Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފްލެޓު މައްސަލަ

ފްލެޓު މައްސަލައިގައި މިނިސްްޓްރީ: ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނޭ ކަމަކަށްނުވާތީ ޖަވާބު އަރުވާކަށް ނެތިން!

9 މާރިޗު 2024 | ހޮނިހިރު 09:22

ފްލެޓުތަކުގެ މައްސަލައިގެ ހައްސާސްކަމާއި، ރައްޔިތުން އެކަމަށް ފެންބޮވައިގެންފައިވާ މިންވަރު ސަރުކާރަށް ވަޒަން ނުކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 މާރިޗު 2024 | ހޮނިހިރު 09:22
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

ގޯތި އަދި ފްލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް، ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެއީ ރައީސް ޑރ މުޙައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ފްލެޓު ލިބޭނެކަމާމެދު މާޔޫސްވެ ސުވާލު އުފެދިފައިވާ އެތައް ރައްޔިތުންނަކަށް އަނެއްކާވެސް އުއްމީދު އައުވެގެން ދިޔަ ބަސްފުޅެކެވެ.

އެހެންނަމަވެސް، އޭގެ ފަހުން މިހާ ދުވަސްވެ، މި ވެރިކަމަށް 3 މަސް ފުރިގެންދިޔައިރު، ރައީސް އެ ވިދާޅުވި ބަސްފުޅެކޭ ކަނޑުގައި އަޅާފައިވާ ރޮނގެކޭ ތަފާތެއް ނެތެވެ. އެ ބަސްފުޅުން ނުކުތް ނަތީޖާއެއް ނެތެވެ.

އޭރުވެސް އެތައް ބަޔަކު ބުނަމުންދިޔައީ ފްލެޓުތައް ދޫކުރާނީ މަޖިލިސް އިންތިޚާބާ ކައިރިކޮށްފައި ކަމަށެވެ. ރައީސްގެ އެ ބަސްފުޅަކީ ސިލްސިލާކޮށް ހައުސިންގ މިނިސްޓްރީއާއި އޭސީސީ ދޮށަށް އެއްވެ، ޙައްޤު ހޯދުމަށް އާދޭސް ކުރަމުންދިޔަ ރައްޔިތުންނަށް ދިން ވަގުތީ ތަސައްލީއެއް ކަމަށެވެ. އާޚިރުގައި ކަން ވެގެންވެސް މިދަނީ އެހެނެއް ނޫންތޯއެވެ؟

އެކި ބަހަނާތައް ދައްކައި ފްލެޓު ދޫކުރުން ލަސްކުރަމުންގޮސް، މަޖިލިސް އިންތިޚާބު ބޯމަތިވަނީއެވެ. އެންމެ ފަހުން ރައްޔިތުން އުއްމީދުކޮށްގެން ތިބީ ހަފްތާ 14 ގެ އަދާހަމަ މައުލޫމާތުތައް ދިނުމަށް ސަރުކާރުން ބާއްވަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުން، ފްލެޓުތަކުގެ މައްސަލައިގެ ކޮންމެވެސް މިންވަރެއްގެ މައުލޫމާތެއް ނަމަވެސް ލިބޭނެ ކަމަށެވެ.

އެ އުއްމީދުގައި އެތައް ބަޔަކު ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބަލަން ޓީވީ ދޮށުގައިވެސް ތިއްބެވެ.

އެހެންނަމަވެސް، ހަފްތާ 14 ގެ ނޫސްވެރިންގެ ބައްދަލުވުމުން ސާފުވެގެން ދިޔަ ކަމަކީ، ފްލެޓުތަކުގެ މައްސަލައިގެ ހައްސާސްކަމާއި، ރައްޔިތުން އެކަމަށް ފެންބޮވައިގެންފައިވާ މިންވަރު ސަރުކާރަށް ވަޒަން ނުކުރެވޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަލިއަޅުވާލަން ހުރި ކަންކަން ނިމިގެން ދިޔައިރުވެސް، ފްލެޓުތަކުގެ މައްސަލައިގެ މާ ބޮޑު ތަފްސީލެއް ރައްޔިތުންނަކަށް ސާފެއް ނުވިއެވެ. އެންމެ ފަހުން ނޫސްވެރިން އެ ސުވާލު ކުރުމުން ލިބުނީ އިތުރަށް މާޔޫސް ކުރުވަނިވި ޖަވާބެކެވެ.

ކޮންމެއަކަސް، ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނޭ ކަމަކަށްނުވާތީ، ފްލެޓުތަކުގެ މައްސަލައިގެ ޖަވާބެއް ދެއްވާކަށް ނެތްކަމަށް ވަޒީރު މިވަނީ ވިދާޅުވެފައެވެ. ސުވާލަކީ، ފްލެޓުތަކުގެ މައްސަލައިގައި މާޔޫސްވެ، ވާނުވާ ނޭނގިފައި ތިބި ރައްޔިތުންނާމެދު މި ސަރުކާރުގެ ކުޑަވެސް ހަމްދަރުދީއެއް ނެތީތޯއެވެ؟

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2020

ސީޕްލޭން ޓަރމިނަލް މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅުއަޅާ!

14 ފެބުރުއަރީ 2020
ސީޕްލޭން ޓަރމިނަލް މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅުއަޅާ!
29 ޑިސެމްބަރު 2019

އީގަރ މުސްލިމުންގެ މައްސަލައިގައި ޕާކިސްތާން ހަނުތިބެނީ ކީއްވެ؟

29 ޑިސެމްބަރު 2019
އީގަރ މުސްލިމުންގެ މައްސަލައިގައި ޕާކިސްތާން ހަނުތިބެނީ ކީއްވެ؟
24 ޖެނުއަރީ 2019

ދެ ހަފްތާ ވެގެން ދިޔައިރު ދަރިވަރުންގެ ޓެކްސް ފޮތްތައް ވީ ހިސާބެއް ނޭނގެ

24 ޖެނުއަރީ 2019
ދެ ހަފްތާ ވެގެން ދިޔައިރު ދަރިވަރުންގެ ޓެކްސް ފޮތްތައް ވީ ހިސާބެއް ނޭނގެ
29 ޑިސެމްބަރު 2018

ހަފްތާ ރެސް: ޒުވާނުންނަށް ރަނުގެ ފުރުސަތެއް!

29 ޑިސެމްބަރު 2018
ހަފްތާ ރެސް: ޒުވާނުންނަށް ރަނުގެ ފުރުސަތެއް!
24 ނޮވެމްބަރު 2018

ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

24 ނޮވެމްބަރު 2018
ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!
28 އެޕްރީލު 2018

ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

28 އެޕްރީލު 2018
ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!
11 އެޕްރީލު 2018

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ
03 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް