އޮޅުވެލިފުށީ ބަނދަރުގެ މަސައްކަތް ފައްޓަވައިދިނުމަށް ކައުންސިލުން ރައީސް އަރިހުގައި އެދިއްޖެ
9 މާރިޗު 2024 | ހޮނިހިރު 09:24ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރި


ރައީސް ޑރ މުޙައްމަދު މުއިއްޒު ޅ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އޮޅުވެލިފުށީގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުންތަކާއި ފެނާނަރުދަމާ ނިޒާމުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމައިދިނުމަށް އެދުމާއި ކަރަންޓުގެ ޙާލަތު ރަނގަޅުކުރަން ބޭނުންވާކަމަށާއި އަދި ޚާއްސަގޮތެއްގައި ސީއެމްބިއުލަންސް ގެ ޚިދުމަތް މިހާރަށްވުރެ ފަސޭހައިން ލިބޭނެ މަގުފަހިކުރުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ ކޮމިޓީގެ މެންބަރުންނަށް ރޯދައިނާޔަތް ހަމަޖެހިފައި އޮތުމުގެ މުހިންމުކަމާއި ބަޖެޓުގެ ދަތިކަމާހުރެ އެކޮމިޓީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ސީއެމްބިއުލާންސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމަށް ހައްލެއް ހޯދަވައިދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.






