Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ޙާލަތު

‎‏އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންއަދަދު 31،341 އަށް އަރައިފި‏

ފާއިތުވި 24 ގަޑިއިރުގެ ‎‎ތެރޭގައި އެކަނިވެސް 69 މީހުން މަރުވެ 110 މީހުން ވަނީ ޒަޚަމްވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 15 މާރިޗު 2024 | ހުކުރު 12:43
މިސުރުމަގުން ޣައްޒާއަށް އިންސާނީ އެހީ ގެނައުމުގެ ހުއްދަ ދޭނެކަމަށް އިސްރާއީލުން ވަނީ އިއުލާނުކޮށްފައި

މިސުރުމަގުން ޣައްޒާއަށް އިންސާނީ އެހީ ގެނައުމުގެ ހުއްދަ ދޭނެކަމަށް އިސްރާއީލުން ވަނީ އިއުލާނުކޮށްފައި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ޝަހީދުވި މީހުންއަދަދު 31،341 އަށް އަރައިފިއެވެ.

‎ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު، ‎‎ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ފެންނަނީ ޣައްޒާގެ ހާލަތުގެ ނުރައްކާތެރި ‎‎މަންޒަރެކެވެ.‎

‎އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގައި ‎‎ޣައްޒާގެ 31،341 މީހުން ޝަހީދުވެފައިވާއިރު، 73،134 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ‎‎ތެރޭގައި އެކަނިވެސް 69 މީހުން މަރުވެ 110 މީހުން ޒަޚަމްވެފައިވާއިރު، އެންކްލޭވްގައި ހިނގަމުންދާ ހަމަނުޖެހުންތައް ދަނީ އިތުރުވަމުން ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.

‎ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ކާރިސާއާ ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލަމުން އަންނައިރު، ‎‎އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމަރަކީ ސުލްހައަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ އިސްބޭފުޅަކު ގޮވާލެއްވި އެންމެ ފަހުގެ ގޮވާލެއްވުމެވެ.‎

‎ބުރާސްފަތި ދުވަހު ޝޫމަރ އިޝާރާތް ކުރެއްވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ސުލްހައަށް އޮތް ހުރަހެކެވެ. އަދި އިޒްރޭލުގައި އިންތިޚާބެއް ބާއްވަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.‎

‎އެމެރިކާގައި އެންމެ މަތީ ދަރަޖައިގެ ޔަހޫދީ އިންތިޚާބީ އޮފިޝަލެއްގެ ގޮތުގައި ހުންނެވި ޝޫމަރގެ މިފާޑު ކިޔުމަކީ އޭނާ ކުރިން ގެންގުޅުއްވި ސިޔަސަތުތަކާ ވަރަށް އިދިކޮޅު ވާހަކަފުޅުތަކެކެވެ.

‎ހަމަނުޖެހުންތައް ހިނގަމުންދާއިރު، ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާ ދަނީ ނުރައްކާތެރި ސްޕީޑެއްގައި ގޯސްވަމުންނެވެ. ‎‎ކާބޯތަކެތީގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންދާ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ‎‎ކާރިސާގެ އަސަރު ފޯރާފައެވެ.‎

‎ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ އުތުރުން ފެންނަ މަންޒަރުތަކުން ހާމަވަނީ އިންތިހާއަށް ނުރައްކާބޮޑުވެފައި ވާކަމެވެ. މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ‎‎ޖަނަވާރުގެ ކާނާ އާއި ގަސްގަހާގެހިގެ ފަތްފަދަ ތަކެތި ކާން ދޭން މަޖުބޫރުވެ، ނުކުޅެދުންތެރިކަމާއި ނިއުޓްރިޝަނަލް އުނިކަންތަކާ މެދު ބޮޑެތި ‎‎ކަންބޮޑުވުންތަކެއް ވަނީ އެސަރަޙައްދުގައި އުފެދިފައެވެ.

‎އަދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ އަންރާގެ ރިޕޯޓުތަކުން އެ ސަރަހައްދުގެ ހާލަތު ގޯސްވުމުގެ ނުރައްކާތެރި ނަތީޖާ ތަކަށް އަލިއަޅުވާލާފައިވާއިރު، ‎‎ޑިހައިޑްރޭޝަން އާއި ނިއުޓްރިޝަންގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި މަދުވެގެން 10 ކުއްޖެއްގެ ފުރާނަ ހިތާމަވެރި ގޮތަކަށް ގެއްލިފައިވާކަން ‎‎އެނގެއެވެ.‎

ޣައްޒާމަރުއިޒްރޭލްފަލަސްތީނު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު