Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޯގޭނިކް ކުނިބުނި ރީސައިކަލް ކުރުން

ބޯދާ ފިކުރުތަކަށް މަރާނުލެވުނު ހިތް، މަރްވާ ގެންގޮސްދިނީ އޭނާގެ ހުވަފެނީ މަންޒިލަށް!

ތަރައްޤީއަށްޓަކައި ފެހި ރަންގެ ނަމުގައި މަރްވާ ހިންގާ މަޝްރޫޢަކީ، ތިމާވެށީގެ އެކިއެކި މަޝްރޫޢުތައް ފެށުމަށް އަންހެނުން ބާރުވެރި ކުރުވާ މަޝްރޫޢުއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 މާރިޗު 2024 | ބުރާސްފަތި 09:15
މަރްވާ އަލް-ނަޢީމީ؛ އިންޖިނޭރެއް އަދި ތިމާވެށީގެ އެކްޓިވިސްޓެއް

މަރްވާ އަލް-ނަޢީމީ؛ އިންޖިނޭރެއް އަދި ތިމާވެށީގެ އެކްޓިވިސްޓެއް

ކަމަކަށް ހިތު ލޯބި ޖެހިއްޖެ ކަމުގައި ވާ ނަމަ، އެ ކަމެއްގައި އެތައް ދުވަހެއް، މަހެއް، ނުވިތާތަކަށް އަހަރުތަކެއްވެސް ހޭދަ ކުރުމަކީ އިންސާނީ ޠަބިއްޔަތުގައި ވާ ކަމެކެވެ. އެކި މީހުން ލޯބި ކުރާނީވެސް އެކި ކަންކަމަށެވެ. ފަހަރުގައި އެއީ އެ ދުވަސްވަރެއްގައި މާ މަޤުބޫލު ކަމަކަށްވެސް ނުވެދާނެއެވެ.

މާޒީގެ ތެރެއިން އަހަރުތަކެއް ފަހަތަށް ޖެހިލަމާ ހިނގާށެވެ. މަރްވާ އަލް-ނަޢީމީއަކީ ޢިރާޤަށް އުފަން އިންޖިނޭރެކެވެ. ކުނި އެއް ކުރުމަށް ފަހު، އޭނާގެ ކުޑަކުޑަ ބަގީޗާގައި އެތައް ގަޑިއިރެއް ހޭދަ ކުރަމުން ދިޔައެވެ. އުންމީދަކާއި ޢަޒުމެއް އޮވެގެންނެވެ. ކުނިބުނިން ގަސްކާނާ އުފެއްދުމުގެ ވަރުގަދަ ޢަޒުމެވެ. ކާމިޔާބަކީ އެއްފަހަރުން ލިބޭ އެއްޗަކަށް ވެފައި އޮންނަނީ މަދު ފަހަރަކުއެވެ. ކިތަންމެ ވަރަކަށް ފެއިލްވި ކަމުގައި ވީ ނަމަވެސް، ސާބިތު ކަމާއެކު ކުރިއަށް ދަނީނަމަ، އެމީހެއްގެ އަތުގައި ނަޞީބު ހިފުން އޮންނާނީ މާ ދުރަކު ނޫނެވެ. މަރްވާގެ ވާހަކަތަކުންވެސް އެކަން އެނގެއެވެ.

މާޒީގެ އެ ޞަފްޙާތައް ދޫކޮށް، އަދުގެ ޙާލަށް ބަލަމާ ހިނގާށެވެ. މިއަދު މަރްވާއަކީ 4000 އަކަ މީޓަރުގެ ދަނޑެއްގައި، އޭނާގެ ފޮނި ހުވަފެންތަކުގައި ކުލަޖައްސަމުން ގެންދާ ހިތްވަރުގަދަ މީހަކަށް ވަނީ ވެފައެވެ. އޯގޭނިކް ކުނިބުނި ރީސައިކަލްކޮށް، ތިމާވެއްޓާ ރައްޓެހި ގަސްކާނާ އުފައްދާ، ގްރީންހައުސް ދަނޑުތަކުގައި ގަސް އިންދުމުގެ މަސައްކަތުގައި މަރްވާ ވަނީ ކާމިޔާބު ހޯދާފައެވެ.

ޢުމުރުން 39 އަހަރުގެ މަރްވާއަކީ 2 އަންހެން ދަރިންގެ މަންމައެކެވެ. ޢާއިލާއެއް ބަލަހައްޓަމުންވެސް ޒިންމާދާރު ކަމާއި އެކު މަސައްކަތުގައި ދެމި ހުރީ ގޮންޖެހުންތަކަކާ ކުރިމަތިނުލައެއް ނޫނެވެ. ސާބިތު ކަމާއި އެކު މަރްވާ ކުރިއަރަމުން އެ ދަނީ ބޯދާ ޤަބޫލު ކުރުންތަކެއް ހުރި ގޮތުގެ ސަބަބުން، އެއީ "ފިރިހެންވަންތަ" މަސައްކަތެއް ކަމަށް ބުނެ، އެތައް ބަޔަކު އޭނާގެ ހިތް މަރާލަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ބައެއްގެ އާދަކާދަ ގޮތަކަށް އޮތެއް ކަމަކު، ކާމިޔާބު މަޝްރޫޢުތަކެއް ނުހިންގޭންވީ ސަބަބެއް ނެތް ކަން، މަރްވާގެ ގަދަ ހިތްވަރުން، މުޅި ދުނިޔެއަށް އެ ދަނީ ސާބިތުކޮށްދެމުންނެވެ.

އަންހެނުން ކުރިއަރާ ދާން ލިބޭ އެންމެ ބޮޑު އެއް ހިތްވަރަކަށް ވަނީ ހަމަ އެފަދަ އަންހެނެއްގެ ފަރާތުން ލިބޭ ހިތްވަރާއި އެހީތެރިކަމޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އެކަކު އަނެކަކު ކުރިއަރާ ދާން ފުރުޞަތު ދޭނަމަ، އެ މުޖުތަމަޢުގައި ކާމިޔާބު އެތައް ހުވަފެންތަކެއް ވާނެތާއެވެ.   

މަރްވާ ދަނީ އޭނާގެ މަސައްކަތުން ލިބުނު ކާމިޔާބީގެ އެހީގައި، އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްރޫޢެއް ހިންގަމުންނެވެ. "ގްރީން ގޯލްޑް ފޮރ ޑިވަލޮޕްމަންޓް" ނުވަތަ ލަފުޒީ ތަރުޖަމާއަކަށް ބަލާނަމަ، "ތަރައްޤީއަށްޓަކައި ފެހި ރަން" ގެ ނަމުގައި މަރްވާ ހިންގާ މަޝްރޫޢަކީ، ތިމާވެށީގެ އެކިއެކި މަޝްރޫޢުތައް ފެށުމަށް އަންހެނުން ބާރުވެރި ކުރުވާ މަޝްރޫޢުއެކެވެ. އޭގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް މަރްވާ ކުރިއަށް ގެންދަނީ "ގްރީން ގޯލްޑް ފޮރ ޑިވަލޮޕްމަންޓް" ގެ ބައެއްގެ ގޮތުގައެވެ.

އޯގޭނިކް ކުނިބުނި ރީސައިކަލް ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އުމުރުން 12 އަހަރުން ފެށިގެން ކައިވެނި ކުރާ ހިތްވޭ: ޕްރިޔަންކާ

އުމުރުން 12 އަހަރުން ފެށިގެން ކައިވެނި ކުރާ ހިތްވޭ: ޕްރިޔަންކާ

12 ފެބުރުއަރީ 2018
އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

03 ފެބުރުއަރީ 2018
ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ

ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ

02 އޮކްޓޯބަރު 2017
"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު

"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު

21 ސެޕްޓެމްބަރު 2017
ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

17 މެއި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު