Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަޅުކަމުގައި ވަގުތު ހޭދަކުރުން

މިއީ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަންވީ މަސް - ބައެއް މީހުންނަށް ވަގުތު އިސްރާފު ކުރެވެނީ ކިހާވަރަކަށްބާ؟

ކާމިޔާބު މީހަކަށް ވާނީ ވަގުތު އިސްރާފުނުކޮށް، ކެތްތެރިކަން އިސްކޮށް، އަޅުކަމުގައި ޝާމިލުވާ މީހުން

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 16 މާރިޗު 2024 | ހޮނިހިރު 08:07
ކީރިތި ޤުރްއާން

ކީރިތި ޤުރްއާން

އަހަރެމެން މިހާރު ހޭދަކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. މިއީ އަޅުކަމުގައި ގިނަވަގުތު ހޭދަކުރުމަށް ޚާއްސަ ދުވަސްތަކެކެވެ. ޒިކުރުކުރުން ގިނަކުރުމާއި، ޤުރްއާން ކިޔެވުން އިތުރުކުރުމާއި، އަދި މިނޫންވެސް ރިވެތި އަޚުލާޤީ އެތައް ސިފައެއް އަށަގެންނެވުމަށް ގަދައަޅައި މަސައްކަތްކުރަންވީ ދުވަސްތަކެކެވެ. މި ދުވަސްތަކަކީ ބައެއް އާދަކާދަތައް ދޫކޮށްލަންވެސް ޖެހޭ ދުވަސްތަކެކެވެ. އެގޮތުން، ރުޅިވެރިކަމާއި، ނެތިމޮށުމާއި، އިސްރާފުކުރުން ފަދަ އެތަކެއް ނޭދެވޭ ޢަމަލުތަކަކުން ދުރުހެލިވާންޖެހެއެވެ. ރޯދަމަހަކީ ކެތްތެރިކަމުގެ މައްސަރަށް ވީހިނދު، އަހަރެމެން އެންމެން ކެތްތެރިކަމުގެ ސިފަ އިސްކުރަންވާނެއެވެ.

ރޯދަމަހާ ދިމާކޮށް އަދުގެ މުޖުތަމަޢުން އާއްމުކޮށް ފެންނަ އެންމެ ނޭދެވޭ ސިފައަކީ އިސްރާފުކުރުމުގެ ސިފައެވެ. 'އިސްރާފު' މި ބަހުގެ މާނަ ތަފާތު އެކި ގޮތްގޮތަށް ރޯދަމަހާ ދިމާކޮށް ސިފަކުރެވިދާނެއެވެ. ކާ ސުފުރާމަތި ރީތިކުރުމުގެ ނިޔަތުގައި ނުވާވަރަށް ކާއެއްޗެތި ތައްޔާރުކުރުމާއި، ބޭނުންކުރެވޭ ހާލަތުގައި ގޭތެރޭގެ ހިފާގެންގުޅޭ ތަކެތި ހުއްޓައި އާ ތަކެތި ގަތުމަކީވެސް ބައެއް މީހުންނަށް ކުރެވޭ އިސްރާފެވެ. އޭގެ ސަބަބުން ކުރިން ގޭގައި ހުރި ބޭނުންކުރެވޭ ތަކެތިވެސް އުކާލަނީއެވެ. އެހެން މަސްމަހާ ޚިލާފަށް ރޯދަމަހު ކުނިބުނި ގިނަވަނީވެސް އެހެންވެއެވެ. ބައެއް މީހުންގެ ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫވެގެން ދެއެވެ. މަގުމައްޗަށާއި ގޭގޭގެ ގޯޅިތަކަށް ވެސް ކުނިބުނި އުކާލާފައި ހުންނަނީ އެއެއް މިއެއް ނުބަލައެވެ. މިކަމުގެ ސަބަބުން ދިމާވާ އަނެއް ކަމަކީ ތިމާގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ކުރިމަތިލުމެވެ.

އިސްރާފުގެ ވާހަކަ ދައްކާއިރު، އަހަރެމެން މި ހޭދަކުރާ ދުވަސްތަކުގައި ވަގުތުގެ ބޭނުން ހިފެނީ ކިހާވަރަކަށްތޯއެވެ؟ މިއީ އަމިއްލަ ނަފުސާ ކޮށްލަން ރަނގަޅު ސުވާލެކެވެ. ރޯދަމަހަކީ ވަކިން ޚާއްސަ އިސްކަމެއް ދީގެން ގިނަ ވަގުތު އަޅުކަމަށް ހޭދަކުރަންޖެހޭ މަހަކަށް ވީހިނދު، އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް މި އަގުހުރި ވަގުތުތައް އިސްރާފު ކުރެވޭތޯއެވެ؟

ބައެއް މީހުންނަކީ އެއްވެސް ކަމަކާނުލައި މުޅި ދުވާލު ހަތަރުދަމު ނިދާ މީހުންނެވެ. ރޯދަ ވަރުބަލިކަން އިހުސާސް ނުކުރުމަށްޓަކައި ހެނދުނު ނިދާގޮތަށް ހޭލަނީ ރޯދަވީއްލަން ކައިރިވުމުންނެވެ. މުޅި ދުވާލު އެއްކޮށް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާ އަދި ޒިކުރުކުރާނެހާ ވަގުތު އޮއްވައި މިފަދަ ގޮތަކަށް ނިދީގައި ވަގުތު އިސްރާފުކޮށްލާ މީހުންވެސް އުޅެއެވެ.

އަދި ހަމައެއާއެކު ދުވާލުގެ ވަގުތުތައް ކުޅިވަރުގައި ހޭދަކުރާ މީހުންވެސް އުޅެއެވެ. ތާސް ކުޅުމާއި، ކެރަމް ކުޅުމާއި، ބޭކާރު ވާހަކަ ދެއްކުމާއި، މިފަދަ ހުރިހާ ކަމަކީވެސް ދުވަހުގެ އަގުހުރި އެތަކެއް ވަގުތުތަކަކުން ބޭކާރުގޮތުގައި ނަގައިލެވޭ ވަގުތުތަކެކެވެ. އެއްވެސް ހާލަތެއްގައި ނުކުޅޭށެކޭ ނޫނެވެ. މުނިފޫހިފިލުވުމަށް އާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއެކު ވެސް ރޯދަ ކުރުކުރުމަށް ކުޅިވަރު ކުޅެންވީއެވެ. ފިިނިބުރު ޖަހަންވެސް ދާންވީއެވެ. އަދި ނިދަންވެސް ވާނެއެވެ. ނަމަވެސް، ކޮންމެ ކަމެއްގައިވެސް ވަކި ހައްދެއް ބަހައްޓައިގެންނެވެ. ކުޅިވަރު ކުޅުމާއި، ނިދުމާއި އެހެނިހެން މަސައްކަތްތަކަށް ވަގުތު ބަހާލާއިރު ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރެވޭފަދަ ގޮޮތަކަށް ދިރިއުޅުމުގެ ކަންކަން ޝެޑިއުލް ކުރާށެވެ. އޭރުން ވަގުތު އިސްރާފުވެސް ނުކުރެވި އަހަރެމެން ހޭދަކުރާ ދުވަސްތަކުގައި އެެތަކެއް ވަގުތުތަކެއް ސަލާމަތްވެގެން ދެއެވެ.

މި ރަމަޟާން މަހަކީ ޤުރްއާން ކިޔެވުމުގެ މައްސަރަށް ހަދަމާތޯއެވެ. އަޅުކަމުގެ މައްސަރަށް ހަދަމާތޯއެވެ. ރޯދައަށް ހުރުމުގެ ބޭނުމަކީ ބަނޑޫހައިހޫނުކަން އިހުސާސްކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަމަހެއް ނުވަތަ ރޯދަ ނޫން މަހެއް ތަފާތުނުވާ އެތައް ބަޔަކު ބަނޑުހައިހޫނުކަން މަތީ ކާއެއްޗަކަށް އާދޭސްކުރަމުން ދާއިރު، އަހަރެމެންނަށް ﷲގެ އިރާދަފުޅުން މިއަދު ލިބިފައި މި ވަނީ ކޮންފަދަ ނަސީބެއްތޯއެވެ؟ އެހެންކަމުން، ފަތިހުގެ އަލިކަން ފާޅުވީއްސުރެން އިރުއޮއްސިއްޖައުމަށް ދާންދެން މި ލިބޭ ކުޑަ ވަގުތުކޮޅުގައި ބަނޑުހައި ހޫނުކަން އިހުސާސްވުން ބޮޑުކަމަކަށް ނުހަދާށެވެ. އޭގެ ބަދަލުގައި ﷲގެ ހަޒުރަތަށް ޝުކުރު ދަންނަވައި، މި މައްސަރުގައި ކެތްތެރިކަން އިސްކޮށް ހެޔޮ ޢަމަލު ގިނަކުރެވޭތޯ ބަލާށެވެ. ވަގުތު އިސްރާފު ނުކުރާށެވެ. ކާމިޔާބު މީހަކަށް ވާނީ އޭރުންނެވެ.

ރަމަޟާން 1445

ކޮމެންޓް

އިތުރަށް ކިޔާލަން

ބުދަ ދުވަހަކީ އީދު ދުވަސް، މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް

ބުދަ ދުވަހަކީ އީދު ދުވަސް، މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް

08 އެޕްރީލު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން

މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން

17 މާރިޗު 2024
މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!

މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!

17 މާރިޗު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު