Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލްތަކުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މާރިޗު 2024 | އަންގާރަ 06:05
އިސްލާމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ތަނުގައި މީހަކު ފިތުރު ޒަކާތް ދައްކަނީ

އިސްލާމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ތަނުގައި މީހަކު ފިތުރު ޒަކާތް ދައްކަނީ

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން ޒަކާތު ބަލައިގަންނަން ފަށާފައިވާއިރު،  ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1445 (11 މާރިޗް 2024) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 (6 އޭޕްރީލް 2024) ވަނަ ދުވަހާއި ހަމައަށެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތާއި ގުޅޭގޮތުން ޒަކާތު ހައުސްއިން ބުނީ ދިރާގު އެޕް/ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ، އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން ޒަކާތު ހައުސްއިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފަހުދިހަގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާތީ މިއަހަރުގެ ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރިޗް 2024ން 28 މާރިޗް 2024ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30ން މެންދުރުފަހު 1:00ށެވެ. 31 މާރިޗް 2024ން 9 އޭޕްރީލް 2024ށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވަައި ކޮންމެ ދުވަހަކު ހެނދުނު 11:00ން މެންދުރުފަހު 2:00ށެވެ.

މާލެސިޓީ ފިޔަވައި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލްތަކުންނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު

އާދައިގެ ހަނޑޫ- 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ

ރަތް ހަނޑޫ - 80 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ

އާދައިގެ ފުށް - 10 ރުފިޔާ

އާޓާ ފުށް - 75 ރުފިޔާ

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު