Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ތިޔަ އުޅުއްވަނީ، ހިންޏަށް ހަކުރު އޮޅުވާލައްވަންތޯ؟

އެސްޓީއޯގެ ސިޓީގައި އޮތީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓު ޖެހި މައްސަލައިގައި ފިޔަވަޅު އެޅި ވާހަކަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2024 | އާދީއްތަ 11:11
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިއީ ދޮގާއި، އޮޅުވާލުމުގެ ތެރެއިން އުފެދިގެން އައި ސަރުކާރެކެވެ. މި ސަރުކާރު ވުޖޫދުވުމަށް، ކުރި ރިޔާސީ ކެމްޕެއިން ވެސް އޮތީ، މުޅިން އޮޅުވާލުމާއި، ދޮގުގެ މައްޗަށް ބިނާކޮށްފަ އެވެ. ރައްޔިތުންނަށް އެތައް ކަންތައްތަކެއް އޮޅުވާލި އެވެ. އޮތީ ހަމަ އެންމެ ބޭނުމެކެވެ. ވެރިކަން ހޯދުމެވެ. ބާރުވެރިކަން ބޭނުންވެގެންނެވެ.

ވެރިކަމަށް އައިސް ސަރުކާރަށް ތިން މަސް ވެގެންދާއިރު ވެސް، އަދިވެސް މި އުޅެނީ ދޮގު ހެދުމުގަ އެވެ. ކަންކަން އޮޅުވާލުމުގައި އިންތިހާ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ދައްކަވާ ވާހަކަ އަކާއި، ހަވީރު ދައްކަވާ ވާހަކަފުޅު ދިމަލެއް ނުވެ އެވެ. ރައީސްގެ އިތުރުން މުޅި ސަރުކާރު ބިނާވެފައި އޮތީ އެ ސިފައިގެ މަތީގަ އެވެ.

އިންޑިއާ ސިފައިންގެ މައްސަލައިގައި ރައްޔިތުންނަށް އޮޅުވާލައިފި އެވެ. ކެމްޕެއިންގައި ދެއްކެވި ވާހަކަ އާއި މިހާރު ދައްކަވާ ވާހަކަ، އެއް ގޮތަކަށް ވެސް ދިމަލެއް ނުވެ އެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ ސިފައިންގެ މައުޟޫގައި އެކަނި ވެސް ދެތިން ހަތަރު ގޮތަކަށް ވާހަކަ ދައްކަވައިފި އެވެ. ވެރިކަމަށް އައުމާއެކު ބަލާނޭ ކަމަށް ބުނި އިންޑިއާ ސިފައިންގެ މުޅި ވާހަކަ ބަދަލުވެއްޖެ އެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގެ މައްސަލަ ވެސް އޮތީ ހަމަ އެ ފަދަ ގޮތަކަށެވެ. އެއަށްވުރެ ވިޔަސް ވާނީ ބޮޑުވަރެވެ. ވެރިކަމަށް ވަޑައިގަންނަވަން ވިދާޅުވީ، މަސްވެރިން ބާނާ މަހަށްވާ ފައިސާ، 48 ގަޑިއިރުގެ ތެރޭގައި ދެއްވާނެ ކަމަށެވެ. އެ ވެސް ރުފިޔާއަކުން ނޫނެވެ. ބޭރު ފައިސާ އިންނެވެ. ޑޮލަރުންނެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ފައިސާކޮޅު ނުލިބިގެން މަސްވެރިން ބޮޑު އިހުތިޖާޖެއް ވެސް ކޮށްފި އެވެ. ވަޒީރު ދެއްވަނީ ތާރީޚަކަށް ފަހު ތާރީޚެކެވެ. އެންމެ ފަހުން ދެއްވި ތާރީޚާ ހަމައަށް ވެސް މަސްވެރިންނަށް ފައިސާ ކޮޅު ނުލިބެ އެވެ. އަނެއްކާ ވެސް ދެއްވީ އެހެން ތާރީޚެވެ.މި ފެށޭ ރަމްޟާން މަހުވެސް މަސްވެރިންގެ އާއިލާތަކުން އުލޭނެ ދަތިހާލު ނިކަން ވިސްނާލަ ބައްލަވާށެވެ.

ރައީސް އެންމެ ފުރަތަމަ އަޑުފުޅަށް ބާރު ލައްވާފަ ވިދާޅުވި އެއްވާހަކަ ފުޅަކީ އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރައްވާނެ ވާހަކައެވެ. ނަމަވެސް ފަހުން މަންޒަރު ފެނުނީ އެހެންނެއް ނޫނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ވެސް ސަރުކާރުން ދަނީ އެކި ކުންފުނިތަކުން މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަންނެވެ. ސިޔާސީ މުވައްޒަފުންނެއް ވެސް ނޫނެވެ. އާދައިގެ މުވައްޒަފުންނެވެ، ރައީސުލްޖުމްހޫރިއްޔާ އަށް ފާޑު ކިޔާ މުވައްޒަފުންނަށް ވެސް "އަދަބު" ދެނީ އެވެ. ދާދި ފަހުން އެކަހަލަ ކަމެއް ހިނގައިފި އެވެ. އެސްޓީއޯގެ ރީޖަނަލް ފާމަސީއެއްގެ މެނޭޖަރުގެ މަޤާމުގައި ހުރި ފަރާތެއްގެ މަގާމު ވަނީ ސްކޮޓް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އިސް ފަރާތްތަކަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖެހި ކަމަށް ބުނެ އެވެ. އެ މައްސަލަ ފެންމަތިވުމުން ރައީސް މަނިކުފާނު ވިދާޅުވީ، އެމަނިކުފާނަށް ފާޑު ކިޔައިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.އިތުރުފުޅު ހެއްދެވުމުގެ ހައްދެއް ނެތެވެ.

އަސްތާ ރައީސެވެ! މަނިކުފާނު ތިޔަ އުޅުއްވަނީ ދިވެހި ރައްޔިތުން "ގުނބޯ" ހައްދަންތޯ އެވެ؟ މަނިކުފާނާއި، މަނިކުފާނުގެ ސަރުކާރަށް ފާޑު ކިޔާ ފަރާތަކަށް ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވީއިރު، ނުވަތަ އަޅާފައި ނުވާނެ ކަމަށް ވިދާޅުވީއިރު، އެސްޓީއޯގެ ސިޓީން އޮތީ އެހެން އިބާރާތެއް ފެންނާށެވެ. އޭގައި އޮތީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓު ޖެހި މައްސަލައިގައި ފިޔަވަޅު އެޅި ވާހަކަ އެވެ.

ދަންނަވަންތޯ އެވެ! އަބަދަކު މަނިކުފާނަކަށް ދިވެހި ރައްޔިތުންނަަށް ކަންކަން އޮޅުވައެއް ވެސް ނުލެއްވޭނެ އެވެ. މަނިކުފާނުގެ ސަރުކާރުން ހާވަމުން ގެންދާ ހުރިހާ ހަޑިއެއް، މިއަދު ރައްޔިތުންނަށް ފެނެ އެވެ. ރައީސް މީގެ ކުރިން ވިދާޅުވި ފަދައިން، ދޮގު މައްޗަަށް ދޮގު ހެދީމާ، އެއަށް ކިޔާނީ ބުޚުތާނު ދޮގު ހެދުމެވެ. އިންތިހާ އަށް އިތުރުފުޅު ހައްދަވަމުން ގެންދަވާއިރު، ކުޑަކޮށް ވެސް ވިސްނަވާ ލެއްވީމު ތޯއެވެ؟ ވެރިކަމަށް ވަޑައިގަތީވެސް ދޮގާއި އޮޅުވާލުމުންނެވެ. އަދި ވެސް ތިޔަ ގެންދަވަނީ މޫނުފުޅަށް ރުލެއްވެސް ޖައްސާ ނުލައްވާ އިތުރުފުޅު ހައްދަވަމުންނެވެ. އޮޅުވާލައްވަމުންނެވެ. ނަމަވެސް ރައްޔިތުން މިއަދު ތިބީ ހޭލާއެވެ. ތިޔަހައްދަވާ އިތުރުފުޅުތައް ދެން ބަލައި ނުގަންނާނެކަން ހަނދާން ކުރައްވާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު