Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބު

މަޖިލިސް އިންތިޚާބު ލަސްކުރުމުން ބޭނުންވާ ބަޖެޓަށް އެދި މި މަހު ފަހުކޮޅު ފޮނުވާނެ - އީސީ

14 މާރިޗު 2024 | ބުރާސްފަތި 07:30

މިހާރު އީސީން ނިންމާފައި ވަނީ އެޕްރިލް މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 މާރިޗު 2024 | ބުރާސްފަތި 07:30
އީސީގެ ރައީސް ފުއާދު ތައުފީގު

އީސީގެ ރައީސް ފުއާދު ތައުފީގު

މަޖިލިސް އިންތިޚާބު ލަސްކުރުމުން ބޭނުންވާ ބަޖެޓަށް އެދި މި މަހު ފަހު ކޮޅު ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތައުފީގް މިހެން ވިދާޅުވީ ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން މިހާރު ކުރަމުން ދަނީ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތަފްސީލް ދެނެގަނެ، އިތުރަށް ބޭނުންވާ ބަޖެޓްގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބު ފަސްކުރުމާއެކު 15 މިލިއަނާއި 20 މިލިއަން ރުފިޔާއި ދެމެދުގެ އަދަދަކަށް ބަޖެޓު ބޮޑު ވެގެންދާނެ ކަމަށާއި ސީދާ ޚަރަދު އެނގޭނެ ގޮތަށް ބަޖެޓު އެކުލަވާލަމުންދާ ކަމަށާއި ޚަރަދު އިތުރު ނުވާނެ ގޮތަށް އިގްތިޞާދުކުރަން އިސްކަން ދޭ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.

އެގޮތުން އިންތިޚާބުގެ ބަޖެޓަށް ބޮޑު ބައެއް އިތުރުވެގެން ދަނީ ކޮންޓްރެކްޓް މުވައްޒަފުން އިތުރު ދޮޅުމަހެއްހާ ދުވަހު އިތުރަށް ވަޒީފާގައި ބޭތިއްބުމާއި، ރޯދަ މަހު މަސައްކަތް ކުރުމުން ދޭ އިނާޔަތްތަކާއި ރޯދަ އިނާޔަތްތައް އޭގެ ތެރޭގައި ހިމެނޭތީއެވެ. މަޖިލިސް އިންތިޚާބުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އިދާރީ މަސައްކަތްތައް ކަމަށް އީސީއިން ވަނީ ބުނެފައެވެ. ތާރީހަށް ބަދަލު އައުމާއި ގުޅިގެން ކެނޑިޑޭޓުންގެ އޮބްޒަރވަރުން ބަދަލުކުރުމަށް ކޮމިޝަނުން ފުރުސަތުދިނެވެ. އަދި އަލަށް ވޯޓު ލެވޭ މީހުންނަށް ރީރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައި، އެއަށް ފަހު ޝަކުވާ އަށް ދެ ދުވަސް ދިނެވެ.

މަޖިލިސް އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ 17 މާރޗް 2024 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. އެހެންނަމަވެސް ރޯދަ މަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް މަޖިލީހުން އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ބަދަލުގެނައުމާއި ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ. މިހާރު އީސީން ނިންމާފައި ވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް