Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރިޔާސީ އިންތިޚާބު

ރަޝިއާގެ ސޯވިއެޓަށް ފަހު، ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އަޣުލަބިއްޔަތާއެކު ރަޝިއާގެ އިންތިޚާބު ޕޫޓިން ކާމިޔާބުކުރައްވައިފި

ރަޝިއާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަކީ ގާނޫނާ ހިލާފު ކާމިޔާބީއެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 18 މާރިޗު 2024 | ހޯމަ 04:44
ރަޝިއާގެ ރައީސް ވްލަޑަމިއަރ ޕޫޓިން

ރަޝިއާގެ ރައީސް ވްލަޑަމިއަރ ޕޫޓިން

ރަޝިއާގެ ތާރީޚުގައި ވެސް ސޯވިއެޓަށްފަހު، ރަޝިއާގެ އިންތިޚާބެއްގައި މީހަކަށް ލިބުނު އެންމެބޮޑު އަޣުލަބިއްޔަތުން ރަޝިއާގެ ރިޔާސީ އިންތިޚާބު، ރަޝިއާގެ މިހާރުގެ ވެސް ރައީސް ވްލަޑަމިއަރ ޕޫޓިން ކާމިޔާބު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޕޫޓިން އަށް 87 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު، ޕޫޓިން މި އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

ޑިމޮކްރެޓިކް ސައްހަކަން ނެތް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީއެއްގައި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވެރިކަމުގެ ބާރު ގަދަ ކުރައްވައިފައިވާއިރު، އިންތިޚާބަށްފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕޫޓިން ވަނީ މި ނަތީޖާ އަކީ ހުޅަނގަށް ނުކިޔަމަންތެރިވެ، ޔޫކްރެއިނަށް އަރައިގަންނަން ނިންމެވި ނިންމެވުން ސައްޙަކަން ސާބިތުކޮށްދެއްވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު އެންމެ ފަހުން ބޭއްވި އިންތިޚާބު ނިމުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެންމެން ވެސް އުންމީދުކުރި ނިމުން އިޝާރާތްކުރީ، ޕޫޓިންގެ ގާތްގަނޑަކަށް ކުއާޓާ ގަރުނުގެ ވެރިކަން އިތުރު ހަ އަހަރަށް ދިގުލައިގެން ދާނެކަމެވެ.

ރަޝިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި ޕޫޓިންއަށް ގާތްގަނޑަކަށް 87 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު، ގާތްގަނޑަކަށް 60 އިންސައްތަ ވޯޓްފޮށިތައް ވަނީ މިހާތަނަށް ގުނާފައެވެ. މި ނަތީޖާގެ މާނައަކީ އުމުރުން 71 އަހަރުފުޅުގެ ޕޫޓިން، ޖޯސެފް ސްޓާލިން ފަހަތަށް ޖައްސާލައި 200 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރަޝިއާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށް ވެވަޑައިގެންނެވުމެވެ.

ދެވަނައިގައި ކޮމިއުނިސްޓް ކެންޑިޑޭޓް ނިކޮލޭ ޚަރިޓޯނޯވް އަށް ލިބިފައިވަނީ އެންމެ 4 އިންސައްތައަށްވުރެ ވެސް ދަށް އަދަދެކެވެ.

ރަޝިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ގައުމުގައި ވޯޓުލާ މީހުންގެ ނިސްބަތަކީ 74.22 އިންސައްތަ ކަމަށެވެ.

ޕޫޓިންގެ ކާމިޔާބީއާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެމަނިކުފާނަށް ފާޑުކިޔާ މީހުން ގިނައިން ތިބީ ޖަލުގައި، ބޭރުގައި ނުވަތަ މަރުވެފައި ކަމަށް ވާއިރު، އޭނާގެ ލީޑާޝިޕަށް އާންމުންގެ ފާޑުކިއުންތައް ވަނީ ހުއްޓިފައެވެ. ރަޝިއާގެ ލީޑަރުގެ އެންމެ ބޮޑު ވާދަވެރިޔާ އެލެކްސީ ނަވަލްނީ އަވަހާރަވީ މިދިޔަ މަހު އާކްޓިކް ޖަލެއްގައެވެ.

ކޭޖީބީގެ ކުރީގެ ލެފްޓިނެންޓް ކާނަލްގެ ގޮތުގައި 1999 ވަނަ އަހަރު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވި ޕޫޓިންއަށް މި ނަތީޖާއަކީ ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން ހަނގުރާމައިގައި ވިޔަސް އަދި ސުލްހަވެރިކަމާއެކު ވިޔަސް، އެ ގައުމުގެ ލީޑަރުންނަށް ހިތްވަރު ލިބޭ ރަޝިއާއަކާ ކުރިމަތިލާން ޖެހޭނެކަން ހުޅަނގަށް އަންގައިދިނުމެވެ.

އެމެރިކާއިން ބުނީ އެ ވޯޓަކީ މިނިވަން އަދި އިންސާފުވެރި ވޯޓެއް ނޫން ކަމަށެވެ. ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ސިޔާސީ ވާދަވެރިން ޖަލަށްލައި، އޭނާއާ ދެކޮޅަށް އެހެން މީހުން ވާދަކުރުމަށް ޕޫޓިން ހުރަސް އެޅުއްވި ގޮތަށް ބަލާއިރު، އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫނެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވޯޓަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ފެންނަ ފަދަ ވޯޓެއް ނޫން ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ އެ އިންތިޚާބީ އޮޅުވާލުމަކީ އެއްވެސް ސައްހަކަމެއް ނެތް އޮޅުވާލުމެއް ކަމަށެވެ.

އަދި އެ އިންތިޚާބަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުން ކަމަށްވާ، ޔޫކްރެއިންއަށް 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ފުރިހަމަ ހަތިޔާރާއެކު އަރައިގަތްތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބޭއްވި އިންތިޚާބެކެވެ.

އާދީއްތަ ދުވަހުއެތައް ހާސް ބަޔަކު ޕޫޓިންއާ ދެކޮޅަށް މުޒާހަރާކުރި ނަމަވެސް، ރަޝިއާގެ 114 މިލިއަން މީހުންގެ ތެރެއިން ކިތައް މީހުން މުޒާހަރާގައި ބައިވެރިވިކަން މިނިވަން ކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނަވަލްނީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ރަޝިއާގެ ރައްޔިތުން "ޕޫޓިންއަށް ނޫނެކޭ" ބުނާ މުޒާހަރާއަށް ނުކުތުމަށް ގޮވާލާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕޫޓިން ވަނީ ނަވަލްނީ އަވަހާރަވި ފަހުން ފުރަތަމަ ފަހަރަށް ނަވަލްނީއަށް ނަމުން އިޝާރާތް ކުރައްވައި ހުޅަނގުގެ ގައުމުތަކުގައި ތިބި ގައިދީންގެ ބަދަލުގައި ނަވަލްނީ ދޫކޮށްލުމަށް ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވަގުތީ ރައީސަކަށް ޕޫޓިން އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރަޝިއާގެ ކުރީގެ ރައީސް ބޮރިސް ޔެލްޓްސިން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2000 ވަނަ އަހަރުގެ މާޗް މަހު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބާއި 2004 ވަނަ އަހަރު ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވިއެވެ.

ދެ ދައުރަކަށް ފަހު ޕޫޓިން 2008 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ބަދަލުވެވަޑައިގެންނެވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ޖެހިޖެހިގެން ދެ ދައުރަށް ވުރެ ގިނަ ދައުރެއް އަދާކުރުން ގާނޫނު އަސާސީން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމަށެވެ. ނަމަވެސް 2012 ވަނަ އަހަރު އެނބުރި ވެރިކަމަށް ވަޑައިގަތުމަށްފަހު 2018 ވަނަ އަހަރު ހަތަރު ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އެވެ.

ވްލަޑިމިއަރ ޕުޓިންރަޝިއާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު