސް ބުނާނީ ރައީސް ކަމަށް މުއިއްޒު ވިދާޅުވުމުން އެއީ މޮޅު ވާހަކަ އެއް ކަމަށް ހީކޮށް ވަޒީރުން ވެސް އެ ވާހަކަ އަށް ތާއީދުކޮށް އަތްތިލަބަޑިޖަހާ ކަމަށާއި އެއީ ދެރަވަރުކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ވެރިކަން ކުރައްވަން ވާނީ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށާއި ޤާނޫނުއަސާސީގެ ރޫހަކީ އެއީ ކަމަށެވެ. ކެބިނެޓެއް އޮތުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށާއި ކެބިނެޓަކީ ރައީސަށް ލަފާ އަރުވާ ތަނެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ވުޒާރާތަކާއި އިދާރާތަކަށް ލާ މީހުންނަކީ ފަހު ބަސް އެ މަނިކުފާނަށް ބުނެވޭނެ ފަދަ މީހުން ކަމަށް ރައީސް ހާމަކަން ބޮޑުކޮށް ވިދާޅުވުމަކީ އެއްވެސް ސިފައެއްގައި މޮޅުކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއްވެސް ދިމާލަކަށް ހަމަޖެހުމެއް ގެނެސް ނުދެވި ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށާއި ޤައުމު ރަނގަޅަށް ނުހިންގޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ ހަރުކަށިކަމާއި ގޮތް ދޫ ނުކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ކަންކަމުގައި ތަޖުރިބާ ހުރި މީހުންގެ ބަސް ނުހޯދާ ރައީސް މުއިއްޒު އަށް ވިސްނިވަޑައިގަންނަވާ ގޮތަށް އެކަނި ކަންކަން ކުރުމަކީ ޤައުމުގެ ކަންކަން ގޯސްކޮށް ދާ އެއް ސަބަބު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް