Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ޑަމަކް ބަލިކޮށް، އަލް ޙިލާލް ކުރިއަށް

މޮޅާއެކު އަލް ޙިލާލުން ވަނީ އެއް ވަަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2024 | އާދީއްތަ 00:30
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި ޑަމަކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ޙިލާލުން މޮޅުވުމުގެ ސިލްސިލާގައި ކުރިއަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު އަލް ޙިލާލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ޙިލާލް އިންނެވެ. މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސައުދީ އަރަބިޔާގެ ސަލީމް އަލް ދައުސަރީ އެވެ. ނަމަވެސް އޭގެ ފަހުން، 85 ވަނަ މިނެޓުގައި ޑަމަކް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮމަގޮޖް އަންޓޮލިކް އެވެ. މެޗުން އަލް ޙިލާލް މޮޅުވީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެންނެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ މިކޭލް އެވެ.

މޮޅާއެކު އަލް ޙިލާލުން ވަނީ އެއް ވަަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ސީޒަންގެ ސައުދީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން އެ ޓީމަށް ލިބެނީ 68 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އަލް ނަޞްރަށް ލިބެނީ 56 ޕޮއިންޓެވެ. އަލް ޙިލާލް އަތުން ބަލިވި ޑަމަކް އޮތީ 34 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ.

ސައުދީ ޕްރޯ ލީގުއަލް ހިލާލް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު