Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ ތަހުގީގުތައް

މިދިޔަ އަހަރު އޭސީސީން ތަހުގީގުކުރި މައްސަަލަތަކުން ދައުލަތަށް ލިބެންޖެހޭ 74 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ހޯދުނީ ދެލައްކަ ރުފިޔާ

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މާރިޗު 2024 | ބުރާސްފަތި 06:27
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

ފާއިތުވި އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަހުގީގުކުރި މައްސަަލަތަކުން ދައުލަތަށް ލިބެންޖެހޭ 74 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދުނީ ދެލައްކަ ރުފިޔާކަމަށް އެ ކޮމިޝަނުން ބުނެފިއެެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައެވެ.

އަހަރީ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު،  ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމާއި ގުޅޭގޮތުން އަހަރީ ރިޕޯޓުގައި މައުލޫމާތު ހިމަނާފައިވެއެވެ.

އޭސީސީން ބުނީ، ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަކީ ޤާނޫނުން ކޮމިޝަނަށް ލާޒިމުކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައިވީނަމަވެސް، ކޮމިޝަނުން އަންގާ އެންގުންތަކާއި އެއްގޮތަށް ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

އެގޮތުން ބަލާއިރު، 2023 ވަނަ އަހަރު 15 މައްސަލައެއްގައި ހިމެނޭ 74 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

އޭސީސީން ބުނީ، އެ 74 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކުގައި އެދިފައިވާ ފައިސާގެ އަދަދު 50 މިލިއަނަށްވުރެ ގިނަ ކަމަށެވެ.

އެ ފައިސާ ދައުލަތަށް ލިބިފައިވޭތޯ ނުވަތަ އެ ފައިސާ ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކޮށްފައިވޭތޯ ބަލާފައިވާނެކަން ފާހަގަކޮށް އޭސީސީން ބުނީ، އޭގެ ތެރެއިން 5 މައްސަލައެއްގައި މިހާތަނަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައިވާ ކަމަށެވެ.  

ކޮރަޕްޝަން ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީޢަތެއްކޮށް, އަދަބު ދިނުމުގެ އިތުރުން ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގާނޫނީ ހުރަހެއް އޮތްތޯ ބެލުމަށް ދިރާސާއެއް ހަދަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
10 ސެޕްޓެމްބަރު 2025

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް
08 އޯގަސްޓު 2025

"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."

08 އޯގަސްޓު 2025
"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."
20 އެޕްރީލު 2025

ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ

20 އެޕްރީލު 2025
ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ
18 އެޕްރީލު 2025

އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް

18 އެޕްރީލު 2025
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
28 ފެބުރުއަރީ 2025

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި

27 ފެބުރުއަރީ 2025
ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު