Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަފްތާ ރެސް

ހަފްތާ ރެސް: ޒުވާނުންނަށް ރަނުގެ ފުރުސަތެއް!

ޒުވާނުންގެ ބައިވެރިން މިކަމުގައި ބޮޑެވެ.

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2018 | ހޮނިހިރު 12:36
ހަފްތާ ރެސްގައި ޒުވާނަކު ހިންގާ ސްޓޯލެއް

ހަފްތާ ރެސްގައި ޒުވާނަކު ހިންގާ ސްޓޯލެއް

ހަފްތަ ނިންމުމުގެ ގޮތުން ވީކެންޑް މާރކެޓާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ މަސައްކަތް މަތިކޮށްފައި ވަނީ ޔޫތު މިނިސްޓްރީއާއެވެ. ޒުވާނުންނަށް އިންތިޒާމް ކޮށްގެން ފަށާފައިވާ "ހަފްތާ ރެސް ''އަކީ ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

ހަފްތާ ރެސްއަކީ ޒުވާނުންނަށް އެ މީހުންގެ ހުނަރުތައް ދައްކަން ރަނގަޅު ޕްލެޓް ފޯމެކެވެ. ޒުވާނުންނަށް ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު އެ މާކެޓުން ލިބިގެންދެއެވެ.

ޒުވާނަކު އޭނާގެ ސްޓޯލްއާ ބެހޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ

މާކެޓްގެ ސްޓޯލެއްގައި ކާއެއްޗެހި ވިއްކާ ޒުވާން އަންހެނަކު ބުނީ މި ފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

''ފުރަތަމަ ފާހަގަ ކޮށްލާނީ މި ކަހަލަ ފުރުސަތެއް އަޅުގަނޑުމެން އަންހެން ބޭފުޅުންނަށް ލިބުނީމަ ވަރަށް އުފާވޭ. އަނެހެން ބުނަންޏާ އަޅުގަނޑުމެން އަންހެނުން އަތުން މާ ބޮޑު ކަމެއް ހަރަދުތަކެއް ނުކޮށް ފަސޭހަ އިން ކުރެވޭ ކަމެއް. ހަމ ގޭގާ ނުތިބެ މަސައްކަތްތަކެއް ކޮށްލާ އަސްލު ވަރަށް އުފާވޭ މި ކަހަލަ ފުރުސަތެއް ފުރުސަތެއް ލިބުނީތީވެ. މި ކަމަށް ވަރަށް ތާއިދު ލިބޭ،" ޒުވާނަކު ބުންޏެވެ.

އެ ޒުވާނާގެ ވާހަކައިން ވެސް އެނގެނީ ޒުވާނުން އެކަމަށްޓަކައި ޝައުގުވެރިކަން ހުރި މިންވަރެވެ. އެ ސްޓޯލާ މާ ދުރު ނޫން ހިސާބެއްގައި ލިޔެލާ ޖަހާ އެއްޗެހި ވިއްކަން އަންހެން ކަނބަލުންތަކެއް ތިއްބެވެ. އެ ސްޓޯލަކީ ވިމެން އެންޓަޕްރޮނާ އެސޯސިއޭޝަނުން ކުރިއަށް ޒުވާން އަންހެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ސްޓޯލެކެވެ. އެސްޓޯލުން ވިއްކަމުން ދިޔައީ އަންހެން ކަނބަލުންގެ ބުރަ މަސައްކަތުން ހަދާފައިވާ އެއްޗެއްސެވެ. އެ ކަނބަލުން ބޭނުންވަނީ އުވިގެންދާ ސަގާފީ މަސައްކަތް އަލުން އިޔާދަކޮށް އަންހެނުންގެ ބައިވެރިވުން މިފަދަ މަސައްކަތުގައި އިތުރުކުރުމެވެ.

''ވަރަށް ރަނގަޅު. އަޅުގަނޑުމެން އަލުން ފަށައިގެން މިހާރު އުވިގެންދާ ސަގާފީ މަސައްކަތް އަނބުރާ އިޔާދަ ކޮށް މީހުންނަށް ދަސްކޮށްދީ މުޅިރާއްޖެއަށް މީހުން އެވެއާ ކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް މީ. އެއީ ވެސް އަޅުގަނޑުމެން މިތާގައި މާކެޓް ކުރާ ޕްރޮގްރާމެއް މީ،'' މި ފަދަ ފުރުސަތުތަކެއް ލިބުމަކީ މަސައްކަތް ކުރާ އަންހެނުންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

ހޭންޑް މޭޑް ދަބަސްގެ އިތުރުން ކުޝަން ވިއްކާ އާމިނަތު ޖުލައިލާ (ޖޫލީ) ބުނީ ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. މި ސްޓޯލުން ވިއްކާ އިތުރު އެއްޗެހީގެ މައުލޫމާތު އެމީހުންގެ އިންސްޓަ ގްރާމް ޕޭޖުން ލިބޭނެ ކަމަށް ޖޫލީ ބުންޏެވެ.

ކޮންމެ ހަފްތާ ބަންދުގައި އޮންނަ މާކެޓްގައި ވީހާ ވެސް ގިނަ ޒުވާނުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިއުމަކީ ޔޫތު މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒެވެ. މިހާރު 69 ސްޓޯލް ހުޅުވާލާފައި ވިޔަސް އިތުރު ޖާގާ އޮތް ވަރަކުން ސްޓޯލްތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ކެންޑިޑޭޓުންނަށް މިފަހަރު ފުރުސަތެއް އެބައޮތް؟

އަމިއްލަ ކެންޑިޑޭޓުންނަށް މިފަހަރު ފުރުސަތެއް އެބައޮތް؟

23 ޖޫން 2018
ޕްރައިމަރީ އަށް ފަހު ކޮންގްރެސްއެއް! ލޮލުގައި އަޅުވާ އަނދުނެއްތަ؟

ޕްރައިމަރީ އަށް ފަހު ކޮންގްރެސްއެއް! ލޮލުގައި އަޅުވާ އަނދުނެއްތަ؟

04 ޖޫން 2018
ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

13 މެއި 2018
ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

28 އެޕްރީލު 2018
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު