Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕީރިއަޑް ތަދު

ޕީރިއަޑް ތަދަކީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްނުވާ މީހުންނަށް "ޕީރިއަނޮއިޑް" ހޯދައިދީ!

ތަޖުރިބާގައި ބައިވެރިވި މަސާޔާ ޝިބަސާކީގެ ހަށިގަނޑުގައި އެޅި ގަދަ ވޭނުން، އޭނާއަށް ކުޑަކަކޫ މައްޗަށް ތިރިވެވުނު މަންޒަރު ފެނިގެންދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 05:44
"ޕީރިއަނޮއިޑް"ގެ މޭސްތިރިއަކީ ނާރާ ވިމެންސް ޔުނިވަރސިޓީގެ، އަންހެން ދިރާސާވެރިއެއް

"ޕީރިއަނޮއިޑް"ގެ މޭސްތިރިއަކީ ނާރާ ވިމެންސް ޔުނިވަރސިޓީގެ، އަންހެން ދިރާސާވެރިއެއް

21 ވަނަ ޤަރުނުގެ ތަރައްޤީއާއެކުގައިވެސް ބަދަލުނުވި އެތައް ވިސްނުމެއްގެ ތެރެއިން އެއް ވިސްނުމަކީ، އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކީ ދުވަހަކުވެސް ސަލާމެއް ނުބުނާ މުވައްޒަފު ކަމުގައި ވިސްނިފައި އޮންނަ އޮތުމެވެ. އަހަރުގެ މުވައްޒަފު ހޮވުމަށް ކްރައިޓީރިއާ އެކުލަވާލާއިރުވެސް، ޤާނޫނުން ކަށަވަރުކޮށްދީފައި އޮންނަ ސަލާމުން ސަލާމެއްގެ ޙައްޤުގައި ހިފި މީހަކު އިސްތިސްނާ ކުރެއެވެ. ކިތަންމެ ރަނގަޅަކަށް، ހީވަގި ކަމާ އެކު މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ސަލާމް ބުނާ ހިސާބުން، އެއީ ފަރުވާކުޑަ މީހުންގެ ލިސްޓަށް އޭނާ ބަދަލުކޮށްލާ ފަހަރުވެސް ފެނިފައި އެބަ ހުއްޓެވެ. ސަލާމް ބުނަން ޖެހުނީ ކިހާވަރެއްގެ ކަމަކާ ތޯ ވެސް ބަލައިލުމެއް ނޯވެއެވެ.

އަންހެނުން ބާރުވެރި ކުރުވުމަށް އަޑުގެ ކޮޅަށް ގޮވަމުން ދިޔައެއް ކަމަކު، ބާރުވެރި ކުރަނީ ކިހިނެއް ކަމެއް ނޭނގޭ ދަރަޖައަށް ކަންކަން ގޯސްވެފައި ވާ އޮފީސްތައް މަދެއް ނުވާނެއެވެ. ސަލާން ލިސްޓުގެ ޚުލާސާއަކަށް ބަލާއިރު މަހަކަ ދެތިން ސަލާން ބުނާ މީހުންގެ ނަން ފާހަގަ ކޮށް، އެޗްއާރްއިން އެމީހަކާ ބައްދަލު ކުރެއެވެ. ފަހަރެއްގައިވެސް އެމީހަކު އެ ޙާލަތަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި ނޫން ކަންވެސް ވިސްނާލުމެއް ނެތި އެތައް ފިޔަވަޅެއް އަޅައެވެ. މި ދެންނެވި ގޮތަށް، ކޮންމެ މަހަކުވެސް ދެތިން ސަލާން ބުނާ މުވައްޒަފުންގެ ތެރޭގައި އަންހެން މުވައްޒަފުން ގިނަ ވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ޤުދުރަތީ ގޮތުން އަންހެނާގެ ހަށިގަނޑު އުފެދިފައި ވާ ގޮތުން، ބައެއް މީހުންނަކީ ޙައިޟު ނުވަތަ ޕީރިއަޑް ދުވަސްވަރު އިންތިހާ ގަދަ ވޭނުގައި އުޅެން ޖެހޭ ބައެކެވެ. ޞިއްޙަތަށް ކިތަންމެ ބަލައިގެން އުޅޭ މީހަކު ކަމުގައި ވީ ނަމަވެސް، އެ ދުވަސްވަރުގެ ވޭނާ ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ. އެ ދުވަސްވަރަށް ސަލާން ނުބުނެ ވާކަށް ނޯވެއެވެ.  ނަމަވެސް، އެކަން ވިސްނެނީ ނިސްބަތުން އިންތިހާއަށް މަދު އޮފީސްތަކަކަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މައިގަނޑު އެއް ސަބަބަކީ، އޮފީސްތަކުގެ އިދާރީ ހިންގުމުގެ އޮނިގަނޑު އެކުލަވާލާ ހިންގުމުގައި ޒަމާނުއްސުރެ ފިރިހެންވެރިންގެ އަތްމަތީގައި އޮތް ނުފޫޒު ކަމުގައި ވުން ގާތެވެ. ޕީރިއަޑް ދުވަސްވަރު އިންތިހާ ވޭނުގައި އުޅޭ އަންހެން މުވައްޒަފުގެ ހަށިގަނޑުގައި އަޅާ ވޭން، އެ ވެރިޔަކަށް ވަޒަން ނުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ.

ޕީރިއަޑް ދުވަސްވަރު އުފުލަންޖެހޭ ވޭނާ މެދު ފިރިހެންވެރިންނަށް ވިސްނާލެވިފައިވެސް ނެތީތޯއްޗެކެވެ. ބައެއް ކަންކަމަކީ އަނގަބަހުން ކިތަންމެ ވަރަކަށް ކިޔައިދިނަސް ބަޔަކަށް ވިސްނޭނެ ކަންކަމެވެ. ޖަޕާނުގެ ވެރިކަން ކުރާ ޓޯކިޔޯގެ ޓެލެކޮމް ކުންފުންޏެއްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނަށް ދެން އެހެން ބުނާނެ ޖާގައެއް ނޯންނާނެއޭވެސް ދެންނެވިދާނެއެވެ. އެކަމަށް ޚާއްޞަކޮށްފައިވާ ޑިވައިސްއެއްގެ އެހީގައި، ފިރިހެން މުވައްޒަފުންނަށް، ޕީރިއަޑް ތަދުގައި ހުރި ވޭން ވަނީ އިޙްސާސްކޮށްދީފައެވެ.

އެކްޒިއޯ ގްރޫޕްގައި މަސައްކަތް ކުރާ ބައެއް ފިރިހެން މުވައްޒަފުންނަށް، ޕީރިއަޑް ތަދު އިޙްސާސް ކޮށްދީފައި ވަނީ "ޕީރިއަނޮއިޑް" ގެ ނަން ދީފައި ވާ ޚާއްޞަ ޑިވައިސްއެއް ބޭނުންކޮށްގެންނެވެ. ޑިވައިސް ފަރުމާކޮށްފައި ވަނީ ދަށްބަނޑުގައި ތަތްކޮށްލެވޭ ގޮތަށެވެ. ފިތަކަށް އޮބަލުމުން ހަށިގަނޑަށް ސިގުނަލްތަކެއް ފޮނުވާލައެވެ. އަދި ޕީރިއަޑް ތަދުގެ އިޙްސާސް، އެމީހެއްގެ ދަށްބަނޑަށް ކުރުވައެވެ.

ތަޖުރިބާގައި ބައިވެރިވި މަސާޔާ ޝިބަސާކީގެ ހަށިގަނޑުގައި އެޅި ގަދަ ވޭނުން، އޭނާއަށް ކުޑަކަކޫ މައްޗަށް ތިރިވެވުނު މަންޒަރު ފެނިގެންދިޔައެވެ. އަނެއް ބައި މުވައްޒަފުން ވަނީ، ކޮންމެ މަހަކުވެސް، އަންހެނުން އުފުލަމުންދާ ވޭނާއި، ކުރަމުންދާ ހިތްވަރާ މެދު ހައިރާން ވާ ކަމަށް ބުނެފައެވެ.

އެކްޒިއޯ ކުންފުނިން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"ޕީރިއަނޮއިޑް"ގެ މޭސްތިރިއަކީ ނާރާ ވިމެންސް ޔުނިވަރސިޓީގެ، އަންހެން ދިރާސާވެރިއެކެވެ. ނަމަވެސް، އޭނާގެ ނަން ހާމަކޮށްފައެއް ނުވެއެވެ. އެ މީހަކީ ޕީރިއަޑް ދުވަސްވަރަށް އިންތިހާ ވޭން އުފުލި މީހެކެވެ. "ޕީރިއަނޮއިޑް" ޑިވައިސް އުފައްދާފައި ވަނީ ޒުވާން ދިރާސާވެރިންގެ ޓީމެއް ކަމަށް އޮސާކާ ހީޓް ކޫލްއާއި ގުޅިގެން 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ޖެހުނު އިރު، ޑިވައިސްއަށް ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފައިވެއެވެ. އަދި އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ގެންދެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.

2023 ވަނަ އަހަރުގެ ތެރޭގައި އޮސާކާ ހީޓް ކޫލްއިން ވަނީ 40 ކުންފުންޏަކާއި ސަރުކާރުގެ އޮފީސްތަކުން އޮފިޝަލުން ތަމްރީނުވެސް ކޮށްފައެވެ. އަދި ޖިންސީ ޢިލްމުގެ މަޢުލޫމާތު، ސްކޫލު ދަރިވަރުންނަށްވެސް ފޯރުކޮށްދީފައިވެއެވެ. އިންޓަރނެޓާއި އެނޫންވެސް ނުރައްކާ ޕްލެޓްފޯމްތަކުން މިފަދަ މަޢުލުމާތު އެނގުމަށް ވުރެ، ކަމުގެ ޞައްޙަ މަޢުލޫމާތު އެނގޭ، ތަމްރީނު ދިނުމުގެ ހުއްދަ އޮންނަ ފަރާތެއް މެދުވެރިކޮށް ކަންކަން ދެނެގަތުން ބުއްދިވެރިއެވެ. އެންމެ ރަނގަޅު ގޮތަކީ، ދަރިން ބޮޑުވަމުން އަންނައިރު، މަންމައާއި ބައްޕަ ނުވަތަ ބެލެނިވެރިޔާގެ ފަރާތުން އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ 'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް'އިން އޮސްކާ ހާސިލް ކޮށްފި

އިންޑިއާގެ 'ޕީރިއަޑް. އެންޑް އޮފް ސެންޓެންސް'އިން އޮސްކާ ހާސިލް ކޮށްފި

26 ފެބުރުއަރީ 2019
ހަލާލު ނެއިލް ޕޮލިޝް: މީ ކިހާވަރެއްގެ ހަޤީޤަތެއް؟

ހަލާލު ނެއިލް ޕޮލިޝް: މީ ކިހާވަރެއްގެ ހަޤީޤަތެއް؟

26 ޖޫން 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު