Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދުގެ ސަރުކާރު

ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވާނެ ބުއްދިއެއް ވެސް މިސަރުކާރުގެ ނެތް: އަމީރު

ވެރިކަމަށް ހޮވެންވެސް މިހާރުވެސް ތެދެއް ނަހަދާ

އަމްނާ އިމާދު
އަމްނާ އިމާދު | 10 މާރިޗު 2024 | އާދީއްތަ 09:36
ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވާނެ ބުއްދި ވެސް މިސަރުކާރުގެ ނެތް ކަމަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރައީސް މުއިއްޒު ޅ. ކުރެންދޫގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެ ވެރިން "ތެދު ބަހުން" ވާހަކަ ދެއްކެވި ނަމަވެސް އެހެން މީހުން އޭގެ ޖަވާބުގައި ހަދަނީ "ހުސް ދޮގު" ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ތެދު ބަހުން ދައްކާ ވާހަކަ ރައްޔިތުން ޚިޔާރު ކުރަން ކަމަށެވެ.

ރައީސް މުއިއްޒުގެ މި ވާހަކަފުޅުތަކަށް ރައްދުދެއްވައި އަމީރު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެސް، މިހާރު ވެސް ތެދުނުހައްދަވާ ކަމަށާއި، މީހުންގެ ބޯކާލައިގެން މޮޔަ ހެއްދޭނެ ކަމަށް ބެއްލެވުމަކީ ގޯހެއް ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ވަރަށް ސާފު ކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އަމީރު ވިދާޅުވީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވާނެ ބުއްދިއެއް ވެސް ނެތް ކަމަށެވެ.

ބައެއް މީހުން ދޮގު ހަދާ ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރެއްވިއިރު، މިސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދަމުންދާ ކަމަށް އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ގޮތުން ވެވަޑައިގެންނެވި އެންމެ ބޮޑެތި ވައުދުފުޅު ނުފުއްދަވާ ކަމަށާއި، ކުރީ ސަރުކާރާ ގުޅޭގޮތުން ގިނަ ދޮގުތަކެއް ހައްދަވާފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމާއި އިންޑިއާ ސިފައިން ބޭލުމާއި ރާއްޖޭގެ ކަނޑު ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ސަރަހައްދު ހޯދުމާއި ގުޅޭގޮތުންނާއި ޑޮލަރު ރޭޓް ދަށްކޮށް، ލިމިޓް އުވާލުމާއި، މަސްވެރިންނަށް ފައިސާ ދިނުމާއި ގުޅޭގޮތުން މިސަރުކާރުން ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި
27 އޯގަސްޓު 2017

ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް އިހުތިޖާ ކުރުމަށް އަނާރާ ގޮވާލައްވައިފި

27 އޯގަސްޓު 2017
ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް އިހުތިޖާ ކުރުމަށް އަނާރާ ގޮވާލައްވައިފި
13 އޯގަސްޓު 2017

މީގެ 13 އަހަރު ކުރިން ގައުމުގެ ހާލަތު ބަދަލުކުރަން ކުރިމަސައްކަތް މިއަދުވެސް!

13 އޯގަސްޓު 2017
މީގެ 13 އަހަރު ކުރިން ގައުމުގެ ހާލަތު ބަދަލުކުރަން ކުރިމަސައްކަތް މިއަދުވެސް!
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު