Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތަހުޒީބުވުން

މާލެއިން އެކަނިވެސް ފެނިގެންދަނީ ރޯދަމަހުގައި ބައެއް މީހުންގެ ޢަމަލުތައް ނާތަހުޒީބުކަން

މަގުމަތީގައި ބޮޑެތި ގްރޫޕު ހަދައިގެން ފިނިބުރު ޖަހާއިރު ދެންތިބި މީހުން މަގުމަތީ ދުއްވާތޯވެސް ވިސްނާނުލާ މީހުން އުޅޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 17 މާރިޗު 2024 | އާދީއްތަ 07:58
މާލޭ މަގުމަތި

މާލޭ މަގުމަތި

އަހަރެމެން ހޭދަކުރަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކަކީ ހެޔޮ ޢަމަލުތައް އިސްކޮށް އެންމެހައި ނުބައި އަމަލުތަކުން ދުރުހެލިވާންވީ ދުވަސްތަކެކެވެ. އެކަކު އަނެކަކާ އަބަދުވެސް ރީތިބަހުން މުޢާމަލާތްކުރަން ވާނެއެވެ. ތިމާގެ ފަރާތުން އެހެން އެއްވެސް މީހަކަށް އޭގެ އުނދަގޫވާފަދަ ގޮތަކަށް ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ. ނަމަވެސް، މިއަދު މި ކުޑަކުޑަ މާލެއަށް ބަލާލިކަމުގައިވިޔަސް މަންޒަރު ފެންނަނީ ވަރަށް ތަފާތުކޮށެވެ. ބައެއް މީހުންގެ ފަރާތުން ކުރާ ކުދިކުދި ކަންކަމުގެ ސަބަބުން ދެންތިބި މީހުންނަށް އޭގެ ނޭދެވޭ އަސަރުކުރާ ތަނެވެ.

އެންމެ ފުރަތަމަ މި ބަލާލަނީ ކުނިބުނީގެ މައްސަލައަށެވެ. މާލޭއަކީ ކުނިގޮނޑެކޭ މިހާރު ބުންޏަސް ރަނގަޅުވާނޭ ބުނާ ދަރަޖައަށް މާލެ އޮތީ ގޮނޑުވެފައެވެ. މާލޭގެ އެންމެ ހަނި ގޯޅިތަކުން ފެށިގެން އެންމެ ބޮޑެތި މަގުތަކަށް ދާންދެން އެކި މަގުތަކުގެ ކަންމަތީގައި ބަހައްޓާފައި ހުރި ކުނިތަކުގެ އެތައް ޓަނެއް ކޮންމެ ދުވަހަކު ސާފުކުރެއެވެ. ކިތަންމެ ވަރަކަށް ސާފުކުރިކަމުގައި ވިޔަސް ބައެއް މީހުންގެ މިފަދަ ނާތަހުޒީބު ޢަމަލުތައް ނުހުއްޓާހާ ހިނދަކު މިކަމަށް ދާއިމީ ހައްލެއް ލިބޭނެތޯއެވެ؟ މިފަދަ ޢަމަލުތައް ހުއްޓުމަކަށް ގެންނަން ޖެހޭނީ ފުލުހުންނާ ވެށިފާރަވެރިން ގުޅިގެން މީހުން އަތުލާ ޖޫރިމަނާ ކޮށްގެންތޯއެވެ؟ މިކަންކަން މިގޮތަށް ދަނީނަމަ، ކުނިބުނީގެ މިފަދަ މައްސަލައަށް ޙައްލެއް ނުލިބޭނެއެވެ. އެހެން މަސްމަހާ ޚިލާފަށް ރޯދަ މަހުގައި ކުނިބުނީގެ ފުނިފުނި އެކި ސަރަހައްދުތަކުގައި ޖަހާފައި ހުންނަނީ އާދަޔާޚިލާފަށް ގިނަކޮށެވެ. އެކަމުގެ ސަބަބުން ރައްޔިތުން ހުރަސް ކުރަން ޖެހެނީ އެ ކުނިބުނީގެ ތެރެއިންނެވެ. ނުވަތަ އޭގެ ކުނިބުނީގެ މައްޗަށް އަރައިގެން ނޫން ގޮތަކަށް ދެވެން ނެތް ފަހަރުވެސް އާދެއެވެ. މިފަދަ ބައެއް މީހުންގެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އޭގެ އުނދަގޫ ފޯރައެވެ. މިކަންކަން ޙައްލުކުރެވޭނީ ތިމާ އަމިއްލައަށް ތަހުޒީބުވެގެންނެވެ.

ދެންއޮތީ ފިނިބުރު ޖަހަންދާ މީހުންގެ ވާހަކައެވެ. އާއްމުކޮށް ރޯދަ ކުރު ކުރުމަށްޓަކައި ހަވީރު ފިންޏަށް ބުރުޖަހަންދާ މީހުން ރޯދަމަހުގައި ވަކިން ގިނައެވެ. އާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިން މި ވަގުތުތަކުގައި ބުރުޖަހާލުމަކީ ދިވެހިންގެ ތެރޭގައި ރޯދަކުރުކުރުމަށް އެންމެ ގަޔާވާ އެއް ކަންތަކެވެ. މިފަދަ ވަގުތުތަކުގައިވެސް ބައެއް މީހުންގެ ފަރާތުން އުނދަގޫ ފޯރައެވެ. ދިހަވަރަކަށް ސައިކަލުގެ ބޮޑު ގްރޫޕެއް ބުރުޖަހަނީ އެކުއެކީގައެވެ. އެމީހުންގެ ޢަމަލުތައް ހުންނަ ގޮތުން ހީވަނީ މުޅި މާލޭ މަގުމަތި އެމީހުންގެ ބޭނުމަށް ނަގާފައި ހުރިތަނެއް ހެންނެވެ. ފަހަތުން އަންނަ ދުއްވާ އުޅަނދުތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެމީހުންގެ ކައިރިން ނެއްޓުމަށް 'އޯވާޓޭކް' ވެސް ކުރެވެން ނެތީ ކުރިމަތިން އަނެއްފަޅިން އަންނަ ލޭނުންވެސް ދުއްވާ އެއްޗެތި އަންނަލެއް ގިނަކަމުންނެވެ. ކޮންމެ ގޮތެއްވިޔަސް، މި މީހުންގެ ފަހަތުގައި ތާށިވެގެން ތިބެން ބައެއްފަހަރު މަޖުބޫރުވެއެވެ. މިފަދަ ބައެއް މީހުންގެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އޭގެ އުނދަގޫ ފޯރައެވެ. މިކަންކަން ޙައްލުކުރެވޭނީ ތިމާ އަމިއްލައަށް ތަހުޒީބުވެގެންނެވެ.

މަގުމަތީ ފާރުތަކުގައި ހަރުކޮށްފައި ހުންނަ ކެމްޕެއިން ޕޯސްޓުތަކުގެ ސަބަބުންވެސް ބައެއް މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އޭގެ ޒާތުގައި ޕޯސްޓު ހަރުކޮށްފައި ހުރުމުގެ ސަބަބުންނެއް ނޫނެވެ. ރޯދަމަހުގައި ޚާއްސަކޮށް ތަރާވީސް ނަމާދުތަކަށް މީހުން އެކި މިސްކިތްތަކުގެ ބޭރުގައި ސަފުތައް ހަދަމުންދާއިރު، އެމީހުން އެ ހަދާ ސަފުތައް ކައިރި ކެމްޕެއިން ޕޯސްޓުތައް ހަރުކޮށްފައި ހުރުމުގެ ސަބަބުންވެސް އޭގެ ނޭދެވޭ އަސަރު އެމީހުންނަށް ކުރެއެވެ. މިކަންކަމަށް ސަމާލުވެ އެފަދަ ތަންތަނުގައި ކެމްޕެއިން ޕޯސްޓު ހަރުކުރުމާއި އަދި ހަރުކޮށްފައި ހުރި ޕޯސްޓުތައް ނައްޓާލުމަކީ ކުރަންޖެހޭ ކަމެކެވެ.

އެހެންކަމުން، ތަހުޒީބުވާންޖެހޭނީ ޤައުމު އެކަންޏެއް ނޫނެވެ. އާއްމު ރައްޔިތުންގެ ވިސްނުންވެސް ތަހުޒީބުވާން ޖެހޭނެއެވެ. ރޯދަމަހުގެ ބަރަކާތްތެރި ދުވަސްތަކެއް އަހަރެމެން ހޭދަކުރަމުން ދާއިރު، ބަޔަކު މީހުން ކުރާ ކަމެއްގެ ސަބަބުން އަނެކަކަށް އޭގެ އުނދަގުލާއި ނޭދެވޭ އަސަރު ނުފޯރާގޮތަކަށް ކަންކަން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަދަ ކަންކަން ހުއްޓަންޖެހޭނީ ސަރުކާރުގެ މުއައްސަސާތަކުން އިސްވެގެންނެއް ނޫނެވެ. އެކަންކަން ހުއްޓުވޭނީ ތިމާމީހާ އަމިއްލައަށް އެކަންތައް ހުއްޓާލި ދުވަހަކުންނެވެ.   

ރަމަޟާން 1445މާލެ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު