Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީން ގެއްލުނު ކުދިން

ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

މީޑިއާތަކަށް ހިއްސާކުރާ މައުލޫމާތަށް ވުރެ، ތަފްސީލް މައުލޫމާތު އާއިލާތަށް ހިއްސާކުރަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 28 އެޕްރީލު 2018 | ހޮނިހިރު 09:47
ހިތަދޫ، ޗަނބޭލީގޭ، އުމުރުން 17 އަހަރުގެ އަލީ ފަހުމީ އަދި އެރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ

ހިތަދޫ، ޗަނބޭލީގޭ، އުމުރުން 17 އަހަރުގެ އަލީ ފަހުމީ އަދި އެރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތު (ކިބިވަލު) ސަރަހައްދަށް މޫދަށް އެރިގެން އުޅެނިކޮށް 2 ކުދިން ގެއްލުނުތާ މިއަދަށް ހަފްތާއެއް ވީއެވެ. ގެއްލިގެން ހޯދަމުންދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަހަރު އަދި ޓޮޕާޒް މަޔާމީން އަލީ، 14 އަހަރެވެ. އެ ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެމްއެންޑީއެފުން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ތިން ކުދިން ހޯދުގެ މަސައްކަތް އެމްއެންޑީއެފުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ދާއިރު، އައްޑޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުއްޓެއެވެ.

ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް އެ ދެ ކުދިންގެ އާއިލާތަކާއި ގުޅިގެން އައްޑޫގެ މަސްވެރިންނާއި ޒުވާނުންގެ ހާއްސަ ޓީމަކުން ދަނީ ކުރިއަށް ގެންދަމުންނެވެ. އައްޑޫގެ 40 އަކަށް މީހުން މިހާރު ވެސް އެޓީމްގައި ހިމެނޭއިރު، އިސްކޮށް ހުންނަނީ އުމުރުން 55 އަހަރުގެ ހުސެއިން ސޯލިހުއެވެ.

ގެއްލުނު ދެ ކުދިން ހޯދުމަށް ބަލާ ފާސްކޮށްފައިވާ ސަރަހައްދު

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުސެއިން ސޯލިހް ބުނީ ދެ ކުދިން ހޯދުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދިނުމުން، ކުރާ މަސައްކަތުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދެ ކުދިން ގެއްލުމާ ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުން އެކުދިން ފެންނާނެ ކަމުގެ އުންމީދުގައި އަދިވެސް ހޯދަމުން ދާއިރު، ދެ ކުދިން ހޯދުމަށް ކުރާ މަސައްކަތުގައި ތަފްސީލީ މައުލޫމާތު އެ ދެ ކުދިންގެ އާއިލާއަށާއި އައްޑޫގެ ރައްޔިތުންނަން ދޭން ޖެހޭނެ ކަމަށް ގަބޫލް ކުރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަން އަޑު އިވެނީ ރާއްޖެޓީވީން، ވީޓީވީން، ޓީވީއެމުން، ސިފައިން މި ވެނި ސަރަހައްދެއް ބަލައިފިއޭ. މިކަން މިހެން ކޮށްފިއޭ ބުނާ އަޑު. އެކަމު އެ އަށް ވުރެ ބޮޑަށް ރައްޔިތުން ބޭނުން އެކަން އެނގެން. އެހެންވީމަ މިއަދުން ފެށިގެން ވެސް އަޅުގަނޑުމެންނަން މި މައުލޫމާތުތަށް ލިބެން އެބަޖެހޭ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުސެއިން ސޯލިހް ބުންޏެއެވެ.

ހުސެއިން ސޯލިހް ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ

އެމްއެންޑީއެފުން ބުނީ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ގިނަ ޑައިވަރުން ހަރަކާތްތެރިވާއިރު، ދެ ކުންދިން ހޯދުމުގެ މަސައްކަތުގައި ޑައިވިންގ ރޮބެޓްގެ އެހީތެރިކަން ވެސް އަންނަނީ ބޭނުން ކުރަމުން ކަމަށެވެ. އެގޮތުން ރޮބެޓް މެދުވެރިކޮށް ވެސް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް ބުންޏެއެވެ. މިހާތަނަން ފުލުހުންގެ އެހީ ތެރިކަމާ އެކު ކުރި މަސައްކަތުގެ އައްޑޫގެ ފުއްޓަރު ފަރާތުން ވަނީ ފަހުމީގެ ސޯޓް ކަމަށް ބެލެވޭ ސޯޓަކާއި މިޔާމީންގެ ބޮކްސާ ކަމަށް ބެލެވޭ ބޮކްސާއެއް ފެނިފައެވެ.

ހިތަދޫ ފުއްޓަރު ފަރާތުން ފެނުނު ފަހުމީގެ ސޯޓް ކަމަށް ބެލެވޭ ސޯޓް

ތިން ކުދިން ހޯދުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން މިޔާމީންގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުﷲ ސާމް ބުނީ ދެ ކުދިން ހޯދުމަށް އައްޑޫގެ ޓީމަކުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ ކުދިން ހޯދުމަށް އައްޑޫގެ ޒުވާނުންގެ ޓީމަކުން ޑައިވްކޮށް، މޫނު މަތި އަޅައިގެން ސްނޯކްލިން ވެސް ދަނީ ކުރަމުނެވެ، އެމްއެންޑީއެފުން ބުނީ މިހާތަނަށް 370 މީޓަރުގެ ސަރަހައްދަކުން 40 މީޓަރު އަޑިއަށް ފީނާ ހަދާފައިވާ ކަމަށެވެ.

ގެއްލުނު މިޔާމީންގެ ބޭބެ ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ

"އަހަރުމެން ބޭނުންވަނީ ހެލްކަޕްޓަރ ބޭނުންކޮށްގެން ތަންކޮޅު ދުރު ސަރަހައްދުތަށް ބަލަން،" ސާމް ބުންޏެއެވެ.

ހިތަދޫ ފުއްޓަރު ފަރާތަށް ހޮނިހިރު ދުވަހު އުމުރުން 16 އަހަރުގެ އަލީ ރާއިފާ އެކު އަލީ ފަހުމީ އާއި މިޔާމީން އަލީ ވެސް ދިޔައެވެ. އެ ދުވަހު ނެގި ބިޔަ ރާޅުތަކުގެ އޮއިވަރާ އެކު ތިން ކުދިން ކަނޑުވަމުން ދަނިކޮށް، ހަސަން ކިޔާ އައްޑޫގެ އާންމު މީހަކު ވަނީ މޫދަށް އެރި ގޮނޑުދަށާއި އެންމެ ކައިރީގައި އޮތް، ރާއިފްގެ ފުރާނަ ސަލާމަތްކޮށްފައެވެ. އެހެން ނަމަވެސް ފަހުމީ އާއި މިޔާމީން ވަނީ ކަނޑުވެ ގެއްލިފައެވެ. މިއަދު އެ ދެކުދިން ގެއްލިފައިވާއިރު އެ އާއިލާތަކުގެ އުންމީދަކީ އެކުދިން ދިރިތިއްބައި ފެނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު