Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް އޮފީސް އިމަރާތް

އޮޑިޓް އޮފީސް އިމަރާތަށް ވަކި ބިމެއް ހަމަޖެއްސުމަށް ޙަސަން ޒިޔަތާއި ރައީސް ސާލިޙު ކޮށްދެއްވި މަސައްކަތަށް ނިޔާޒީގެ ޝުކުރު

އޮޑިޓް އޮފީހުގެ ރަސްމީ ތާރީޚު ގުނަން ފަށާފައިވަނީ މީގެ 75 އަހަރު ކުރިން 1948 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2024 | ހޯމަ 05:26
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އޮޑިޓް އޮފީސް އިމަރާތް އެޅުމަށް ވަކި ބިމެއް ހަމަޖެއްސުމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތާއި ކުރިގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކޮށްދެއްވި މަސައްކަތަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ޝުކުރު އަދާކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ، އޮޑިޓް އޮފީހަށް އައު އިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތަކީ ކުރީގެ އޮޑިޓަރ ޖެނެރަލުންވެސް ޚާއްސަ އިސްކަމެއް ދެއްވި ކަމެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް ކުރީގެ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއެކު ކުރެއްވި މަސައްކަތާއި، އޭރުގެ މަޖިލީހުން ކުރި މަސައްކަތަށް ނިޔާޒީ ޝުކުރު އަދާކުރެއްވިއެވެ.

ނިޔާޒީ ވިދާޅުވީ، މި އިމާރަތް ވެގެންދާނީ ދައުލަތުން ޒިންމާދާރު ކުރުވުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓަކަށް ކަމަށެވެ.

ޢަދި މިއީ ކޮންކްރީޓަށް ކުރެވޭ ޚަރަދެއް ނޫންކަންވެސް ނިޔާޒީ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިވަގުތުވެސް އޮޑިޓް އޮފީސް ހިންގަމުންދަނީ އަމިއްލަ ފަރާތެއްގެ އިމާރާތެއް ކުއްޔަށް ނަގައިގެން ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި މި އައު އިމާރާތާއެކު، ދައުލަތުގެ ޚަރަދުތައްވެސް ކުޑަވެގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ، އޮޑިޓް އޮފީހުގެ ރަސްމީ ތާރީޚު ގުނަން ފަށާފައިވަނީ މީގެ 75 އަހަރު ކުރިން 1948 ގައި ކަަމަށެވެ.

އޭރުވެސް އޮޑިޓް އޮފީހުގެ ޒިންމާއަކީ ދައުލަތުގެ ޚަރަދުތަކުގެ ހިސާބުތައް ބެލެހެއްޓުންކަން ނިޔާޒީ ފާހަގަ ކުރެއްވިއެވެ.

އޭގެ ފަހުން ސަރުކާރުގެ އެކި އޮފީސްތައް ހުންނަ އިމާރަތްތަކާއި، އެކި ތަންތަނުގައި އޮޑިޓް އޮފީސް ހިންގާފައިވާކަަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު