Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަސް ދުއްވުން

ނިޤާބުގައި ހުއްޓެއް ކަމަކު އަސް ދުއްވުމުގައި ބަސާންތަކީ ރެކޯޑެއް!

ޖީޒާގެ ސައްޤާރާއޭ ކިޔާ ސަރަޙައްދުގައި ހިންގާ އަސް ފާމެއްގައި ބަސާންތު ވަނީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 75 ވަރަކަށް އަންހެނުންނަށް ތަމްރީނު ދީފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 މާރިޗު 2024 | ބުދަ 08:53
ބަސާންތު ޢައްލާމް؛ އަސް ދުއްވާ މިޞްރު އަންހެނެއް

ބަސާންތު ޢައްލާމް؛ އަސް ދުއްވާ މިޞްރު އަންހެނެއް

އެއީ މީގެ 5 ވަރަކަށް  އަހަރު ކުރިއެވެ. މިޞްރަށް އުފަން ބަސާންތު ޢައްލާމް، އަހެއްގެ މައްޗަށް އަރާ އިށީނދެ، ޖީޒާ ގަވަރުނަރޭޓްގެ ނަޒްލީތު އަލް-ސިއްމާން ސިޓީގައި ދުއްވާލިއެވެ. އެއީ އޭނާގެ މުޅި ޙަޔާތުގައިވެސް އެ ހަނަފަސް ސަހަރާގައި އަސް ދުއްވި ފުރަތަމަ ފަހަރެވެ. ކުޅިވަރެއްގެ ގޮތުގައި އަސް ދުއްވުމަށް، ބަސާންތުގެ ހިތުގައި ޚާއްޞަ ލޯތްބެއްވެސް އުފެދުނީ ހަމަ އެ ފަހަރުއެވެ.

މުޅި ހަށިގަނޑު ނިވާ ވާ ގޮތަށް ނިގާބުގައި ހުއްޓެއް ކަމަކު، ޢުމުރުން 28 އަހަރުގެ ބަސާންތުއަކީ ހުޅަނގުގެ ލާ ދީނީ ފިކުރުގެ އަވައިގައި މަސްތުވެފައިވާ ޒުވާނުންނަށް ވުރެ ހަރަކާތްތެރި ޒުވާނެކެވެ. މަރކެޓިންގްގެ ދާއިރާގައި މަސައްކަތް ކުރަމުން، އަސް ދުއްވަން ދަސްކޮށްދޭ މީހެއްގެ ޒިންމާވެސް އަދާ ކުރެއެވެ.

ބަސާންތު ކިޔައި ދިން ގޮތުގައި، ކުޅިވަރެއްގެ ގޮތުގައި އަސްދުއްވުމައިގެން އޭނާ ކުރިއަށް ދާން ފެށުމާއެކު އެތައް ބައެއްގެ ފާޑުކިއުންތައް ޢަމާޒުވިއެވެ. މިޞްރުގެ އިޖުތިމާޢީ ޤަބޫލު ކުރުންތައް އޮންނަ ގޮތުން، އުސް ދުއްވުމަކީ ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. ހިތު ލޯބި ދެވިފައި ވާ ކަމައިގެން ކުރިއަށް ދިއުމަށްޓަކައި، އެ ހުރިހާ ފާޑުކިއުންތަކަކާ ބަސާންތު ކުރިމަތިލީ ފިސާރި ހިތްވަރާއި ސާބިތު ކަމާއި އެކީގައެވެ.

ބަސާންތު، އޭނާގެ އަސް ދުއްވުމުގެ ހުނަރުތައް ފައްކާ ކުރީ، ދާއިރާގެ ތަޖުރިބާކާރުންގެ ގާތުން ތަމްރީނުތައް ހޯދައިގެންނެވެ. އަދި  އަސްދުއްވަންށޭ ކިޔައި، ނިޤާބު އެއްލާލުމުގެ ބަދަލުގައި، އޭނާއަށް ފަސޭހައިން ބޭނުން ކުރެވޭ ޖަހަލަ ހަރުވާޅެއްވެސް ތައްޔާރު ކުރިއެވެ.

ނިޤާބު އަޅައިގެން ހުރެ ސްކަރޓެއް ލައިގެން އަސް ދުއްވާ މަންޒަރު ވީޑީއޯކޮށް، ބަސާންތު ވަނީ ސޯޝަލް މީޑިއާއަށް އެ ވީޑިއޯ ދޫކޮށްލާފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، 2 ލައްކައެއްހާ ފޮލޯވަރުންގެ ތަރްޚީބު ބަސާންތަށް ލިބުނެވެ.

ޖީޒާގެ ސައްޤާރާއޭ ކިޔާ ސަރަޙައްދުގައި ހިންގާ އަސް ފާމެއްގައި ބަސާންތު ވަނީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 75 ވަރަކަށް އަންހެނުންނަށް ތަމްރީނު ދީފައެވެ.

ބަސާންތުގެ އުންމީދަކީ އޭނާގެ ހިތު ލޯބި ދެވިފައި އޮތް އަސް ދުއްވުމުގެ ކުޅިވަރު، ވީހާވެސް ގިނަ ބަޔަކާހިއްސާ ކުރުމެވެ. ވަކިން ޚާއްޞަކޮށް އަހްނުންނަށް ޢަމާޒު ކޮށްގެންނެވެ. ވަކިން ޚާއްޞަކޮށް އަންހެނުންނަނަށެވެ. މިހާރުވެސް ބަސާންތު ދަނީ، މުނިފޫހިފިލުވުމުގެ ކުޅިވަރެއްގެގޮތުގައި، އަސް ދުއްވަން ޚާއްޞަ ދަތުރުތައް، މިޞްރުގެ އެކި ސިޓީތަކުގައި ރާވައިދެމުންނެވެ. 

އަސް ދުއްވުން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ތަމްރީނު ހަރަކާތެއްގެ ތެރެއިން ދިވެހި ފުލުހަކު އަހަކުން ވެއްޓި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

13 ސެޕްޓެމްބަރު 2025
ތަމްރީނު ހަރަކާތެއްގެ ތެރެއިން ދިވެހި ފުލުހަކު އަހަކުން ވެއްޓި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ
27 ޖެނުއަރީ 2018

ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް

27 ޖެނުއަރީ 2018
ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް
22 ޖެނުއަރީ 2018

ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

22 ޖެނުއަރީ 2018
ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ
28 ޑިސެމްބަރު 2017

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

28 ޑިސެމްބަރު 2017
މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!
27 ޑިސެމްބަރު 2017

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

27 ޑިސެމްބަރު 2017
ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ
12 މެއި 2017

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
17 އެޕްރީލު 2017

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު