Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކެތްތެރިކަން

މިއީ ކެތްތެރިކަން އިސްކުރަންވީ މަސް، މި ސިފަ ކިތައް މީހުންގެ ކިބައިގައި އަށަގަނެފަ އެބަހުރިބާ؟

އެހެން މަސްމަހާ ޚިލާފަށް ރޯދަމަހުގައި މަގުމަތި ތޮއްޖެހުމުގެ ބައި ވަރަށް ބޮޑު

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 14 މާރިޗު 2024 | ބުރާސްފަތި 12:53
މާލޭގެ މަގެއް ތޮއްޖެހިފައި

މާލޭގެ މަގެއް ތޮއްޖެހިފައި

އަހަރެމެން ހޭދަކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. މިއީ އަޅުކަމާއި ތަޤުވާވެރިކަން އިސްކުރަންވީ ދުވަސްތަކެވެ. އަޅުކަންތަކަށް ބޮޑު އިސްކަމެއްދީގެން ގިނަ ވަގުތު އަޅުކަމަށް ވަގުތު ހުސްކުރަންވީ ދުވަސްތަކެވެ. މި ދުވަސްތައް އަހަރެމެންނާ ބައްދަލުވާއިރު، ރިވެތި ސިފަތަކެއް އަށަގެންނެވުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެއެވެ. އެގޮތުން ކެތްތެރިކަމަކީ މި މާތް މައްސަރުގައި ފެނިގެންދާނެ އެންމެ ބޮޑު އެންމެ މާތް އެއް ސިފައެވެ. އެއީ ކީއްވެހެއްޔެވެ؟ ފަތިހުގެ އަލިކަން ފާޅުވީއްސުރެން އިރުއޮއްސިއްޖައުމަށް ދާންދެން ކެއިން ބުއިމާއި، ޖިންސީ އެދުންތަކާއި، އަދި މިނޫނަސް ރޯދަ ގެއްލޭ އެންމެހާ ކަންކަމުން ދުރުވެ، ކެތްތެރިކަމުގެ ސިފަ އަހަރެމެން އަށަގަނެފައި މި ތިބެނީ ﷲ އަށްޓަކައި ކަމަށްވާތީއެވެ.

ކެތްތެރިކަމުގެ ސިފައަކީ އެންމެންވެސް ޤަބޫލުކުރާ މާތް ސިފައެކެވެ. ނަމަވެސް ސުވާލަކީ، ކެތްތެރިކަން އިސްކުރަނީ ކިތައް މީހުންތޯއެވެ؟ މިގޮތަށް ދަންނަވަން ޖެހުނު ސަބަބު ގިނައެވެ.

އެންމެ ފުރަތަމަ ބާޒާރަށް ބަލާލަމާތޯއެވެ. ރަމަޟާން މަހަކީ ބާޒާރު އާދަޔާޚިލާފަށް ބާރުބޮޑުވާ މަހެކެވެ. މުޅި ބާޒާރު އޮންނަނީ ތޮއްޖެހިފައެވެ. ރޯދަވީއްލުން ތައްޔާރުކުރުމަށް އެކި ބާވަތުގެ ތަރުކާރީއާއި މޭވާ ލިބެން ހުންނަ މި ބާޒާރުތަކުގައި ކުޑަކުދިންނާއި، އަންހެނުންނާއި، ފިރިހެނުންނާއި، ޒުވާނުން އަދި މުސްކުޅިންވެސް ވިޔަފާރިކުރަން އައިސް ގޮސް އުޅެއެވެ. ބާޒާރުން ވިޔަފާރިކުރުމަކީ އެތައް ވަގުތެއް ހޭދަވެގެންދާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ކަންމަތީ ފިހާރައަކަށް ގޮސް އެއްޗެއް ގަނެލާހާ ފަސޭހަ ކަމެއްވެސް ނޫނެވެ. ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެހެން ކަމަށްވެސް ވެދާނެއެވެ. ބާޒާރުގައި އިރުކޮޅަކު މަޑުކޮށްލަން ޖެހުނަސް ބޮޑުކަމަކަށްވެއެވެ. ގަންނަން ބޭނުންވާ އެއްޗަކާ ހިސާބަށް ދެވޭއިރު ހުންނަނީ ރުންކުރުވާ ހިސާބަކަށް ގޮސްފައެވެ. މީހަކު މިރުހެއް ގަންނަނީކަމަށް ވަންޏާ، އެމީހަކު ގަންނަން ބޭނުންވާ މިރުހާ ހިސާބަށް ދެވޭނީ ހަމަ އޭގެ އެތައް މިރުހެއް ކައިރިން ލާފައި ގޮސްފައެވެ. ބައެއް މިރުސް ހަލާކުވެފައި ހުރެއެވެ. އަނެއްބައި މިރުސް ރީތިކޮށް ހުންނައިރު ވިއްކާ އަގު ބޮޑެވެ. ހެޔޮ އަގެއްގައި ހުރި މިރުހަކާ ލައްވާލަނީ ބާޒާރުގައި ބައިގަޑިއެއްހާއިރު ވެސް ވާފަހުން އެވެސް ހާލަކުން ފަހަރަކުއެވެ. އެހެންކަމުން، މިފަދަ ތަންތަނަށް އަންނައިރު، އެތައް ބައިވަރު މީހުންވެސް އަންނާނެކަން ދަނެގެން، އަދި އެތައް ވަގުތެއްވެސް ހޭދަވާނެކަން ދަނެގެން ކެތްތެރިކަމުގެ ސިފަ އިސްކޮށްގެން ވިޔަފާރިކުރުން މުހިއްމެވެ.

ދެންއޮތީ މަގުމަތީގައި ދުއްވާ އެއްޗިހީގެ ވާހަކައެވެ. އެހެން މަސްމަހާ ޚިލާފަށް ރޯދަމަހުގައި މަގުމަތި ތޮއްޖެހުމުގެ ބައި ވަރަށް ބޮޑެވެ. ވާނީވެސް އެހެންތާއެވެ. ވިޔަފާރިކުރަން ނިކުންނަ މީހުން އެހާ ގިނައެވެ. އަދި މީގެ އިތުރުން ސްކޫލްތަކުގެ ކިޔަވައިދިނުން ފެށޭގަޑިއާއި ނިމޭގަޑިއަކީވެސް މަގުމަތި ތޮއްޖެހޭ ވަގުތުތަކެކެވެ. އަދި ހަމައެއާއެކު ހަވީރު ފިންޏަށް ބުރުޖަހަން ނިކުންނަ މީހުންގެ އަދަދުވެސް ނިސްބަތުން ވަރަށް ގިނައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މަގުމަތި ތޮއްޖެހުމުގެ ފުރުސަތު ފަހިވެގެންދެއެވެ. އަދި ހަމައެއާއެކު ތަރާވީސް ނަމާދުތަކަށް މިސްކިތް ހުންނަ ސަރަހައްދުތަކުން މަގުމަތި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދެން ޖެހިގެން އިންނަ މީހުން މަދު ގޯޅިވެސް ތޮއްޖެހެއެވެ.

މިކަމުގައިވެސް ބައެއް މީހުންގެ ފަރާތުން ނޭދެވޭ ސިފަތަކެއް ފެންނަމުންދެއެވެ. މަގުމަތީގައި އުޅެނީ ހަމައެކަނި ސައިކަލެއް ނޫނެވެ. ހަތަރު ފުރޮޅުލީ ކާރުވެސް އުޅޭނެއެވެ. ޕިކަޕުވެސް އުޅޭނެއެވެ. މި އުޅަނދުތައްވެސް ޖެހޭނީ މަގު ބަންދުކޮށްފިއްޔާ ދެން ޖެހިގެން އިންނަ ގޯޅިން ހަމަ ދާށެވެ. އޭގެ ފަހަތުން ދާ ސައިކަލުތައް ހުންނަނީ ކާރު ދުއްވާލެއް މަޑުކަމުން ހިތްހަމަނުޖެހިފައެވެ. ނަމަވެސް، ހަނި މަގަކުން ކާރަކަށް ސައިކަލެއް ދާހާ ބާރަށް ދެވޭހެއްޔެވެ؟ ބާރަށް ގޮސް ޕާކުކޮށްފައި ހުރި ސައިކަލެއްގައި އަޅައިގަނެގެން ކާރު ގޮސްފިއްޔާ ދެންވެސް ގޯސްވާނީ ކާރު ޑްރައިވަރެވެ. ބަލައިގެން މަޑުން ކާރު ދުއްވިޔަސް ގޯސްވަނީ ކާރު ޑްރައިވަރެވެ. މިހެން ދަމުންގޮސް، އެކާރުގައި ދަތުރުކުރަމުންދާ ޕަސިންޖަރުގެ މަންޒިލާ ހިސާބަށް ފޯރުމުން ކާރު މަޑުކޮށްލާ ހިސާބަކީ ފަހަތުން އަންނަ މީހުންގެ ކެތްތެރިކަން ކޮޅުންލާ ހިސާބެވެ. ޕަސިންޖަރު ކާރުން ފޭބުމަށް ދޮރު ނުހުޅުވެނީސް އެ ފެށީ ބަރުގޮނު އަޅާށެވެ. އެހާ ކުޑަ ވަގުތުކޮޅަކަށްވެސް ކެތްތެރިކަމުގެ ސިފަ ހަމަ ނެތީތޯއެވެ؟ ދެންވެސް މިމީހުން ގެއަށްގޮސްފައި ދައްކާނީ ކެތްތެރިކަމުގެ މުހިއްމުކަމުގެ ވާހަކައެވެ. އަމިއްލަ މީހާއަށް ކެތްތެރިވެވެނީ ކިހާވަރަކަށް ކަމެއް ވިސްނާނުލައެވެ.

ކެތްތެރިކަމަކީ ހަމައެކަނި ރޯދަހިފުންކަމުގައި ވިސްނާ ވިސްނުން ދޫކޮށްލާށެވެ. ކެތްތެރިކަމަކީ އެއަށްވުރެން މާ ބޮޑު ކަމެކެވެ. އަހަރެމެންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ ކެތްތެރިކަމުގެ މައްޗަށެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އަހަރެމެން ކެތްތެރިވާން ޖެހޭނެއެވެ. ކެތްތެރިވުމަކީ މުހިއްމު ކަމެކޭ ބުނެފައި ބޭރަށް ނިކުންނަ ހިސާބުން ކުރިމަތިވާ ކަންކަމުގައި ރުޅި އިސްކުރަންވީއެއް ނޫނެވެ. އެހެން މީހުންނަށް އުނދަގޫވާފަދަ ޢަމަލުތައް އިސްކުރަންވީއެއް ނޫނެވެ. އެގޮތަށް ކަންކަން ކުރަނީނަމަ، ބަހާ ޢަމަލާ ދިމާނުވެއެވެ. ކެތްތެރިވުމުގެ މުހިއްމުކަމުގެ ވާހަކަ އެހެންވީރު ދެއްކުމުގެ ބޭނުމެއް ނެތްތާއެވެ. ރޯދަހިފުމުން އެކަނި ކެތްތެރިކަން ފުދޭނެތޯއެވެ؟  

ރަމަޟާން 1445

ކޮމެންޓް

އިތުރަށް ކިޔާލަން

ބުދަ ދުވަހަކީ އީދު ދުވަސް، މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް

ބުދަ ދުވަހަކީ އީދު ދުވަސް، މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް

08 އެޕްރީލު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން

މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން

17 މާރިޗު 2024
މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!

މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!

17 މާރިޗު 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު