Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތޫނިސްގެ ކަނބުރުވެރިކަން

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

14 މާރިޗު 2024 | ބުރާސްފަތި 18:04

މަސައްކަތަށް ބޭނުންވާ މައުދަނީ ވަސީލަތްތަކުގެ އަގު އުފުލުމުގެ ސަބަބުން، މިކަމަށް ހިނގާ ޚަރަދުވެސް ބޮޑުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 މާރިޗު 2024 | ބުރާސްފަތި 18:04
އަބްދުލްޖަލީލް އަޔާރީ؛ ތޫނިސްގެ ކަނބުރުވެރިއެއް

އަބްދުލްޖަލީލް އަޔާރީ؛ ތޫނިސްގެ ކަނބުރުވެރިއެއް

މުސްލިމު އުއްމަތާ ބައްދަލުކުރާ އެންމެ މާތް މައްސަރު ކަމުގައިވާ، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ މީހަކުވެސް އެމީހަކަށް ވީ ވަރަކުން މަސައްކަތްތަކެއް ކުރެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންނަ އާދަކާދަވެސް ތަފާތެވެ. އެފްރިކާގެ އެންމެ އުތުރުގައި އޮންނަ ތޫނިސްގެ ގަދީމީ އަވަށްތަކުގެ ތެރެއިން ހިނގާފައި ދިޔައިރު، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމީހުން ކޮށްއުޅުނު ކަންކަން، މެހެމާނުންގެ ސަމާލުކަން ދަމައިގަނެއެވެ. ވަކިން ޚާއްސަކޮށް، ކަނބުރުގެތަކުގެ ކައިރިންނެވެ.

މުޅި ސަރަހައްދުން އެއް އަޑަކަށް އިވެމުން ދަނީ ދަގަނޑާއި، ރަތުލޮޔާއި އެ ނޫންވެސް އެފަދަ މައުދަނުން އުފައްދާފައިވާ ގެވެހި ކަންވާރުތަކުގައި ކަނބުރުވެރިން ތަޅާ އަޑެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ތޫނިސްގައި ޒަމާނުއްސުރެ ކޮށްއުޅޭ ކަމެކެވެ. ތޫނިސްގެ ގަދިމީ އަވަށްތަކުގައި ހުރި ކަނބުރުގެތަކަށް އެތައް ބަޔަކު ޖަމާވެއެވެ. ރޯދަވީއްލުމާއި ހާރުގެ ސުފުރާ މައްޗަށް ނަގާ ގެވެހި ކަންވާރުތައް މަރާމާތުކޮށް، އޮމާންކޮށް، އޮފުކުރުމުގެ ޑިމާންޑް ފިސާރި ބޮޑުވެއެވެ.

ކަނބުރުވެރިއެއްގެ ގޮތުގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އެކަކީ އަބްދުލްޖަލީލް އަޔާރީއެވެ. ކަނބުރުވެރިކަމަކީ އޭނާގެ ހިތުގައި ޚާއްސަ ލޯތްބަކާއި ގަދަރެއް ދެވިފައި އޮންނަ މަސައްކަތެކެވެ. އެ މަސައްކަތަކީ އޭނާގެ ކާބަފައިންގެ ފަރާތުން ވާރުތަވި ކަމަކަށް ވާތީއެވެ. އަދާ ޖެހުނުއިރުވެސް އަޔާރީގެ ހިތުގައި ކަނބުރުވެރިކަމަށް އޮތް ލޯތްބާއި، ޝައުގުވެރިކަމަށް ކުޑަވެސް ހީނަރުކަމެއް ނާދެއެވެ. އޭނާގެ އަތުން ކަސްޓަމަރާ ހަވާލުކުރާ ގެވެހި ކަންވާރަކީ އެންމެ ފުރިހަމައަށް އޮފު ކޮށްފައިވާ އެއްޗެއްކަން، ފަރުވާތެރިކަމާއެކު ކަށަވަރު ކުރެއެވެ.

ކަނބުރުގެތަކުގައި މަސައްކަތްކުރާ މީހުން ފާހަގަކުރިގޮތުގައި ރަމަޟާން މަހާ ދިމާކޮށް، އެމީހުންގެ ގާތުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެއެވެ. މަރާމާތުކޮށް، އޮފުކުރަން ގެންނަ ގެވެހި ކަންވާރުތަކުގެ ތެރޭގައި އާއިލާތަކުގެ އެތައް ހަނދާނަކާ ގުޅިފައިވާ ސާމާނުވެސް ހިމެނޭނެތާއެވެ. ހަމަ އެއާއެކު، ތޫނިސްގައި އެތައް އަހަރެއް ކުރީއްސުރެ އޮތް ކަނބުރުވެރިކަމުގެ ފަންނު، ދިރުވައި އާލާވެސް ކުރެވެނީއެވެ. ދެކޮޅަށްވެސް ފައިދާއެވެ.

ކަން މިހެން އޮތްނަމަވެސް، ހުރިހާ ކަމެއް އޮތީ އެންމެ ހިތް އެދޭ ގޮތަކަށް ނޫނެވެ. މުޚްތާރު ފަތުނާސީ ވަނީ ފަންނުވެރި ކަނބުރުވެރިން ނެތި ހިނގައިދާނެކަމުގެ އިންޒާރު ދީފައެވެ. ސަބަބެއް ކަމަށް ބުނަނީ އަގުތައް އިންތިހާއަށް އުފުލުމާއި، ޒުވާން ކަނބުރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތުމެވެ.

އެންމެ ގިނަ ބަޔަކު ކުރާ އެއް ޝަކުވާއަކީ ރަތުލޮއިގެ އަގު ބޮޑުވުމުގެ ޝަކުވާއެވެ. 1 ކިލޯ ރަތުލޮއި މިހާރު ލިބެން ހުރީ 120 ތޫނިސް ދީނާރު ނުވަތަ 40 އެމެރިކާ ޑޮލަރަށެވެ.

ގެވެހި ކަންވާރު މަރާމާތުކޮށް އޮފުކުރުމުގެ މަސައްކަތަށް ބޭނުންވާ މައުދަނީ ވަސީލަތްތަކުގެ އަގު އުފުލުމުގެ ސަބަބުން، ގެވެހި ކަންވާރު މަރާމާތުކޮށް އޮފުކުރުމަށް ހިނގާ ޚަރަދުވެސް ބޮޑުވެއެވެ. ގެވެހި ކަންވާރުގެ އެންމެ އައިޓަމެއްގެ ސައިޒަށް ބަލައިގެން އަގު ކަނޑައަޅާއިރު، އެކައްޗަށްވެސް 40 ތޫނިސް ދީނާރާ 200 ތޫނިސް ދީނާރާ ދެމެދު މިންވަރެއް ޚަރަދުކުރަން ޖެހެއެވެ. އަހަރެމެންގެ ވެއްޓަށް ތިލަކޮށްލާނަމަ، އެއީ 200 ރުފިޔާއާ 1000 ރުފިޔާއާ ދެމެދު މިންވަރެކެވެ.

އަގުތަކަށް ބަދަލުތަކެއް އައި ނަމަވެސް ތޫނިސްގެ ސުފުރާތަކާ ރައްޓެހި ތެލި ސެޓުތަކާއި ޖޯޑާއި ވަތުތަށީގެ ސެޓުފަދަ އެތައް ގެވެހި ކަންވާރެއް ރަމަޟާން މަހާ ދިމާކޮށް އޮފުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެތައް ގަރުނަކަށް ވާރުތަވަމުން އައި ކަނބުރުވެރިކަމުގެ މި މަސައްކަތަކީ، އެކަމުގައި އެތައް ވަގުތެއް ހޭދަކުރަންޖެހޭ މަސައްކަތަކަށް ވީނަމަވެސް، ހިތުލޯބި ޖެހިފައިވާ ކަނބުރުންގެ ކިބައިން އަދިވެސް ފެންނަނީ ޝައުގުވެރިކަން ނޫން ދެވަނަ ދެ ކަމެއް ނޫނެވެ.

ތޫނިސްގެ ކަނބުރުވެރިކަންރަމަޟާން 1445

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2024

ބުދަ ދުވަހަކީ އީދު ދުވަސް، މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް

08 އެޕްރީލު 2024
ބުދަ ދުވަހަކީ އީދު ދުވަސް، މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
18 މާރިޗު 2024

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟
17 މާރިޗު 2024

މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން

17 މާރިޗު 2024
މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން
17 މާރިޗު 2024

މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!

17 މާރިޗު 2024
މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!
16 މާރިޗު 2024

މިއީ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަންވީ މަސް - ބައެއް މީހުންނަށް ވަގުތު އިސްރާފު ކުރެވެނީ ކިހާވަރަކަށްބާ؟

16 މާރިޗު 2024
މިއީ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަންވީ މަސް - ބައެއް މީހުންނަށް ވަގުތު އިސްރާފު ކުރެވެނީ ކިހާވަރަކަށްބާ؟
16 މާރިޗު 2024

މި އަހަރުގެ ރަމަޟާންމަހުގެ ޢުމްރާއަށް، ފަރީ ޢުމްރާގެ ފުރަތަމަ ގްރޫޕް ފުރައިފި

16 މާރިޗު 2024
މި އަހަރުގެ ރަމަޟާންމަހުގެ ޢުމްރާއަށް، ފަރީ ޢުމްރާގެ ފުރަތަމަ ގްރޫޕް ފުރައިފި
14 މާރިޗު 2024

މިއީ ކެތްތެރިކަން އިސްކުރަންވީ މަސް، މި ސިފަ ކިތައް މީހުންގެ ކިބައިގައި އަށަގަނެފަ އެބަހުރިބާ؟

14 މާރިޗު 2024
މިއީ ކެތްތެރިކަން އިސްކުރަންވީ މަސް، މި ސިފަ ކިތައް މީހުންގެ ކިބައިގައި އަށަގަނެފަ އެބަހުރިބާ؟
13 މާރިޗު 2024

ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

13 މާރިޗު 2024
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް
12 މާރިޗު 2024

ތަރާވީޙުނަމާދާއި ދަމުނަމާދުކުރާ އިމާމުން ވިތުރީގެ ޤުނޫތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރަން އިލްތިމާސްކޮށްފި

12 މާރިޗު 2024
ތަރާވީޙުނަމާދާއި ދަމުނަމާދުކުރާ އިމާމުން ވިތުރީގެ ޤުނޫތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރަން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް