Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސީޕްލޭން ޓަރމިނަލް މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅުއަޅާ!

އޭސީސީއިން ވަނީ ސީޕްލޭން ޓަރމިނަލް ގެއްލުމުގައި ދޭންއުޅޭ ކަން އެނގިފައިވާ ކަަމަށް ހާމަކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް | 14 ފެބުރުއަރީ 2020 | ހުކުރު 17:30
ޓީއެމްއޭގެ އެއަރ ޓެކްސީއެއް

ޓީއެމްއޭގެ އެއަރ ޓެކްސީއެއް

"އަޅުގަނޑު މި މަޤާމާ ޙަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް." މިއީ ވެރިކަމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެތަައް ހާސް ދިވެހި ރައްޔިތުންނެއްގެ ކުރިމަތީގައި ދެއްކެވި ވާހަކަފުޅެވެ.

ދަރުބާރުގޭގައި އިއްވެވި އެބަޔާނުގައި ރައީސް ވިދާޅުވި އެހެން ބަސްފުޅެއްވެސް ހަނދާނުގައި އެބަހުއްޓެވެ. "ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން. ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން." ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއީ ހަގީގަތުގައިވެސް ފަސް އަހަރުގެ ދައުރެއް ވެރިކަން ކޮށްފައި، ރައްޔިތުން ނިކުމެ ވޯޓުން ބޭރުކޮށްލި ސަރުކާރު ނިމިގެން ދިޔައިރު ގައުމުގެ ހާލާތު ހުރިގޮތެވެ. އެސަރުކާރަށް ރައްޔިތުން ކުރި އިތުބާރު ގެއްލުމުގެ މައިގަނޑު ސަބަބަކީވެސް މިއެވެ. ތަރައްގީ ނުކޮށްދީގެނެއް ނޫނެވެ. ހިދުމަތް ފޯރުކޮށް ނުދެވިގެނެއްވެސް ނޫނެވެ. ހިޔާނާތާއި ކޮރަޕްޝަނުގެ ސަބަބުން ސަރުކާރުގެ މަތިބަރުވެގެން ދިޔަ ދިޔައިނުންނެވެ.

މިއަދު ދިވެހި ދައުލަތަށް އެންމެ ގިނަައިން ޑޮލަރުން ފައިސާ ވައްދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ގުޅޭގޮތުން މިއިވޭ ވާހަކަތަކުން އަނެއްކާވެސް ރައްޔިތުންގެ ކަނބޮޑުވުންތައް އިންތިހާގައެވެ. ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މަތިކުރެވިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޔާނުންވެސް މިކަންކަން އިތުރަށް ސާފުވެގެން ގޮސްފިއެވެ. އޭސީސީއިން ވަނީ އައު ސީޕްލޭން ޓަރމިނަލް ދޭން އުޅެނީ ދައުލަތަށް ގެއްލުމުގައި ކަމަށް އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

އޭސީސީއިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، އެމްއޭސީއެލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަރާތްތަކާއި، ޓީއެމްއޭ އަދި މަންޓާ އެއަރގެ މަސްއޫލުވެރިންނާ އާއިލީ ގުޅުން އޮންނަ ވާހަކަތައްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްފަހު، މިމައްސަލައިގައި ޖިނާއި ތަހުގީގެއް ހިންގަން ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.

މިހިސާބުން ރައީސް އިބްރާހިމް ސޯލިހުއަށް ފިޔަވަޅު ނޭޅެންވީ އެއްވެސް ސަބަބެއް ނެތެވެ. ހަނދާނަށް ގެންނަނީނަމަ، މޯލްޑިސް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވި ޝަޒައިލްއަށް މިފަދަ ތުހުމަތުތަކެއް ކުރެވުނު ހިސާބުން، އެމައްސަލަތައް ތަހުގީގުކޮށް ނިމެންދެން އޭނާވެސް ހުރީ މަގާމުގެ ހުރިހާ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. ހެކި ފޮރުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބަލާފައެވެ.

ޝަޒައިލްގެ މައްޗަކަށްވެސް އެއްވެސް މައްސަލައެއް ސާބިތެއް ނުވެއެވެ. ކުރެވުނީ ތުހުމަތެވެ. ނަމަވެސް، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ސިޔާސަތުގެ ދަށުން އެންމެ ބުއްދިވެރީ ކަމަކަށް ފެނުނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށެވެ. މިއަދު މިއޮތީ އަނެއްކާވެސް އެހާލަތު ހަމަ މެދުވެރިވެފައެވެ. ދައުލަތަށް ވާން އޮތް ފައިސާގެ ގެއްލުމުގެ އަދަދުން އަޅާ ކިޔާނަމަ އަދި އިޔަށްވުރެވެސް ގޯސް ހާލަތެއް ފެންމަތިވެފައެވެ.

ފައިސާގެ އަދަދުން ގުނާނަމަ، 15 އަހަރުގެ ތެރޭގައި ދައުލަތަށް 10 ބިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ވާނެ ވަރުގެ މައްސަލައެއްގައި، ކިރިޔާވެސް ތުހުމަތެއް ކުރެވޭނަމަ އަވަހަށް މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރަންވީއެވެ. ކަންވެނިމެންދެން މަޑު ކޮށްގެން ނުހުންނާށެވެ.

ދެން އޮތީ، އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީގެ ވާހަކަ އެވެ. ނުވަތަ ދިން ޔަޤީންކަމުގެ ވާހަކަ އެވެ. އެކަން ކޮށްފައި އޮތީ މި ސަރުކާރަކުން ނޫނެވެ. އެއީ ނިމިދިޔަ ސަރުކާރުގެ ތެރޭގައި ކޮށް ނިންމާފައި ހުރި ކަންކަން، ތިލަވެގެން އުޅެ މައުލޫމާތުތަކުން ހާމަވެއެވެ. ޓީއެމްއޭއަށް އައު ޓާމިނަލުން ބިންދޭނެ އަގުތައްވެސް ހުރީ ނިމުނު ސަރުކާރުގެ ތެރޭގައި ނިންމާފަ އެވެ. އެމްއޭސީއެލްގެ ބޯޑްގެ ނިންމުންތަކުން އެކަނިވެސް އެކަންކަމަކީ ކުރީ ސަރުކާރުގެ ތެރޭގައިކޮށް ނިންމާފައިހުރި ކަންކަން އެނގެ އެވެ. ނަމަވެސް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވީ ނިމުނު ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކަންކަންވެސް ތަހުޤީޤްކޮށް، އިންސާފު ހޯދައިދެއްވުމަށެވެ. އެހެންކަމުން އެކަމުގެ އަޑީގައި ތިބި ނިމުނު ސަރުކާރުގެ ވެރިންނާއި، ކަޓު ލިބުނު މީހުންނާއި މެދުވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.

ޒީރޯ ޓޮލަރެންސްގެ ވަގުތު އައިސް މިއޮތީ ޖެހިފައެވެ. ލަސްނުވެ އަވަހަށް ފިޔަވަޅު އަޅުއްވާށެވެ. މިހާރުވެސް މާބޮޑަށް ލަސްވެއްޖެއެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2019

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

17 ފެބުރުއަރީ 2019
ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!
28 ޖެނުއަރީ 2019

ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!

28 ޖެނުއަރީ 2019
ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!
11 އެޕްރީލު 2018

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ
09 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

09 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!
11 އޮކްޓޯބަރު 2017

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!
03 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!
29 ސެޕްޓެމްބަރު 2017

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
22 މާރިޗު 2017

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް