Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ޑިފެކްޝަން ބިލް

އެންޓި ޑިފެކްޝަން ބިލްގެ ބަހުސް ފަށައިފި - މެމްބަރުން ފާހަގަކުރީ އެފަދަ ޤާނޫނެއްގެ މުހިންމުކަން

13 މާރިޗު 2024 | ބުދަ 08:59

އެ ބިލަށް ވާހަކަދެއްކި އެހެން މެމްބަރުން ވެސް މިފަދަ ބިލެއްގެ މުހިންމުކަން ފާހަގަކުރައްވާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މާރިޗު 2024 | ބުދަ 08:59
މަޖިލިސް

މަޖިލިސް

އެންޓި ޑިފެކްޝަން ބިލްގެ ބަހުސް ފަށައިފިއެވެ.

ބުދަ ދުވަހު، އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވާ ގޮތުން ދިވެހި ރައްޔިތުން މާޔޫސްވެފައިވާ ކަަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު އެ ބަޔަކު އިންތިޚާބުވި ފިކުރުގައި ތިބުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިލުގެ ބޭނުމަކީ މަޤާމުތަކަށް އިންތިޚާބު ކުރާ މީހުންނަށް އޮންނަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ އެންޓި ޑިފެކްޝަން ޤާނޫނެއް އޮތުމުގެ މުހިންމުކަން ފާހަަގަކުރައްވާފައެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ބޮންޑެ ވަނީ ސިޔާސީ ގޮތުން މީހުން ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވެ އެއް ޕާޓިން އަނެއް ޕާޓީއަށް ބަދަލުވުމަކީ އާއްމުން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ބަލަބަލާ ތިއްބާ މުޅި މަޖިލިސް ވިޔަފާރި އުސޫލުން ޓްރާންސެކްޝަނަލް މަޖިލީހަކަށް ހަދަމުންދާތަން ފެނުމުން ކަންބޮޑުވާ ކަމަށެވެ. އަދި ކުއްލިއަކަށް މެމްބަރުން ވެރިކަން ބަދަލުވުމާއި އެކު ފެން އޮތް ދިމާލަށް މަސްދާ ބީދައިން ޕާޓީ ބަދަލުކުރުމަކީ އާއްމުން ބަަލައިގަންނާނެ ކަމެއް ނޫން ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އަދި ބައެއް މެމްބަރުން މަޖިލީހަށް ހޮވުނު ޕާޓީން ވަކި ނުވި ނަމަވެސް އަމިއްލަ ޕާޓީގެ ފިކުރާއި ދެކޮޅަށް މަޖިލީހުގައި ވޯޓުދެމުންދާ ކަމަށާއި އެކަން ކުރަނީ ފައިސާ ނަގައިގެން ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވަނީ އާއްމުން ބައެއް މެމްބަރުން މަޖިލީހަށް ހޮވަނީ ޕާޓީ ރޫޙުގައި ޕާޓީ އިން ހޮވޭ މެމްބަރަކަށް އެހެން މެމްބަރުންނަށް ވުރެ ރަނގަޅަށް ޖަވާބުދާރީކުރުވޭނެތީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މެމްބަރެއްގެ ބޭނުން ނުހިފި ދާތަން ފެނުމަކީ އާއްމުން ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މައުޟޫޢު އަށް ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މިފަދަ ޤާނޫނެއް ވުޖޫދު ކުރުމަކީ މެމްބަރުންނަށް އޮންނަ އިތުބާރު ބޮޑުތަނުން ބޮޑުވާނެ ޤާނޫނެއް ކަމަށެވެ. އެހެންކަމުން އެ ފަދަ ޤާނޫނެއް ވީހާވެސް އަވަހަށް ވުޖޫދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މި ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ މުއައްސާއެއްގައި ކޮރަޕްޝަން ވަދެފައިވާ ކަމަށާއި އެކަމާއި މެދު ޖަވާބުދާރީވާން އޮތް މަޖިލިސް ކޮރަޕްޓް ވެއްޖެ ނަމަ އެއީ ބިރުވެރިކަމެއް ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި މުހިންމު ވޯޓުތަކާއި ދިމާކޮށް ފައިސާގެ ނުރަނގަޅު މުއާމަލާތްތައް ހިންގާ ރިޝްވަތު ނަގާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭ ކަމެއް ކަމަށް ފާހަގަކުރައްވާފައެެވެ. އެއީ ރޭވިގެން ވޯޓުލާ މިހުންގެ އަދަދު މަދު ކުރަން ކުރަމުންދާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ބިލަށް ވާހަކަދެއްކި އެހެން މެމްބަރުން ވެސް މިފަދަ ބިލެއްގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް