Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަމުގެ ސިޔާސަތު

ހައުސިން ކޮމިޓީ އަށްލަފާ ދޭން ކައުންސިލުން ކޮމިޓީ އެއް އެކުލަވާލީ މިނިސްޓްރީން، މަޝްވަރާ އެއް ނުކުރޭ - އާޒިމް

ކައުންސިލާއި މަޝްވަރާ ނުކޮށް ކައުންސިލް ރަމްޒުކޮށްދިނުމަށް ނުވަތަ ރިޕްރެޒެންޓް ނުކުރެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 މާރިޗު 2024 | ހޮނިހިރު 14:36
ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވާހަކަދައްކަވަނީ

ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވާހަކަދައްކަވަނީ

ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި، ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީއަށް ލަފާ ދިނުމަށް، މާލެ ސިޓީ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އުފައްދާފައިވާ ކަމަށް ބުނި ނަމަވެސް އެކަން ކުރީ މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މަޝްވަރާކޮށްގެން ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައިބުނެފައި ވަނީ "ހައުސިން ކޮމިޓީ"ގެ މުހިއްމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާ ވެސް އެކަމަށް ހޯދާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުގެ މަތިން ފަސް ކައުންސިލަރުންގެ ކޮމިޓީއެއް، މިނިސްޓަރު ޑރ. އަލީ ހައިދަރު އެކުލަވާލައްވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ އެއީ ހައުސިން މިނިސްޓްރީ އިން އެކުލަވާލި ކޮމިޓީ އެއް ކަމަށާއި، އެއީ ކައުންސިލް ރަމްޒުކޮށްދޭ ކޮމިޓީ އެއް ކަަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ސިޓީ އެއް މިނިސްޓްރީ އަށް ފޮނުވުމާއި މެދު ވާހަކަދެކެވެމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މަޝްވަރާނުކޮށް، އަދި ކައުންސިލާއި މަޝްވަރާ ނުކޮށް ކައުންސިލް ރަމްޒުކޮށްދިނުމަށް ނުވަތަ ރިޕްރެޒެންޓް ނުކުރެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

- އަހުމަދު އައިފާން

- މަރިޔަމް ނާޒިމް މުހައްމަދު ފާއިޒް

- އާއިޝަތު ނިޒްލީ ރަޝީދު

- ހަސަން ނިޒާމް

- މުހައްމަދު އަރީޝް

ކައުންސިލަރުންގެ ފުރަތަމަ ބައްދަލުވުން އަންނަ އާދިއްތަ ދުވަހު ބާއްވާން އެ ކޮމިޓީގެ ސެކްރިއޭޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީން ކަމަށް ހައުންސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުުން ހައުސިން މިނިސްޓްރީއަށް ލަފާދޭން އުފެއްދި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

- އަނީސާ އަހްމަދު

- މަރިޔަމް ފިޒާނާ ރަޝީދު

- އަބްދުލްއަޒީޒް ޔޫސުފް

- އާމިނަތު އީނާސް

- އަހްމަދު އަލިމަނިކު

އޭސީސީން ވަނީ މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމާއި މެދު މައްސަލަ އެއް ބަލާފައެވެ. އަދި 59 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ވަނީ ބުނެފައެވެ. އެއަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާނެ ކަމަށް ފާހަގަކުރައްވާފައެވެ. މިހާރު ކުރިއަށް ދަނީ އެ ކޮމިޓީގެ މަސައްކަތެވެ.

އާދަމް ޢާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު